Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

މޮނިކޮން އަމުރު 16 މީހެއްގެ މައްޗަށް ނެރެދިނުމަށް އެދުނު ނަމަވެސް ފާސްކުރީ 9 މީހެއްގެ ޓެގް އެޅުވުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 17:50
މަގުމަތީގައި ފުލުހުންތަކެއް ހަރަކާތްތެރި ވަނީ

މަގުމަތީގައި ފުލުހުންތަކެއް ހަރަކާތްތެރި ވަނީ

ގޭންގު މާރާމާރިތައް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެކަން ހުއްޓުވުމަށް މުޅި ދައުލަތް ވެސް ވަނީ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފަ އެވެ. މާރާމާރިއަކަށް ފަހު، މާރާމާރިއެއް، މަރަކަށް ފަހު މަރެއް، ވަޅިއަކަށް ފަހު ވަޅިއެއް ހަރާއިރު، މުޅި ދައުލަތް ވެސް އޮތީ ހިމޭނުންނެވެ.

މީގެ ކުރިން މާރާމާރިތައް ގޭންގު ފައިޓްތައް ހިންގަނީ ދަންވަރުކަމުގައި ވީނަމަވެސް މީހަރު ރޯމާ ދުވާލު މާރާމާރި ހިންގައި މީހަކު މަރާލުމަށް ވެސް ފަހެއް ނުޖެހެ އެވެ. އެއީ ކިތަންމެ ބަޔަކު އަދި ކިތަންމެ ބައިވަރު ކެމެރާއެއް ހުރިތަނެއް ކަމުގައި ވީނަމަވެސް އެއްވެސް ބިރެއް ނެތި ގޮސް ވަޅި ހަރައި މީހުން މަރަމުންގެންދެ އެވެ. ނަމަވެސް އެ ގޭންގްތަކާއި، ޒުވާނުން މައިތިރިކުރެވޭނެ ގޮތެއް ދައުލަތުގައި އޮތް ކަމަކަށް ނުވެއެވެ. ކުރުގޮތަކަށް ބުނާ ނަމަ، ސަރުކާރާއި، ޖުޑިޝަރީ ހިމެނޭ ގޮތެއް މުޅި ދައުލަތް އޮތީ ގޭންގުތަކުގެ ދަށުވެފަ އެވެ. ގޭންގުތަކުން ނުރުހޭ ގޮތަކަށް އެއްވެސް ކަމެއްކުރާކަށް ސަރުކާރަށް ވެސް އަދި ޖުޑީޝަރީއަކަށް ވެސް ނުކެރެއެވެ. އެހެން ގޮތަކަށް ބުނާނަމަ މުޅި ދައުލަތް ކޮންޓްރޯލްކުރަނީ ގޭންގުތަކުންނެވެ.

ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. ސޯޅަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އަޅުވައިދިނުމަށް ފުލުހުން، ހޯމް މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމެޓީގައި އެދުނު އެވެ. ނަމަވެސް 16 މީހެއްގެ މައްޗަށް މޮނިކަން އަމުރު ނެރުމަށް ނުކެރި، އެ ކޮމެޓީން ނިންމީ ނުވަ މީހެއްގެ ފައިގައި ޓެގް އެޅުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުމަށެވެ. ސުވާލަކީ 16 މީހެއްގެ ފައިގައި ޓެގް އެޅުވުމަށް އެދުމުން އެކަމަށް ދެކޮޅުހަފައި، ނުވަ މީހެއްގެ ފައިގައި ޓެގް އެޅުވުމަށް ކޮމެޓީން ނިންމީ ކީއްވެތޯ އެވެ. 16 މީހުންގެ ފައިގައި އެކީ ޓެގް އެޅުވުމަށް ކޮމެޓީއަށް ފާސްނުކުރެވުނީ ކީއްވެތޯ އެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު -- ފައިލް ފޮޓޯ: ރައީސް އޮފީސް

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ކޮމެޓީގެ މެމްބަރުން ވަނީ ސީދާ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެފަދަ ޒުވާނުންގެ ފައިގައި ޓެގް އަޅުވައިފި ނަމަ ސަރުކާރު ހޫނު ފެނަށް ވެއްޓޭނެ ކަމަށް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ވިދާޅުވެފައިވާ ކަމަށް ވެއެވެ. މި ދެންނެވި ކޮމެޓީގައި ތިއްބަވަނީ މުޅިންވެސް ސިޔާސީ ބޭފުޅުންނެވެ. ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި، ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފް އެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ގޭންގްތަކާއި ގާތް ގުޅުންތަކެއް އޮންނަ ކަމަށް ތުހުމަތުކުރެވޭ ބޭފުޅުންނެވެ. އޭގެ ތެރެއިން ވެސް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައީނީއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެ ހިސާބުން ވެސް ޤޭންގްތަކުގެ ބާރުވެރިކަމާއި، އެ މީހުން ސަރުކާރުގެ އިސްވެރިންނާއި އިސް އޮފިޝަލުން ކޮންޓްރޯލް ކުރާކަން ވަރަށް ސާފުކޮށް އެނގެ އެވެ. މިނިސްޓަރުންނަށް ވެސް އެ މީހުން ނުރުހޭ ގޮތަކަށް ކަމެއް ކުރާން ނުކެރޭ ކަމާއި، މިނިސްޓަރުންވެސް އުޅުއްވަނީ ގޭންގުތަކުން އަންގާ ގޮތަކަށްކަން ވަރަށް ބޮޑަށް ސާފުވެއެވެ. އެހެން ނޫންކަމުގައިވާ ނަމަ މޮނިކޮން އަމުރު ނެރުމަށް ކޮމެޓީގައި ތިބިއްވެ މިނިސްޓަރުން ދެކޮޅު ހައްދަވަންޖެހޭ އެއްވެސް ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އެ ސަބަބެއް އޮތްކަމުގައިވާ ނަމަ އެ ސަބަބެއް އާންމު ރައްޔިތުންނާއި ހިއްސާނުކޮށް ފިލާ ތިބެނީ ކީއްވެ ހެއްޔެވެ؟

މާރާމާރިތަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކުރަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ދެން އޮތީ ފަނޑިޔާރުންގެ ވާހަކަ އެވެ. ޖުޑީޝަރީގެ ވާހަކަ އެވެ.

ޖުޑީޝަރީގައި ތިބެއްވި ފަނޑިޔާރުން ވެސް ތިއްބެވީ އެފަދަ ހާލެއްގަ އެވެ. ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެން ސިޔާސީ މީހުންގެ މައްޗަށް ފުލު ފުލުގައި ހުކުމްތައް އިއްވައި، ސިޔާސީ މީހުން ހައްޔަރުކުރަން ކޯޓު އަމުތައް ނެރުނުކަމުގައިވީ ނަމަވެސް، ގޭންގްތަކާ ޖެހުމުން ފަނޑިޔާރުންނާއި ގާޒީން ވެސް ތިއްބަވަނީ ރަޖާ ލައިގެންނެވެ. ސިޔާސީ މީހުންނާއި، އާންމުން ކުރިމަތީގައި ކިތަންމެ ފުއްޕާފައި، ޤާނޫނުތަކުގައި ހިފާ ދަމައިގެން ހުކުމްތައް ކުރައްވަން ކެރުނު ނަމަވެސް އަދި މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވިއްޔޭ، މުޖުތަމައުގެ އަމާންކަން ގެއްލޭ ވާހަކަ ދައްކާތީ ހައްޔަރުކުރަން އަމުރު ނެރެމޭ ބުނެ މޮޅެތި އަމުރުތަކާއި ހުކުމްތައް ކުރައްވަން ކެރުނު ނަމަވެސް، ގޭންގުތަކާ ޖެހުމުން ފަނޑިޔާރުންނާއި ގާޒީންގެ އެ ގަޓުކަމެއް ފެންނަނާކަށް ނުހުރެ އެވެ.

މީހަކު މަރައިގެން، އެންމެ ނުރައްކާތެރި ކުށެއްގައި ގެންދާ މީހެއްގެ ބަންދަށް ވެސް އާންމުކޮށް، ކޯޓުން ޖަހައިދެނީ އެންމެ 15 ދުވަސް އެވެ. 15 ދުވަސް ހަމަވުމާއެކު ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލާ މީހުން ވެސް މަދެއް ނޫނެވެ. އޭގެ އިތުރުން ކޯޓަށް ވެއްދުމާއެކު، ހަމަ ވަގުތުން ދޫކޮށްލާ މީހުން ވެސް ހިމެނެ އެވެ. އަދި ބައެއް މީހުން ހައްޔަރުކުރުމަށް ވެސް ކޯޓު އަމުރު ނެރުމަށް ވެސް ފަނޑިޔާރުންނަށް ކެރިވަޑައެއް ނުގަންނަވަ އެވެ.

ސިޔާސީ މީހަކު ބާރަށް ކަރުކެހިލި ކަމުގައިވީ ނަމަވެސް، މުޖުތަމައުގެ އަމާންކަން ގެއްލި، ސުލްހަ މަސަލަސްކަން ގެއްލޭތީވެ ހައްޔަރުކޮށް ހުކުމްތައް ކުރާއިރު، ހަމަ އެގޮތަށް ގޭންގުތަކާއި މާރާމާރިތަކުގައި ޝާމިލްވާ މީހުން ހައްޔަރުކުރުމަށާއި، އެ މީހުންގެ މައްޗަށް ހުކުމްތައް ކުރައްވަން ފަނޑިޔާރުންނަށް ކެރިވަޑައިނުގަންނަވަނީ ކީއްވެތޯ އެވެ؟ ނުފޫޒެއް ނުވަތަ ގޭންގުތަކާ ގުޅުމެއް ނެތް ނަމަ އެ ފަނޑިޔާރުންނަށް ދަންވަރު ކޯޓުތައް ހުޅުވައިގެން ނަމަވެސް މަގުތައްމަތި އަމާންކުރެވިދާނެ ނޫންތޯ އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރެވި، ޝަރީއަތް ހިންގާ ބައެއް މީހުން -- ފޮޓޯ: ރާއްޖެ.އެމްވީ

ފުލުހުން ހައްޔަރުކުރާ ބައެއް މީހުން ވަގުތުން ދޫކޮށްލުމަށް އިސްވެރިން އަންގަވާ އެންގެވުމާއި، ވަކި ސަރަހައްދެއް ވަކި ވަގުތުތަކެއްގައި ޕެޓްރޯލް ނުކުރުމަށް ފުލުހުންގެ އިސްވެރިން އަންގަވާ އެންގެވުންތަކާއި، މާރާމާރިތަކާއި ގުޅިގެން އެއްކުރެވޭ ހެއްކާއި ގަރީނާއަށްވާ ގޮތެއް ނޭނގުމާއި، ވަކި ހިސާބަކުން މައްސަލައިގެން ފައިލްތައް ކްލޯޒްކުރަންޖެހުން ފަދަ ކަންކަމަކީ މިއަދު މި މުޖުތަމައުގެ ތެރޭގައި އާންމުކޮށް ނުދެއްކި ނަމަވެސް ހިނގާ ކަންކަމެވެ. އަދި ކިޔެއްތަ ދައުވާ ކުރަން ފޮނުވުމުން ޕީޖީ އޮފީހުގެ ތެރެއިން އެ ފަދަ މައްސަލަތަކުގައި ކަންތައްތައް ހިނގާ ގޮތައް ވިސްނާލުމުން ވެސް ޤޭންގުތަކުގެ ނުފޫޒާއި ބަރުވެރިކަން އޮތް މިންވަރު ވަރަށް ސާފުވެއެވެ.

މިއަދު ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ގޭންގު މާރާމާރިތަކާއި، މަރުތައް ހުއްޓުވޭނީ ސަރުކާރުގެ ވެރިންނާއި ފަނޑިޔާރުން ސާފުތާހިރުވެގެންކަމެވެ. އެ މީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަމެވެ. މާރާމާރި އާއި މީހުން މަރާ މީހުންނަށް މިނިސްޓަރުންނާއި ދައުލަތުގެ ވެރިންނާއި ފަނޑިޔާރުން ދެއްވާ ރައްކާތެރިކަމާއި ހިމާޔަތް ދިނުން ހުއްޓާލައިގެން ކަމެވެ. އެ މީހުންނަށް ފަންޑުކުރުން ސިޔާސީ މީހުން ހުއްޓާލައިގެން ކަމެވެ. އެކަން ފަށަންޖެހެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ހަމައިންނެވެ. ގޭންގުތަކަށް ފަންޑުކުރާ ކުރުން ހުއްޓާލައިގެންނެވެ. އެހެން ނޫންކަމުގައިވާ ނަމަ ދުވަހަކުވެސް ޤައުމުގެ މަގުތަކެއް އަމާނެއް ނުކުރެވޭނެ އެވެ. އާންމުންނަށް ރައްކާތެރިކަމެއް ނުދެވޭނެ އެވެ.

ލައިގެން ހުންނަ ޓީޝާޓެއްގެ ސަބަބުން މަރާލާކަމުގައި ވާނަމަ މި ފަސްގަނޑުގައި ރައްކާތެރިކަމެއް އޮތީ ކާކަށްތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި

މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި

16 މާރިޗު 2018
މަސީހަށްޓަކައި މުޅި ދައުލަތް ފުނޑާލި އެއް އަހަރު!

މަސީހަށްޓަކައި މުޅި ދައުލަތް ފުނޑާލި އެއް އަހަރު!

09 މާރިޗު 2018
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު