Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ލަންކާއާ ވާދަކޮށް އިންޑިއާއިން ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި

އިންޑިއާއިން މި މެޗް ކާމިޔާބުކުރީ 88 ޕޮއިންޓް – 61 ޕޮއިންޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 21 މެއި 2017 | އާދީއްތަ 19:58
އިންޑިއާ އަދި ސްރީލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އަދި ސްރީލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ފަސްވަނަ ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް (ސާބާ ޗެމްޕިއަންޝިޕް) މުބާރާތުގައި އިންޑިއާއިން ކުޅުނު ދެވަނަ މެޗުވެސް ވާދަވެރި ކުޅުމަކަށްފަހު އެޓީމުން ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި، ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 88 ޕޮއިންޓް – 61 ޕޮއިންޓުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި ލަންކާއިން ހަނި ލީޑެއްގައި އޮއްވާ އިންޑިއާއިންވަނީ ފަހަތުން އަރާ 17-23 އިން ފުރަތަމަ ކުއާޓާ ގެންދިޔައެވެ.

ދެވަނަ ކުއާޓާގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އިންޑިއާއިން ވަނީ މަޑުމަޑުން ކުޅުން ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން އެޓީމުން 17-27 އިން މި ކުއާޓާގައިވެސް ކުރި ހޯދާފައެވެ. ނަމަވެސް ލަންކާއިން ވަނީ 3 ވަނަ ކުއާޓާގައި ކުޅުން ވަރުގަދަ ކޮށްފައެވެ. ވަރަށް ވާދަވެރިކޮށް ދިއުމަށްފަހިން މި ކުއާޓަވެސް ނިންމާލީ 15-16 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ.

4 ވަނަ ކުއާޓާގައި ލަންކާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ. ނަމަވެސް އެޓީމުން ވަނީ ތްރީ ޕޮއިންޓްސް އެޅުމަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރަނގަޅި ފޯމެއްގައި ކުޅެމުންދިޔަ އިންޑިއާއިން ކުއާޓާގައި ވަނީ 22 ޕޮއިންޓް ހޯދާފަ އެވެ. މި ކުއާޓާގައި ލަންކާއަށް ހޯދުނީ އެންމެ 12 ޕޮއިންޓެވެ.

އިންޑިއާއިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗް އެޓީމުން ކާމިޔާބުކުރީ ރާއްޖެއާ ވާދަކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅެމުން އަންނަ މި މުބާރާތުގައި އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗިގައި ބައްދަލުކުރާނީ ރާއްޖެ އާއި ބަންގްލަދޭޝްއެވެ. މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
10 އެޕްރީލު 2017

ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ގޮލްފް: މާސްޓަރސް 2017 ގާސިއާ ކާމިޔާބުކޮށްފި
09 އެޕްރީލު 2017

ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި

09 އެޕްރީލު 2017
ޗައިނީޒް ގްރޭންޑް ޕްރިކްސް ހެމިލްޓަން ކާމިޔާބުކޮށްފި
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
30 މާރިޗު 2017

ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި

30 މާރިޗު 2017
ތުރުކުމެނިސްތާން ބަލިކޮށް އޭވީސީ މުބާރާތް ކިރިގިސްތާނުން ކާމިޔާބުކޮށްފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު