Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑްގެ އަނދިރި ވަޅުގަނޑުން އަލި މަގެއް

ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

މި ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންނަށްވެސް ވަނީ އެތަކެއް ފިލާވަޅުތަކެއް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2021 | ބުދަ 17:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނިކޮށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނިކޮށް

ވިހިވިއްސާ ދުނިޔެ ކުރިމަތިލީ ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 އަކީ ދުނިޔެ ކުޑަ ކަކޫ މައްޗަށް ޖަހުވާނެ ބައްޔެއް ކަމަށް އެކަކުވެސް ހީނުކުރާ ހާލުއެވެ. ނަމަވެސް ވިހިވިހި ނިންމާލަންޖެހުނީ ދުނިޔެ ނުދެކޭނެކަމަށް ގަބޫލުކޮށްގެން ތިބި އެތަކެއް މަންޒަރަކާއި، ހަޤީޤަތްތަކަކާއި ކުރިމަތިލާން ޖައްސަމުންނެވެ. އާރާއި ބާރަކީ އެއްޗެއް ނޫންކަމަށް ބުނެދެމުންނެވެ. ކުލައެއް، ނަސްލެއް ތަފާތުކުރުމެއް ނެތިއެވެ.

ކޮވިޑުން ވަނީ ދުނިޔެއަށް އެތަކެއް މެސެޖުތަކެއްވެސް ދީފައެވެ. ބައިބައިވުމުގެ ބަދަލުގައި، ކަންކަމުން ކުރި ލިބޭނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންކަމާއި، ލިބޭ މިންވަރަށް ޝުކުރުކުރުމުގެ ވަރުގަދަ މެސެޖުވެސް ދީފައެވެ. ކޮވިޑުގައި ކުރަންޖެހުނު ތަޖުރިބާތަކާއި، އެ ބިލަމަޑުކަމުން ލިބުނު މެސެޖުތަކުން ފިލާވަޅު ހާސިލުނުކުރާ އެކަކުވެސް ނުހުންނާނެއޭ ބުނެވިދާނެއެވެ.

ހަމައެގޮތަށް މި ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންނަށްވެސް ވަނީ އެތަކެއް ފިލާވަޅުތަކެއް ލިބިފައެވެ. ޤައުމެއްގެ ގޮތުގައި ކުރިއަށްދިއުމުގައި ވިސްނަންޖެހޭ އެތަކެއް ކަންކަމެއް ބުނެދިނެވެ.

ރާއްޖޭގެ ތާރީޚަށް ބަލާލުމުން ޔަޤީންކޮށްދޭ އެއް ކަމެއްވެއެވެ. އެއީ ބަލިމަޑުކަމުގެ ވަގުތުގައި ދިވެހިންނަކީ އެއްބައިވަންތަކަން އިސްކުރާ ބައެއްކަމެވެ. ކާރިސާގެ ދަނޑިވަޅުގައިވެސް އެއްބައިވަންތަކަން އިސްކޮށް، އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެކަންކަމުން ކުރި ހޯދާކަމެވެ. މާޒީގައި ކުރިމަތިވި ހަމަ ކޮންމެ ކާރިސާއަކުންނާއި، ކޮންމެ ބަލިމަޑުކަމަކަށް ނަޒަރު ހިންގާލިނަމަވެސް އެކަން ސާފުވެދެއެވެ.

ކޮވިޑުގެ ފުރަތަމަ ކޭސް މާލެއިން ފެނުމާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ތޮއްޖެހިފައިވާ ވެރިރަށް މާލެ ލޮކްޑައުން ކުރިއެވެ. އެއާއެކު ދިވެހި ތާރީޚުގައި މިހާތަނަށް ދުށް އެންމެ ކަޅު ދުވަސްތައް ދިވެހީން ގުނަން ފެށީ ހިތްވަރާއެކުގައެވެ.

އެ ވަގުތު ދިވެހިންނަށް ލިބެމުންދިޔަ ހަމައެކަނި ހިތްވަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވަމުންގެންދިޔަ ހިތްވަރުގެ މެސެޖުތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި، ސަލާމަތީ ޚިދުމަތްތަކުން ކެނޑިނޭޅި ކުރަން ފެށި ބުރަ މަސައްކަތްތެކެވެ. ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަސް ނޭނގޭހާލު ސަރުކާރުގެ އެންގުންތަކަށް ދިވެހީން ބޯލެނބިއިރު، މުޅި އިޤުތިޞާދު ފަތުރުވެރިކަމުގެ މައްޗަށް ބަރޯސަވެ އޮތް ދިވެހިންނަށް މާލީ އެތަކެއް ގެއްލުމެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް އެ ދުވަސްތައް މާޒީކުރުމަށްފަހު، ވެރިރަށް މާލެ ހަތަރު މަހެއްހާ ދުވަހު ލޮކްޑައުންގައި އޮތުމަށްފަހު ހުޅުވާލިއިރު، ރާއްޖޭގެ ބޯޑަރުތައް ހުޅުވި އިޤުތިޞާދު އަލުން ހިނގައިގަތެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ވިހިވިހި ދިވެހިން ނިންމާލީ، އިޤުތިޞާދު އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި ތިބެއެވެ. ދިވެހިން އުޖާލާ ދިރިއުޅުމަށް މަގުތައް ކޮށަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ވިހިއެކާވީހާއިއެކު އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅު އިތުރަށް ދިއްލާލަދިނީ ޤައުމުގައި ތިބި އެންމެންނަށް ވެކްސިން ޔަޤީންވެއްޖެކަމަށް ރައީސް ޞާލިޙް ދެއްވި މެސެޖާއެކުއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހަކީ ވެކްސިން ދިވެހިރާއްޖޭގައި ޖަހަން ފެށުނު ދުވަހެވެ. އެއާއެކު އެތަކެއް މޫނަކުން ހިތްހަމަޖެހުމާއި އުފާވެރިކަމުގެ މަންޒަރުތައް ވަނީ ފެންނަން ފަށައިފައެވެ. ނަމަވެސް ހިތާމައަކީ ދިވެހީންގެ ތެރެއިން ބަޔަކު ވެކްސިން ރައްކާތެރި ނޫން ކަމަށް ބުނެ އާންމުގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާކަމެވެ.

ވަކި ގައުމަކުން ގެނައި ވެކްސިނަކަށްވުމުން އެބައި މީހުންނަށް ވެކްސިން ކަމުނުދިޔައީއެވެ. އެހެނަސް މި ވެކްސިން އުފައްދާފައިވަނީ އެ މީހުންގެ ދަރީންގެ ގަޔަށް ކުރިންވެސް ވެކްސިން ޖެހި ކުންފުންޏަކުން ކަމީ ފެންނަން އޮތް ހަގީގަތެވެ. އިންޑިއާގެ ސެރަމް އިންސްޓިޓުއުޓަކީ މުޅި ދުނިޔޭގެ 67 އިންސައްތަ މީހުންގެ ގަޔަށް ޖަހާ ތަފާތުއެކި ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ.

ސިޔާސީ ބަޔަކު ނިކުމެ، ސިޔާސީ ބޭނުމެއްގައި ސިޔާސީ މަންފާއެއް ހޯދުމަށް ދައްކާ އެފަދަ ވާހަކަތަކާމެދު ދިވެހިން ވިސްނަންޖެހޭ އެއްކަމެއް އެބައޮތެވެ. ބަލިމަޑުކަމުގެ ތެރެއިން، ދިވެހިންނަށް ކުރިތައް ހޯދުނީ ސިއްހީ ޚިދުމަތްތެރިން ދެއްކި މަގުން ހިނގައި، ކުރި މަސައްކަތުންކަމެވެ. އެވެރިން ތިބީ ދިވެހިންނަށް ގެއްލުމެއް ލިބޭނެ ކަމެއް ކުރަން، ނުވަތަ ނިންމުމެއް ނިންމަންވެސް ނޫންކަމެވެ. ވެކްސިނަށް އިތުބާރުކުރަންވީ އެ ސަބަބާ ހުރެއެވެ.

ވެކްސިނާއެކު ދިވެހީންނަށް ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެކެވެ. ކުރީގެ ހާލަތަށް އަލުން ބަދަލުވާނެ ދުވަސް ދިވެހީންނަށް މިއަދު ފެންނަން ފަށައިފިއެވެ. އަދި މިއީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ދަރީންގެ ދަރީންވެސް ދައްކާނެ ވާހަކަތަކެއްކަން ކަށަވަރެވެ. އެ ދަރީން އަޅުގަނޑުމެން މި ބަލިމަޑުކަމުން އަރައިގަތް ގޮތާ މެދު ފަޚުރުވެރިވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

17 ޖެނުއަރީ 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

ޤާނޫނުއަސާސީގައި ހުރި ވަރުގަދަ އުޞޫލުތައް ގެންދަނީ ނަފީކުރަމުން!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު