Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮންޗެންގްލަޑްބަކާއި ސިޓީގެ މެޗު

މޮންޗެންގްލަޑްބަކާއި ސިޓީގެ މެޗުވެސް ހަންގޭރީއަށް

9 ފެބުރުއަރީ 2021 | އަންގާރަ 11:57

ކޮވިޑް-19 ގެ އުސޫލުތަކާ ގުޅިގެން މި މެޗު ޖަރުމަނުގައި ނުކުޅެވުނު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ފެބުރުއަރީ 2021 | އަންގާރަ 11:57
ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާ

ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން އޮތް މެޗު ޖަރުމަނުގައި ކުޅެވޭނެ ގޮތް ނުވުމުން، އެ މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅެން ނިންމައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މޮންޗެންގްލަޑްބަކާއި ސިޓީ ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް މީގެ ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 25 ވަނަ ދުވަހު ޖަރުމަނުގައެވެ. އަދި ދެވަނަ ލެގު އިންގްލެންޑުގައި ކުޅޭނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ޖަރުމަނުގައި ކުޅެން އޮތް މެޗު އެ ގައުމުގައި ކުޅެވޭ ގޮތް ނުވީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެންނެވެ. އެގޮތުން ކޮވިޑުގެ އައު ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޖަރުމަނު ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މެޗު ޖަރުމަނުގައި ނުކުޅެވޭނެކަން އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

ޔުއެފާގެ ގަވާއިދުގައިވާ ގޮތުން ހޯމް ޓީމަށް އަމިއްލަ ދަނޑުގައި މެޗު ކުޅެވޭނެ ގޮތެއް ނުހޯދިއްޖެނަމަ އެ މެޗު އެ ޓީމަށް 3-0 ގެ ނަތީޖާއަކުން ގެއްލޭނެއެވެ. އެހެންކަމުން ހަންގޭރިއަން ފުޓްބޯލް ފެޑެރޭޝަނާއި ޔުއެފާއާއެކު ބޭއްވި މަޝްވަރާތަކަށްފަހު، މި މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅުމަށް މިހާރު ވަނީ ނިންމާފައެވެ.

މޮންޗެންގްލަޑްބަކާއި ސިޓީގެ މެޗު ހަންގޭރީގައި ކުޅޭއިރު، މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އާރްބީ ލައިޕްޒީގާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅުމަށް ނިންމާފައެވެ.

ކޮވިޑާ ގުޅިގެން ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ބުރޫ އަރާނެ ކަމަށް ބެލެވޭއިރު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

21 ޖުލައި 2017

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
06 ޖުލައި 2017

ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗުވެސް އެއްވަރުވެއްޖެ

06 ޖުލައި 2017
ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗުވެސް އެއްވަރުވެއްޖެ
21 މެއި 2017

ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

21 މެއި 2017
 ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި
17 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ ކުޅޭ ފުރަތަމަ މެޗުވެސް ވަރުގަދަ އިންޑިޔާއާ ދެކޮޅަށް

17 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ ކުޅޭ ފުރަތަމަ މެޗުވެސް ވަރުގަދަ އިންޑިޔާއާ ދެކޮޅަށް
15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް