Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ރަޝީދުގެ މަރު

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

ޔާމީން ރަޝީދު މަރާލިތާ 100 ދުވަސް ވަނީ ވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2017 | އަންގާރަ 06:36
ޔާމީން ރަޝީދުގެ ހަށިގަނޑު ހޮސްޕިޓަލްގައި

ޔާމީން ރަޝީދުގެ ހަށިގަނޑު ހޮސްޕިޓަލްގައި

މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު، އެންމެންގެ ލޯތަށް ކަރުނައިން ފުރައިލި ހާދިސާއަކަށްވީ، އަނިޔާވެރިގޮތަކަށް ގެއެއްގެ ތެރޭގައި މަރާލެވުނު ޔާމީން ރަޝީދުގެ މަރުގެ ހާދިސާއެެވެ. އުމުރުން 29 އަހަރުގެ ލިޔުންތެރިޔާ ޔާމީން ރަޝީދަކީ، ޖެހިލުމެއްނެތި، ގައުމަށް ދިމާވާ އެކި ކަންކަމުގައި، ކެރިގެން، ޝުއޫރުފާޅުކޮށް، އޭނާގެ ޚީޔާލުތައް، ޓްވިޓާގެ އިތުރުން، އޭނާގެ ބްލޮގްގައި ހިއްސާ ކުރަމުންދިޔަ ޒުވާނެކެވެ.

ޔާމީންގެ އަނިޔާވެރި މަރަށްފަހު، ރައްޔިތުންނަށް މި މުޖުތަމަޢުގައި ރައްކާތެރިކަން ކަށަވަރު ނުވާކަމަށް ކުރެވެމުން ގަބޫލު ކުރެވުމަށް އިތުރު ބާރެއް ލިބިގެންދިޔައެވެ. އަދި މުޖުތަމަޢުއަކީ ރައްކާތެރިކަމާއިއެކު ދިރިއުޅެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރި ކުރުންވެސް ފުނޑުފުނޑުވެގެންދިޔައެވެ.

ޔާމީން ރަޝީދު، އޭޕްރީލް 22 ވަނަ ދުވަހުރޭ، އޮފީހުން ގެއަށް ދިއުމަށް ނިކުތީ ގާތްގަނޑަކަށް 02:00 ހާއިރުއެވެ. އޭނާ ގެއަށް ދިޔައީ ހިނގާފައެވެ. އެކަން ސީސީޓީވީ ފޫޓޭޖުތަކުން އެނގެއެވެ. ޔާމީން ރަޝީދު ދިރިއުޅޭ ގެ ހުންނަ ސަރަހައްދަކީ، ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ހަރުކުރެވިފައިވާ ސަރަހައްދެކެވެ. ގާތްގަނޑަކަށް 8 ކެމެރާ، އެގޭގެ ކާއިރީގައި ހަރު ކުރެވިފައި ހުއްޓެވެ.

ޔާމީން ދިރިއުޅުނު މ. ސްޕެޓިއުލާއަށް އޭނާ ވަތް ވަގުތު ދެމީހަކު އެނާއަށް ހަމަލާދީފައިވާއިރު، އެ މަންޒަރު ފެނި ރިޕޯޓުކޮށްފައިވަނީ އެގޭ އެހެން ފްލޯއެއްގައި ދިރިއުޅޭ މީހެކެވެ. ފުލުހުންނަށް ރިޕޯޓް ކުރުމުން، ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ތެރޭގައި ފުލުހުންވަނީ އެ ސަރަހައްދަށް ގޮސްފައެވެ. ޔާމީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ، ގާތްގަނޑަކަށް 03:00 ހާއިރުއެވެ.

ރާއްޖެއެމްވީން ހޯދި ހޯދުމުން ޔާމީން ރަޝީދު ގެއަށް ވަނުމުގެ މިނެޓެއް ހާއިރު ކުރިން ދެ ޒުވާނަކު އެގެއަށް ވަދެފައިވާކަން އެނގުނެވެ. އަދި ޔަމީން ވަނުމަށްފަހު، ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެދެ މީހުން އެގެއިން ނުކުމެވެ. އަދި އެދެމީހުން ނުކުމެގެން ދާފަހުން، އިތުރު މީހަކު އައިސް އެގެއަށް ވަންނަ މަންޒަރުވެސް ސީސީޓީވީ ފޫޓޭޖަކުން ފެނެއެވެ.

ޔާމީންނަށް ހަމަލާދިން ހާދިސާ ރިޕޯޓު ކުރުމާއި ފުލުހުން ޔާމީންގެ ހޮސްޕިޓަލަށް ގެންދިއުމާއި ދެމެދު ގާތްގަނޑަކަށް 30 މިނެޓް ހިނގާދިޔައެވެ. މިހާދިސާއާއި ގުޅިގެން، އެތަށް ބަޔަކަށް ތަފާތު އެކި ގޮތްގޮތުން ވަނީ އަސަރުކޮށްފައެވެ. ޔާމީން މަރާލާފައިވަނީ، އޭނާގެ ޚިޔާލުފާޅުކުރުމުގެ ސަބަބުން ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވުމުގެ ސަބަބުން، އެތަށް ބަޔަކު ވަނީ މުޖުތަމައުގައި ހިނގާ ކަންކަމާއި މެދު ދެކޭ ގޮތް ހާމަކުރުމަށް ފަސްޖެހި، ޖެހިލުންވެފައެވެ.

ޔާމީން ރަޝީދުގެ މަރަށް 100 ދުވަސް ވެފައިވާ އިރު އޭނާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ބާއްވާފައިވަނީ އެންމެ ޕްރެސް ކޮންފްރެސެކެވެ. އެހެން ނަމަވެސް، އެހާދިސާ ހިނގި ދުވަހު ފުލުހުން ބަޔާނެއް ނެރެ އެ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެފައިވެއެވެ.

ޔާމީން މަރައިލުމަށް ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަަމަށް ފުލުހުން ތުހުމަތު ކުރާ ތިން މީހެއްގެ މައުލޫމަތުތައް އާންމުކޮށްފައިވާއިރު، މިކަމުގެ ތަހުގީގު ނިންމައި މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ފުލުހުން ވަނީ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ފުލުހުން ތުހުމަތުކުރަނީ އުމުރުން 25 އަހަރުގެ އިސްމާއީލް ރަޝީދާއި އުމުރުން 21 އަހަރުގެ އިސްމާއީލް ހައިޝަމް ރަޝީދާއި އުމުރުން 22 އަހަރުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައާއި ގުޅިގެން 40،000 މީހުންގެ ފޮޓޯ ބަލައި އެނަލައިޒް ކުރިކަމަށް ފުލުހުން ބުނެއެވެ.

ޔާމީން ރަޝީދުގެ މަރުގެ ހާދިސާގެ ތަހުގީގު ނިންމައި، ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، މިހާދިސާއަށް އިންސާފު ލިބޭނެކަމަށް އަދިވެސް، އޭނާގެ އާއިލާއާއި ރައްޓެހިންނަށް ގަބޫލެއް ނުކުރެވެއެވެ. އޭނާގެ މަރާ ގުޅިގެން، ސޯޝަލް މީޑިއާގައި ތަފާތު އެކި ޝުއޫރުތައް ފާޅުކުރަމުންދާ އިރު، ޔާމީގެ މަރާއި ގުޅިގެން ފުލުހުން އެންމެ ފުރިހަމަ ތަހުގީގެއް ހިންގާފައިވާކަަމަށް ގަބޫލު ނުކުރާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޔާމީން ރަޝީދުގެ މަރާލުމަށް އަމުރު ކުރި މީހުންނާއި ގާތިލުންގެ މައްސަލަ އަދިވެސް ނުނިމޭ އިރު، މިވީ 100 ދުވަހުގެ ތެރޭގައި މި މުޖުތަމައުގައި މިފަދަ އިތުރު ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ.

މާލެ ފަދަ މީހުން ތޮށްޖެހިފައިވާ މާހައުލެއްގައި މާރާމާރީ ހިންގައި ވަޅިން ހަމަލާދީ، މީހުން މެރުމުގެ ހާދިސާތައް ހިނގާފައިވާ އިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ އެފަދަ ދެ ހަމަލާ ދީފައެވެ. މިހާރު އެފަދަ ފަރާތްތަކުން، އެކަން ކުރަނީ، އާންމުންވެސް ހޭލިމޭލިވެ އުޅެމުންދާ ވަގުތުތަކުގައެވެ. މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޓާމިނަލް ކެފޭގައި ޒުވާނެއްގެ ބޮލަށް ވަޅި ޖަހާފައިވަނީ، އެ ކެފޭ ގައި ގިނަ ބަޔަކު ތިއްބައެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ހަމަލާދިނުމަށްފަހު ސައިކަލުތަކުގައި ވަނީ ފިލާފައެވެ. އެ ހަމަލާގައި ޒަހަމްވި، އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހްމާން މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިހަފްތާގެ ހޯމަ ދުވަހުގެ ރޭވެސް ވަނީ މިފަދަ އެހެން ޖަރީމާއެއް ހިންގާފައެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް ހަމަލާދީ މަރާލާފައިވަނީ އުމުރުން 25 އަހަރު މުހައްމަދު އަނަސްއެވެ. މިދެ ހާދިސާއާއި ގުޅިގެންވެސް މިހާތަަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެންގޮސްފައެއް ނުވެއެވެ.

މިފަދަ ހާދިސާތަކުގެ ސަބަބުން ގައުމާއި ރައްޔިތުން ރައްކާތެރިކުރުމަށް ތިބި މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ފަރާތްތަކަށް ރައްޔިތުން ކުރި އިތުބާރު ވަނީ ވެއްޔާ މޮޑެވި ގޮސްފައެެވެ.

މިފަދަ ހާލަތްތަކުގައި، ފުލުހުން ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވައި، މި މުޖުތަމައު ރައްކަތެރިކުރުމަށް މިހާރަށްވުރެ ރަގަޅަށް މަސައްކަތް ކުރަންޖެހެއެވެ.

މަގުމައްޗަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން މިހާރަށްވުރެ ގިނަ މަސައްކަތް ކުރަން ލަސްވެއްޖެއެވެ. މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާންޖެހޭނީ ހަމައެކަނި ސިޔާސީ ކަންކަން ހިނގާ ވަގުތުތަކުގައެއް ނޫނެެވެ. ރައްޔިތުންގެ އިތުބާރަކީ ވާހަކަތަކެއް ދައްކައިގެން ލިބޭނެ އެއްޗެއް ނޫނެވެެ. ބަޔާޏެއް ނެރެގެން، ޓްވީޓެއް ކޮށްގެންވެސް އެކަމެއް ނުވާނެއެވެ. އެކަން ހާސިލުކުރުމަށް މިފަަަދަ ހަމަލާތަކުގައި ގެއްލުންލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ފުލުހުން މަސައްކަތް ކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު