Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެޗްވަންއެންވަން ފެތުރުން

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ބެލެނިވެރިން، އެޑިއުކޭޝަން މިނިސްޓްރީއަށް ބުނީ އިތުބާރުނުކުރާކަމަށް، މިނިސްޓްރީގެ ބެލުމުގެ ދަށަށް ދަރިން ފޮނުވަން ބޭނުން ނޫންކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 18:44
މިއަދު ކިޔެވުން ފެށިއިރު، ދަރުމަވަންތަ ސުކޫލަށް ހާޒިރުވެ ތިބި ދަރިވަރުން

މިއަދު ކިޔެވުން ފެށިއިރު، ދަރުމަވަންތަ ސުކޫލަށް ހާޒިރުވެ ތިބި ދަރިވަރުން

އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން، ހެލްތު ޕްރޮޓެކްޝަން އެތޯރިޓީން އެލާޓް ލެވަލް 3 އިއުލާންކޮށްފައިވަނިކޮށް، ސަކޫލުތައް ހުޅުވަން ނިންމުމާއެކު ގިނަ ބެލެނިވެރިންނާއި، އާންމުނަށް ބޮޑު ހައިރާންކަމެއް ލިބުނު އެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެ، އެޗްވަންއެންވަން އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް އިންތިހާއަށް އިތުރުވާއިރު، ސަރުކާރުން އެފަދަ ނިންމުމެއް ނިންމީ ކީއްވެތޯ ބެލެނިވެރިންނާއި، މުޅި ޤައުމު ސުވާލު އުފައްދަމުންގެންދިޔަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންވެސް އެކަމުގައި ސުވާލުތައް ކުރިމަތިކުރަމުންގެންދިޔަ އެވެ. ނަމަވެސް ސަރުކާރުން، އެޑިއުކޭޝަން މިނިސްޓްރީން އެ ހުރިހާ ކަންބޮޑުވުމަކަށްދިނީ ބީރު ކަންފަތެއް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެއްވި ޕްރޮފެޝަނަލް ރައުޔުވެސް އެ ބޭފުޅުންނަށް ގަބޫލެއް ނުކުރެއްވި އެވެ. އެހެނީ ސުކޫލުތައް ހުޅުވަން ނިންމީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން، ސުކޫލުތައް ހުޅުވުމަށް ނުފެންނަކަމަށް، ލަފާ ދެއްވައިފައިވަނިކޮށް ކަމަށްވާތީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނަށް ގަބޫލުކުރެވިފައިއޮތީ، ޤައުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެ މިނިސްޓްރީން އެންގުމުން ބެލެނިވެރިން ދަރިވަރުން ސުކޫލަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ބެލެނިވެރިން، އެޑިއުކޭޝަން މިނިސްޓްރީއަށް ދިނީ ތަފާތު މެސެޖެ އެވެ. އާދިއްތަ ދުވަހުގެ އިރުއަރައިގެން އައިއިރު، މަގުތަކުގައި ދަރިންތައް ސޫކޫލަށް ފޮނުވުމުގައި ބެލެނިވެރިން ހަރަކާތްތެރިވި މަންޒަރެއް ނުފެނުނު އެވެ. ޤައުމު ނުކުރައްކާތެރި ބަލިމަޑުކަމެއްގައި ވަނިކޮށް ބެލެނިވެރިން އެ މީހުންގެ ދަރިން ސުކޫލަކަށް ނުފޮނުވި އެވެ.

ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ދިން މެސެޖަކީ އެ މިނިސްޓްރީއަށް އިތުބާރު ނުކުރާކަމުގެ މެސެޖު އެވެ. ތިމަންމެންގެ ދަރިންނަށް ރަނގަޅު ގޮތެއްވުމަށް މިނިސްޓްރިން ނޭދޭކަން ހާމަވާކަމާއި، މިނިސޓްރީގެ ބެލުމުގެ ދަށަން ތިމަންމެންގެ ދަރިން ނުރައްކަލެއްގެ ތެރެއަށް ފޮނުވުމަށް ބޭނުން ނުވާކަމުގެ މެސެޖު އެވެ. ތައުލީމީ ދާއިރަގެ އިސްވެރިންނަށް އިތުބަރުނުކުރާކަމުގެ މެސެޖު އެވެ.

ފުރިބާރުވެފައިވާ މާލޭގެ ބައެއް ސުކޫލުތަށް ފެނުނީ ހުސްކޮށެވެ. ބައެއް ކްލާސްތަކަށް އެންމެ ފަސް ދަރިވަރުން ހާޒިރުވިއިރު، ބައެއް ސުކޫލުތަކަށް ހާޒިރުވީވެސް އެންމެ 30 ދަރިވަރުންނެވެ.

އަމީނިއްޔާ ސްކޫލުގައި އެވްރެޖްކޮށް ކޮންމެ ކްލާހެއްގައި 30 ދަރިވަރުން ތިބޭ އިރު ސެޝަނެއްގައި 700 ދަރިވަރުން ސްކޫލަށް ދާނެ އެވެ. ނަމަވެސް މިއަދު އެ ސްކޫލަށް ހާޒިރުވީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންކަމަށް، ޓީޗަރަކު ވިދާޅުވި އެވެ. އިސްކަންދަރު ސުކޫލާއި މަޖީދިއްޔާ ސުކޫލާއި، ދަރުމަވަންތަ ސުކޫލުވެސް ފިނުނީ އެއްގޮތަކަށެވެ.

ސުކޫލުތަކުގެ ކިޔެވުން ނިންމިމާލި ވަގުތުވެސް ފުނުނީ އެއް މަނޒަރެކެވެ. ހުރިހާ ސުކޫލުތަކަށް ހިނގިއިރު، ސުކޫލުތައް ދަށުގައި ބެލެނިވެރިން ތިބި މަންޒަރެއް ނުފެނުނު އެވެ. ގިނަ ސުކޫލުތަކުގެ ދޮރުތައް ހުރީ ބަންދުކޮށްފަ އެވެ. ސުކޫލުތަކުގެ ގޯތިތަކުގެ ތެރެވެސް އޮތީ ހުސްކޮށެވެ. ދެތިން ސުކޫލެއްގެ ދަށުގައި ބެލެނިވެރިން ތިބިއިރު، އެ ސުކޫލުތަކުން ނިކުތީ ފަންސާހަކަށް ދަރިވަރުންނެވެ.

ކޮންމެއަކަސް، ދަރިވަރުން ވަރަށް ވަރުގަދަ މެސެޖެއް ދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށާއި، ތައުލީމީ ދާއިރާއަސް އިތުބަރު ނުކުރާކަމުގެ ވަރުގަދަ މެސެޖެ އެވެ. މިހާވަރުގަދައަށް ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ނޫނެކޭބުނިއިރު، މިއީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިޔާމް އިސްތިއުފާ ދެއްވަންޖެހޭވަރުގެ ކަމެކެވެ. އެއީ ބެލެނިވެރިން އެހާ ވަރުގަދައަށް ނޫނެކޭ ބުނީމަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއީ ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއް!

މިއީ ވަރުގަދަ އިންޓެލިޖެންސް ރިޕޯޓެއް!

19 މާރިޗު 2018
ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

ނުކުޅެދޭ މީހާގެ ހިތްވަރު، ކުޅެދޭ މީހުންނަށް ވުރެ ވަރުގަދަ!

09 މާރިޗު 2018
ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

ހިތްވަރު ލިބެންވީ ސިޔާސީ ބޭފުޅުންގެ އަނބިކަނަބަލުންގެ ފަރާތުން، ސަރުކާރަށް ވަރުގަދަ މެސެޖެއް

06 މާރިޗު 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު