Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗުވެސް އެއްވަރުވެއްޖެ

ގުރޫޕް 1 ގެ ފުރަތަމަ މެޗުގައި ކުޅުދުއްފުއްޓާއި އޭދަފުށި ބައްދަލުކުރި މެޗް ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 6 ޖުލައި 2017 | ބުރާސްފަތި 14:36
މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް ރައުންޑްގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް ރައުންޑްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ ދެ މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 8 ޓީމު ވާދަކުރާ ފައިނަލް ބުރުގެ އޯޕަނިންގް މެޗުގައި ބައްދަލުކޮށްފައިވަނީ ގުރޫޕް 2 ގެ ގދ.ތިނަދޫ އާއި ދ.ކުޑަހުވަދޫއެވެ. ތިނަދޫގައި ކުޅެވުނު މި މެޗް ނިމުނީ 2 ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. މި ގުރޫޕުގެ ހުރިހާ މެޗެއްވެސް ތިނަދޫގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، މި ގުރޫޕުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތ. ތިމަރަފުއްޓާއި އެންމެ ފަހުގެ ރަނަރަޕް ސ. ފޭދޫއެވެ.

ފައިނަލް ބުރުގެ ދެވަނަ މެޗް އަދި ގުރޫޕް 1 ގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ހދ. ކުޅުދުއްފުއްޓާއި އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުވެސް ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ގުރޫޕުގެ ހުރިހާ މެޗެއް ކުޅުދުއްފުށީގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި ގުރޫޕުގެ 2 ވަނަ މެޗުގައި ބައްދަލުކުރާނީ ށ. މިލަންދޫ އާއި އއ. މާޅޮހެވެ.

ޖުމްލަ 8 ޓީމު ފައިނަލް ބުރުގައި ވާދަކުރާއިރު، ކުޅުދުއްފުށީގައި ހޯސްޓްކުރާ ގުރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ، ކުޅުދުއްފުއްޓާއި، އޭދަފުށީގެ އިތުރުން މިލަންދޫ އަދި މާޅޮހެވެ. ތިނަދޫގައި ހޯސްޓްކުރާ ގްރޫޕް 2 ގައި ހިމެނެނީ ތިނަދޫ އާއި، ކުޑަހުވަދޫގެ އިތުރުން ތިމަރަފުއްޓާއި ފޭދޫއެވެ.

މިއަހަރުގެ ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއި ގުޅިގެން މި މުބާރާތުގެ ފައިނަލް ބުރުގެ އެންމެ ގަދަ 4 ޓީމު މިފަހަރުގެ ދިވެހި ޕްރެމިއާ ލީގަށް ކޮލިފައި ވާނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު