Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ފެކަލްޓީ ވޮލީ މުބާރާތް

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

މުބާރާތް ނިމިގެންދާނީ އަންނަ އާދީއްތަ ދުވަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2017 | ހޮނިހިރު 17:08
އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން

އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތިންވަނަ އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތް ޓީމެއް ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަންގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކަށް ހާއްސަކޮށްގެން ހުކުރު ދުވަހު ފެށި މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމާއި، ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީގެ ޓީމާއި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމު އަދި ފެކަލްޓީ އޮފް އާޓްސްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމާއި، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމު އަދި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޓީމެވެ.

އަންހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޓީމު އޭއާއި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޓީމު އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމު ބީއާއި، ފެކަލްޓީ އޮފް އާޓްސްގެ ޓީމް އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމް އޭ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމް އޭއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ތިން ގްރޫޕްގެ އެއްވަނަ ޓީމު އަދި ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެވެ. ފިރިހެން ޑިވިޝަންގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއޭޝަންގެ އިންޑޯ ހޯލުގައި ކުރިއަށްދާ އެ މުބާރާތް ނިމިގެންދާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު