Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ ކުޅޭ ފުރަތަމަ މެޗުވެސް ވަރުގަދަ އިންޑިޔާއާ ދެކޮޅަށް

17 މެއި 2017 | ބުދަ 02:51

މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 17 މެއި 2017 | ބުދަ 02:51
ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ފަރިތަކުރުންތައް ކުރިއަށްގެންދަނީ

ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ފަރިތަކުރުންތައް ކުރިއަށްގެންދަނީ

މި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިޔާއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން 4 ގައުމަކުން ވާދަކުރާ އިރު، ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވާ ހުކުރު ދުވަހުގެރޭ ނުކުންނާނީ މި ސަރަހައްދުގެ ގަދަބާރު އިންޑިޔާއާ ދެކޮޅަށެވެ. އަދި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި 21 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ހަތަރު ވަނަ މެޗުގައި ނުކުންނާނީ މި މަހުގެ 22 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށެވެ.

ދުވާލަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ.

ރާއްޖޭގެ ޓީމުގެ ކެޕްޓަންގެ މަގާމަށް މުހައްމަދު ޒިލާލް (ޒިލާ) ހަމަޖައްސާފައިވާ އިރު، މި ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މި ސަރަހައްދުގެ ފަސް ގައުމަކާއެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ އިންޑިއާ ޓީމަކީ އެންމެ ވަރުގަދަ ޓީމު ކަމަށް އެހެން ހުރިހާ ޓީމުތަކުން ވެސް އެއްބަސްވެއެވެ. އެގޮތުން ރާއްޖެއަށް ވެސް އެންމެ އުނދަގޫވާނެ ޓީމެއްގެ ގޮތުގައި ބެލެވެނީ އިންޑިއާ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޒިލާ ބުނެފައިވަނީ މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން އިންޑިއާ އަދި ލަންކާއަކީ ނިސްބަތުން ވަރުގަދަ ދެ ޓީމް ކަމަށާއި އެހެން ނަމަވެސް ދެން ހުރި ޓީމުތަކަކީ ބައެއް އެހެން މުބާރާތްތަކުގައި ބަލިކޮށްފައިވާ ޓީމުތައް ކަމަށެވެ.

"މިހުރިހާ ޓީމުތަކެއްގެ ތެރެއިންވެސް އިންޑިއާ އަކީ ވަރުގަދަ ޓީމެއް، އެޓީމު ނޫން އެހެން ހުރިހާ ޓީމެއްގެ މައްޗަށް ކުރި ހޯދުމަކީ ގައުމީ ޓީމުގެ އަޒުމެއް." ޒިލާ ބުންޏެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އިންޑިޔާއާ ދެކޮޅަށް ނުކުންނަންޖެހޭ އިރު، މިއީ މުބާރާތް ފަށާއިރު ރާއްޖޭގެ ޓީމަށް ލިބިގެންދާނެ އިތުރު ފިލާވަޅަކަށް ވެގެންދާނެ އެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ދެން ވާދަކުރަންޖެހޭ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކުޅުންތެރިންނަށާއި ކޯޗިން ސްޓާފުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަކަށް މިކަން ވެގެންދާނެ އެވެ.

މި މުބާރާތަކީ ރާއްޖޭގައި ބާއްވާ މިފަދަ ބާސްކެޓްގެ ބޮޑު މުބާރާތެއް ކަމުން ޓީމުގެ ކުޅުންތެރިންނާ އެއްވަރަށް ސަޕޯޓަރުންގެ ވެސް އެއްބާރުލުން ވަރަށް މުހިންމެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތައް މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ކުރިއަށްދާނީ މި މަހުގެ 19 އިން 25 އަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް