Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސަލް މަޤާމުން ވަކިކުރުން

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

ފައިސަލް މިނިސްޓަރު ކަމުން ވަކިކޮށްލީ ސީދާ އަބްދުއްރަހީމް ނިކަމެތިކޮށްލުމުގެ ބޭނުމުގަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 13:47
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް. ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް. ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުން ނެރެ އެއްލާލީ ސީދާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިކަމެތިކޮށްލުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުކީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިސަލްގެ މަޤާމު ގެއްލުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދުރާލާ ރާވައިގެން ކުރި ކަމެއް ކަމަށެވެ. އެކަން އެނގޭ އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެޗްޑީސީގެ ބޮޑު ވައްކަމާއި ގުޅިގެން އެ ކުންފުނީގެ އޭރު އެމްޑީއަކަށް ހުންނެވި ފަޒުލް ރަޝީދުގެ މައްސަލައަށެވެ.

Advertisement - newsAdvertisement

އަހުމަދު ހަލީމް ވިދާޅުވީ ފަޒުލް ރަޝީދަށް ވައްކަމާއި ހިޔާނާތުގެ ތުހުމަތުތައް އެވަރަށް ކުރެވިގެން ދިޔައިރުވެސް މަޤާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމުގެ ފުރުސަތު ދެއްވިކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ފުރުސަތު ދެއްވިކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް ފައިސަލް އަށް މިފަދަ އެއްވެސް ފުރުސަތެއް ނުދެއްވާ މަޤާމުން ވަކިކޮށް އެއްލާލީ ކަމަށް އަހުމަދު ހަލީމް ވިދާޅުވިއެވެ. އެގޮތުން މަޤާމުން ވަކިކުރިކަން ވެސް ފައިސަލް އަށް އެނގުނީ އެ ދުވަހު އޮފީހަށް ވެސް ދިޔަ ފަހުންކަން އޭނާ ފާހަގަކުރިއެެވެ.

އަހުމަދު ހަލީމް ވިދާޅުވީ ފައިސަލް މިނިސްޓަރު ކަމުން ވަކިކޮށްލީ ސީދާ އަބްދުއްރަހީމް ނިކަމެތިކޮށްލުމުގެ ބޭނުމުގައި ކަމަށާއި އެއީ ދުރާލައި ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

ދަރިކަލުން އިބްރާހީމް ފައިސަލް މިނިސްޓަރު ކަމުން ވަކިކުރުރެއްވި އިރު، އަބްދުއްރަހީމް ހުންނެވީ މެލޭޝިއާގައެވެ. އަދި އެ ޚަބަރާއި އެކު ދަތުރު ކުރުކޮށްލައްވައި ރާއްޖެ ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގައެވެ. އަބްދުލްރަހީމް ވަޑައިގަންނަވާ ގަޑިއަށް ރާއްޖޭގެ ގިނަ މީޑިއާ ތަކުން އެމަނިކުފާނާ ބައްދަލު ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް ތިބި ނަމަވެސް އަބްދުލްރަހީމަށް އެއަރޕޯޓުން މާލެ އަށް ވަޑައިގަތީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ.

އެއަރޕޯޓަށް ދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނިގޮތުގައި އަބްދުލްރަހީމް ބޭރަށް ނުކުންނެވުމުގެ ބަދަލުގައި އޭނާ ބަލައި އައި ވެހިކަލްތައް އޭޕްރަން އަށް ވަދެފައި ތިބިކަން އެނގުނީ ވެހިކަލުގައި ވަރަށް ބާރަށް ދުއްވާފައި ބޭރަށް ނުކުތުމުން ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުއްރަހީމް އެފަދައިން ކަންތައްކުރެއްވީ މީޑީއާ އާ ވާހަކަ ނުދައްކަވަން ރައީސް މުއިއްޒު އަންގަވައިފައި ވުމުންނެވެ. އަބްދުލްރަހީމަށް މުއިއްޒުގެ ފަރާތްޕުޅުން އެކަން އެންގީ އޭނާ މެލޭޝިއާ ގައި އޭނާ ހުންނަވަނިކޮށް އަންގާރަ ދުވަހު ޕީއެންސީގެ ސީނިއަރ މަޖިލިސް މެމްބަރެއް މެދުވެރިކޮށް ފޯނުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރެއްވުމާ ގުޅިގެން ދެއްވި އިންޓަވިއުގެ ސަބަބުން ޕާޓީ އަށާއި ސަރުކާރަށް ވަރަށް "ޑެމޭޖް" ވެއްޖެ ކަމަށް މުއިއްޒު އަބްދުއްރަހީމަށް ވިދާޅުވިކަމަށް ވެއެވެ. އެހެންވެ އިތުރަށް މިކަމުގައި މީޑިއާ އަށް ވާހަކަ ނުދެއްކެވުމަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅުވައި އަޙުމަދު ހަލީމް ވިދާޅުވީ އަބްދުއްރަހީމަށް މުއިއްޒުގެ އެންގެވުމަށް ތަބާވުން ނޫންގޮތެއް ނެތް ކަމަށާއި އެހެން ނޫންނަމަ އަބްދުއްރަހީމްގެ މަޤާމު ގެއްލިގެން ދިއުން ގާތްކަމަށެވެ. އަދި ޚުދު އަބްރުއްރަހީމަށް ވެސް މިހާރު މަޤާމާއި މެދު ޝައްކުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙުމަދު ހަލީމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތުން އަބްދުއްރަހީމް ނިކަމެތިވެގެން އަންނަ މިންވަރު އެބަފެންނަ ކަމަށާއި އެގޮތުން ޕީއެންސީގެ 80 މެމްބަރުންގެ ތެރެއިން އެންމެ ތިން މެމްބަރުންވެސް މިހާރު އަބްދުއްރަހީމްއާއި އެކު ނުތިއްބަވާނޭ ކަމަށެވެ. އެހެން ކަމުން އަބްދުއްރަހީމަށް މިއަދު އޮންނާނޭ ގޮތަކީ މަޑުން ހިމޭނުން ހުރުންކަމަށާއި އެނޫން ގޮތެއް އެބޭފުޅާއަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލަ ސުރުޚީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު