Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއަ ލީގު

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

މި ދެޓިމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އެޕްރީލު 2017 | ހޯމަ 10:12
އާސެނަލް އަދި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލް އަދި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދްލު ކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު ދެޓީމަށް ވެސް ވަނީ ޕޮއިންޓް ތާވަލުގެ ކުރި އަށް ދިއުމަށް ހުރަހަކާ ކުރިމަތިވެފަ އެވެ.

މެޗުން މޮޅުވެގެން، ސިޓީއަށް ތާވަލުގެ ތިން ވަނައަށް ޖެހިލެވެން އޮތް ނަމަވެސް، އެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ހަމަ އެއާއެކު އާސެނަލް ވެސް މެޗުން މޮޅުވެގެން ތާވަލުގެ ފަސް ވަނަ އަށް ޖެހިލުމަށް ފުރުސަތު ލިބިފައި ވެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. ފަސް ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ، ލިއޮރީ ސޭނޭ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 40 ވަނަ މިނެޓްގައި ތިއޯ ވޮލްކޮޓް ވަނީ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓް ފަހުން، ސާޖިއޯ އަގުއޭރޯ ވަނީ ސިޓީ އަށް އަލުން ލީޑް ނަގައިދީފަ އެވެ. މެޗުގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެ ވަނަ ހާފުގެ އަށް ވަނަ މިނެޓްގައި ޝްކޮޑްރާން މުސްތަފީ އެވެ. ރޭގެ މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފަހު ހާފުގައި ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީން ތަނަވަސްކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު