ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 12:42
ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަޑައިގެންނެވި ބައެއް މެމްބަރުންނަށް އަނިޔާވެފައި--
ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަޑައިގެންނެވި ބައެއް މެމްބަރުންނަށް އަނިޔާވެފައި--
އަޒުމޫން އަހުމަދު
ފުލުހުންގެ ވާޖިބު
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
 
ވާޖިބު އަދާކުރުމަށް ހުރަސްއެޅުމާއި މާރާމާރީ ހިންމުމަށް މަގުފަހިކޮށްފައިވާކަމުގެ ތުހުމަތުވެސް ހިމެނޭ
 
ވަނުން މަނާ ތަނަކަށް ވަނުން، ފުލުހުންގެ ސަފުތައް ފަޅާލުން
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަތަރު ތުހުމަތެއް ފުލުހުން ކުރޭ

ދިވެހިރާއްޖޭ ފުލުހުންގެ ވާޖިބު ނޫން ކަމެއް މިގައުމުން ފެންނަން ނެތް ފަދަ އެވެ. އެވާޖިބަކާ ހެދި ވަޒީފާ އަދާކުރާ މީހުންގެ ހައްގާއި ވާޖިބަށް ހުރަސްއެޅަމުންދާއިރު، ދިވެހި ރައްޔިތުންގެ ހައްގުތައް މަތީ އަތް އަޅައިގެން ފުލުހުން އުޅޭއިރު ތިއީ ދެން ފުކެއް ބޮޑުވަރެކެވެ.

ތިޔަބުނާ ފުލުހުންގެ ދައުރާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް އަދަބުދީ ޖަލަށްލައި ބޮޑެތި ޖޫރިމަނާ ކުރަމުންދާއިރު، ފުލުހުން ކުރާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ހަމަ ނުފެންނަނީ ތޯއެވެ؟ ރައްޔިތުންނަށް ފުލުހުން ކުރާ އަނިޔާތައް ބަލާނެ މުއައްސަސާއެއް ވެސް ހަމަ މި ދައުލަތުގެ ނެތީ ތޯއެވެ؟

ރައްޔިތުންނަށް އަނިޔާކުރުމުގެ އިތުރުން އެކިއެކި މީސްމީހުންގެ މުދަލާއި ތަކެތި ހަލާކުރަމުންދާއިރު ވެސް ތިޔަގޮވަމުން ދަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ވާހަކަ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅޭ ގޮތަކަށް ހަމަ އެއްވެސް ދިވެހި ރައްޔިތެއް ކީއްކުރަންތޯއެވެ. އުމުރުން ދުވަސްވީ މީހެއް، ތުއްތު ކުއްޖެއްޖަކަށް ވެސް މިރާއްޖޭގައި، ހާއްސަކޮށް މާލޭގައި ދިރިއުޅެވޭ ކަމަކަށް ނުވެއެވެ. ކުޑަކުދިންގެ ހިތް އުފާކޮށްލާ، މަޖާކޮށްލަން އޮތް އާރޓިފިޝަލް ބީޗަށް ކުޑަ ކުއްޖަކަށް ދޭވޭކައް ނެތެވެ. ފުލުހުން ވާޖިބަށް ހުރަސް އެޅޭ ވަރުންނެވެ. އާރޓިފިޝަލް ބީޗަށް ދާއިރަށް ކަންފަތް މަތީ އަތް ބަހައްޓާލާފައި އެތަނުން ދިއުމަށް ފުލުހުން ބުނެއެވެ. އެފަދަ މަންޒަރުތަކެއް، ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގިނަ މައްސަލަތައް ކުރިމަތި ވެފައި ވަނީ ވެސް އިއްތިފާގުން ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ފުލުހުން ކަންކަން ކުރަން އުޅުމުގެ ތެރޭގައެވެ. ސިޔާސީ މީހުން ހައްޔަރުކޮށް ބަންދުކުރަމުންދާ މައްސަލަތަކާއި ގުޅިގެންވެ. ނުވަތަ ސިޔާސީ ކޮންމެ ވެސް އެހެން ކަމަކާ ގުޅިގެންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުސް އޮފީހަށް ދަމަން ފަށައިފި އެވެ. ތަހުގީގެއް ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް މީގަ އެންމެ ހެއްވާ ކަމަމަކީ މިއީ މި ޖުލައި މަހުގެ 24 ވަނަ ދުވަހު އެ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމުން ދިމާވެގެން އުޅޭ ބޮޑު މައްސަލައެކަށްވާތީ އެވެ.

މިމައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ގާނޫނުލްއުގޫބާތާއި ހަވާލާދީ ހަތަރު ތުހުމަތެއް ކުރެއެވެ. އެންމެ ފުރަތަމަ ތުހުމަތަކީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ތުހުމަތެއް ކުރިއަސް ބޮޑު ވަރު ދެއްތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަނުން މަނާކުރީ ކާކު ކޮންއިރަކު ތޯއެވެ. އަދި ކޮންގާނޫނަކުން ތޯއެވެ. ފުލުހުންނަށް އޮޅިފައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުން ބޭނުން އިރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުމުގެ އިހުތިޔާރާއި ބާރު އެބައޮތެވެ.

ނަމަވެސް ފުލުހުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެ އަނިޔާ ކުރުމުގެ އެއްވެސް ހައިސިއްތެއް ނެތެވެ. އަދި ގާނޫނަކުން ވެސް އެކަން އެގޮތަށް ކުރުމަށް ތަނެއް ނުދެއެވެ. ސީދާ ގާނޫނާ ހިލާފަށް މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރެ އަނިޔާކުރުމަށް ފަހު ދެން ތިޔަ ދައްކާވާ ވާހަކަތައް އަޑުއަހާނެ ދިވެހި ރައްޔިތުންނެއް ނެތެވެ. ހުއްދަ ނޫން ތަނަކަށް ވަދެވިފައި ތިޔަ ތިއްބެވީ ވެސް ފުލުހުންނަށެވެ.

ދެން ތިޔަ ބުނަކީ ފުލުހުންގެ ސަފުތައް ފޫ އަޅުވާލި ވާހަކައެވެ. ދުވަހަކީ ހޯމަ ދުވަހެކެވެ. ރަސްމީ ދުވަހެކެވެ. އާންމު އުސުލަށް ބަލާ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަންޖެހޭ ދުވަހެކެވެ. މެމްބަރުން މަޖިލީހަށް ވަޑައިގަތީ މަޖިލީހަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެސް އެކަން އެންގުމަށް ފަހު، އެ މެމްބަރުންގެ މަސައްކަތާއި ވާޖިބު އަދާކުރުމަށެވެ. ދެން ފުލުހުން ސަފުތައް އަތުރާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހުރަސް އަޅަންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ އެވެ. އަނެއް ކަމަކީ މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދިނީ ވެސް ހަމަ ތިޔައިގެ ތެރެއިން ހަމަ ވިސްނޭ ބައެއް ފުލުހުންކަން ވީޑިއޯތަކުންނާއި ފެނުނު ބައެއް މަންޒަރުތަކުން ވެސް އެނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ފުލުހުންނަށް ސަފުތައް އަތުރާލުމުގެ ބާރު ފުލުހުންނަށް ލިބޭ ނަމަ، ރައީސުލްޖުމްހޫރިއްޔާ ރައީސް އޮފީހަށް ނުވަދެވޭ ގޮތަށް ސަފުތައް އެތުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންވާނެ ތާއެވެ. ނިކަން ކެރެންޏާ އެކަން ކޮށްލަބަލާށެވެ. ކޮރަޕްޝަން ހިންގާ ވާހަކަ އާއި މިހާތަނަށް ދައުލަތުން އެންމެ ބޮޑު ހިޔާނާތްވި ސަރުކާރަކީ މިސަރުކާރެވެ. ހުދު ރައީސް ޔާމީން ވަނީ އެކަމަށް އިއުތިރާފުވެވަޑައިގަންނަވާފަ އެވެ. ނިކަން ކެރެންޏާ އެމައްސަލަތައް ތަހުގީގުކޮށް، ރައީސް އޮފީހުގެ ދޮރުމަތީ ތިޔަބުނާ ސަފެއް އަތުރާލަ ބަލާށެވެ.

ދެން އޮތީ މަޖިލިސް މެމްބަރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ. ފުލުހުންގެ ވާޖިބަށް މިއަދު ވިހާ ތުއްތު ކުއްޖާ ވެސް ހުރަސް އަޅާ ނޫންތޯއެވެ. ތިޔަ "ފާޓުފުޅާބޮޑު" ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅޭ ގޮތަށް ދިރިއުޅޭ ރައްޔިތެއް މިރާއްޖޭގައި ވަރަށް މަދުވާނެ އެވެ.

މެމްބަރުންގެ މައްޗަށް ދެން ތިޔަކުރާ ތުހުމަތަކީ މާރާމާރީ ހިންގާ އެކަހަލަ ކަންތައްތަކަކަށް ފަހިވާ ޒާތުގެ ކަންތައްތަކެއް އެދުވަހު ހިންގާފައިވާ ކަމަށް ބުނާ ތުހުމަތެވެ.

ހަގީގަތަކީ، މާރާމާރީ ހިންގާ މީހުން ގިނަ ފަހަރު ފުލުހުންނަށް ހައްޔަރު ކުރެވޭ ގޮތް ނުވުމެވެ. މިހާރަކަށް އައިސް ކޮންމެ ދުވަހަކީ ވެސް ބޮޑެތި މާރާމާރީތައް ހިންގާ ދުވަހެކެވެ. ވަޅިން ހަމަލާދީ ދެ ތިން ޒުވާނުން ޒަހަމް ނުކޮށްލާ ހަމަ އެންމެ ދުވަހެއް ވެސް ނުދެއެވެ.

އެމާރާމާރީތައް ހިންގާ މީހުން ހައްޔަރު ނުކުރެވޭއިރު، މާރާމާރީ ހިންގާކަމަށް ތުހުމަތުކޮށް ތަހުގީގު ތިޔަ ހިންގަނީ އަތުގައި އެއްވެސް އެއްޗެއް ނެތި މަޖިލީހަށް، ވަޑައިގެންނެވި މެމްބަރުންގެ މައްޗަށެވެ. އަނެއްކާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ އެ މެމްބަރުންގެ ގާނޫނީ މަސައްކަތް ކުރެއްވުމަށެވެ. މެމްބަރުން މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގައި މާރާމާރީ ހިންގާފާނެ ކަމަށް ފުލުހުން ތުހުމަތު ކުރުމަކީ މިއަދު ގަބޫލު ކުރެވިދާނެ ކަމެކެވެ. އެއީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި އޮތުމުންނެވެ.

މިހާރު ފެންމަތި ވެގެން އުޅެނީ ސަރުކުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން ދިމާވެގެން އުޅޭ މައްސަލައެކެވެ. މެޖޯރިޓީ ހޯދޭނެ ގޮތް ފުލުހުން މެދުވެރިކޮށް ހޯދަން އުޅޭއުޅުމަކީ ސަރުކާރަށް ގޮތް ހުސްވެ، އަރާނެ ގޮޅިތައް ހުސްވެ ބޮނދު ބުޑަށް ސައިވާންތަން ފެންނަކަމުގެ ބޮޑު މަންޒަރު ކަމަށް ސިޔާސީ ލީޑަރުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
5%
5%
0%
11%
79%
0%
ކޮމެންޓް
31 ޖުލައި 2017 | ހޯމަ 11:33
ހމޒ
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވެނޭކަމަށް ބާރީ ވިދާޅުވުމުން އިދިކޮޅު އިއްތިހާދުގައި ހުޅުރޯވެއްޖެ
30 ޖުލައި 2017 | އާދީއްތަ 13:46
ހމޒ
ބަލަ މިހިރަ މޮޔަ ގަމާރާ ކަލޭމެން ހަވަރު އެއްކޮށްގެން މަޖުލިސްކުރާގެ ހިސޯރުކުރަން މީޑިޔާތަކުގަ ގޮވީމަ ދިފާއީ ބާރުތަކުން އެތަން ހިމާޔަތް ނުކޮށް ކަލޭމެން ބޭނުންކަމެއް ކުރަން ފުރުސަތު ދޭންޖެހޭތޯ؟
30 ޖުލައި 2017 | އާދީއްތަ 13:38
ހމޒ
ޢަޅުގަނޑަކީ އެއްވެސް ސިޔާސީ ލީޑަރަކަށް ތާއީދު ކުރާ މީހެއް ނޫން! ޢެކަމުވެސް ބުނެލަން ބޭނުންވަނީ ޤައުމުގެ ވަލީއްޔުލްއަމުރު ތަންތަނުގެ ވެރިންނާއި މީޓްކުރުމުގެ މައްސަލައަކީ ކޮބާހޭ؟ ޑިމޮކްރަސީގެ އެންމެ މުހިންމު ކަމެއް ކަމުގައި ތިޔަ ފަރާތްތަކުން ބުނަމުން ދަނީ މަޝްވަރާކުރާ ވާހަކަ، ދެން ނެތެންނު ސަލާމަތެއް