Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯގާ ފެތުރުން

ފަސޭހައިން ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެނީ

މިދިޔަ މަހު 30 ވަނަ ދުވަހުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ލޮލުރޯގާގެ 337 ކޭސް ރިޕޯޓުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2024 | ބުރާސްފަތި 07:38
އައިޖީއެމްއެޗް

އައިޖީއެމްއެޗް

ފަސޭހައިން ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައި ދަށަށް ގޮސްފައިވާ ކަމަށެވެ. ލޮލުރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ އަދި ޏ އަތޮޅުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން މިދިޔަ މަހު 23 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް ލޮލު ރޯގާގެ 407 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު 30 ވަނަ ދުވަހުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 337 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފާނަބަސަންތު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައިވެސް އިތުރުވެފައިިވާ ކަމަށެވެ. ފާނަބަސަންތު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ އަދި ސ އަތޮޅުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހު 23 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް ފާނަ ބަސަންތުގެ 94 ކޭސް، މިދިޔަ މަހު 30 ވަނަ ދުވަހުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 107 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައި އިތުވެފައިިވާ ކަމަށެވެ. ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން އދ އަތޮޅުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހު 23 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް ހޭންޑް ފުޓް އެންޑް މައުތުގެ 11 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު 30 ވަނަ ދުވަހުން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 35 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރަކީ އެކިރޯގާތައް ފެތުރެމުންދާ ދުވަސްވަރެއް ކަމަށާއި، ހުރިހާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަމަށެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު