Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށި

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

ކުޅުދުއްފުށިން ބުނީ އިތުރު ހުވަފެން ތަކެއް ދެން ބޭނުން ނޫން ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 މެއި 2017 | އާދީއްތަ 11:33
ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ވެހިކަލް ބުރު

ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ވެހިކަލް ބުރު

މަޝްހޫރު ބޮޑު ތިލަދުން މައްޗަށް ނިސްބަތްވާ މައި ރަށް ކުޅުދުއްފުށި، މިއީކީ އާދައިގެ ބަޔަކު ދިރިއުޅޭ ރަށެއް ނޫނެވެ. ކަންކަމުގައި ކެރުމުގެ އިތުރުން ކޮންމެ ގޮތެއް ވަރިހަމަ ވުމަކީ އެވެރިންގެ އުސޫލު ކަމަކަށް ޤަބޫލު ކޮށެއް ނޫޅެއެވެ.ހަމައެހެންމެ ޅޮސް އުނދޯއްޔަށް ލައިގެން ހެއްލުވޭ ވަރުގެ ގަޅި ބައެއްވެސް ނުމެ ނޫންމެއެވެ.

ރާއްޖޭގެ ތާރީޚީ ފަތްފުށްތަކަށް ނަޒަރު ހިންގާލައިފިނަމަ އެކަން އެހެރީ ދުވާލުގެ އިރު އެނގޭހެން ހާމަޔަށް ފެންނާށެވެ. ވެރިކަން ކިލަނބުވެ ރައްޔިތުންނަށް މުހުތާދު ތަކެއް ޖެހުނުހިނދު ކުޅުދުއްފުށީ ބޮޑުމުހައްމަދުބޭ އިސްވެ ހުރެ ހިންގި އުތުރު ގަޑުބަޑަކީ އެއީ އާދައިގެ ކަމެއް ނޫނެވެ. ޤާނޫން އަސާސީގައި ބުނާ ރައްޔިތުންގެ ބާރުގެތެރޭގައި ފަސްކުޅަނދު މަދީ ރާއްޖެ ތެރޭ މީހުންނެއް ނޫނޭ ބުނެ އެހިންގި ހަރަކާތަކީ ސަރުކާރުތަކަށް މިއަދުވެސް ހަމަ ނަމޫނާ ބައެކެވެ. ކަމެއް ޖެހުނީމާ ފިލަން ދުވާ މީހަކަށް މަ ވާކަށް ނެތީމޭ ބުނެ ފަހުނޭވަޔާ ޖެހެންދެން ދުޝްމަނުންނާ ކުރިމަތިލާ ޝަހީދުވި ހުސައިން އާދަމަކީ އެކަމުގެ އިތުރު ހެއްކެކެވެ.

ކޮނުނުވަރަކުން ފަސްގިނަ ކުރާކަށް އަދި ހާސަރުތަކެއް ދަމައިގެން ދިއުޅި ދިގު ކުރާކަށް ނެތީމެވެ. އާރާއި ބާރުގައި އޮތް ރައީސް ޔާމީންގެ ސަރުކާރަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށިން ވަރުގަދަ ފިލާވަޅެއް އެވަނީ ދީފައެވެ. އިހު ދުފިވަރަށް ދުފާފައި އަނގަ ރަތްކޮށް ނުލިޔަސް ކުޅުދުފުށީ ޒުވާނުން އެތިބީ ކާބަފައިންހެން ކުޅުދުއްފުށީގެ ގޮތުގައިކަން އެވަނީ އަންގާލަ ދީފައެވެ. ހިސާބަކަށް ބޮޑުކުރިނަމަވެސް މިލިބޭ ފަސް ހާސް ރުފިޔާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދޭން ފެށި އެއްޗެއް ކަމުން އެއީ ދުނިޔޭގެ ލަދަށް ކަނޑާލަން ނުކުރި އޮތް އެއްޗެއްކަން އެވެރިންވެސް އެވަނީ ސާފު ސީދާކޮށް ބުނެލަ ދީފައެވެ. ވެރިންގެ ލަފާގެމަތިން ޒުވާނުން ކުރިއަށް ނެރެގެން ރަށް ހިންގާން ތިބި ހަރު މީހުން އެވަނީ ހަމަ ލައްކަ ވާހަކަ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ.ކުޅުދުއްފުށިން މިސަރުކާރަށް އެވަނީ ސާފު ސަރީހަ އިބާރާތުން ނޫނެކޭ ބުނެފައެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންެނެވި ވަދާއެކު ދައްކަމުން ދިޔަ އެއަރޕޯޓްގެ ހުވަފެން ދެއްކީ ނިދީގައި އޮއްވައޭ ބުނެ ހަމަ ނިދިން ހޭލާ އެވަނީ ރަނގަޅަށް ދެލޯ ހުޅުވާލާފައެވެ. ދެއިރު ދެޅައަށް ފެށި ރަށުގެ މަގުތައް ނިންމަމުންދިޔަ ޚިޔާލީ ނިންމުން ބަލާކަށް އަތްޖަހަޖަހާފައި ތިބޭކަށް ބޭނުމެއް ނޫނޭ ކުޅުދުއްފުށިން އެވަނީ ބުނެފައެވެ. ބިރުދެއްކޭނީ ވަކިވަރަކަށޭ ބުނެ ލައްކައިން ސޮއި އެޅުވިއަސް ހަޤީގީ ސޮއި ދައްކާނީ ވޯޓު ކަރުދާސްކޮޅުގައި ކަން ރައީސް ޔާމީނަށް އެވަނީ ކުޅުދުއްފުށިން ދައްކާލާފައެވެ. ވަޒީފާގެ ބިރާ، ސިޔާސަ ސޮރުގެ މައްސަލަ ނަގައިދީފާނެތީ އަބަދަކު ވަރިހަމަވެގެން ނުތިބޭނެކަން އެވަނީ ދައްކާލާފައެވެ. ކުޅުދުއްފުށީ މީހުން ބުނާ ގޮތުންނަމަ އަދުތޯ މާދަންގެ އިންތިޒާރުގައި ދެން ތުއްފިއްތައިގެން ތިބެވޭކަށް ނެތެވެ.

ރައްޔިތުންގެ ފައިސާއިން ޓެކްސް ނަގައިގެން ހިތުހުރިވަރަކަށް ޚަރަދުކޮށް ބާކީބައި ޖީބަށް ލާކަށް އަޅާފަދަ ބްރިޖަކަށް މަށަކާވާ ކީކޭހޭ ކުޅުދުއްފުށިން އެބުނީ އިންތިޚާބުގެ ނަތީޖާއިންނެވެ. އަތްނުފޯރާ ފަށަށް އެރި ކަރަންޓް ބިލާއި ބަނޑުފުރާނަ މުއްތިކުރި ޒަރޫރީ ކާޑުކޮޅުން ޑަބަލް އަގު ބޮޑުވީމާ ހެވިފައި އަތްޖަހަން ނޯންނާނެކަން ކުޅުދުއްފުށިން އެވަނީ ދައްކާލާފައެވެ. ނުތަނަވަސް ކަމާއި ރައްޔިތުންގެ ކެކުޅުން އޮއްބާލައިގެން އޮބަހައްޓާ ބަޔަކަށް ކުޅުދުއްފުށީ ރައްޔިތުން ނުވާނެކަން ރައީސް ޔާމީނަށްވެސް އެވަނީ ދައްކާލަ ދީފައެވެ.

ކައުންސިލްގެ ހަފޮޅުން އެތެރެއަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި އަންހެނަކު ފުންމާލީމާ ކުޅުދުއްފުށިން ރައީސް ޔާމީނަށް އެދައްކާލީ ލައްކަ ކުޅިސަމާއެވެ. ޒުވާނުންނަށްޓަކައި އަބަދަކު ގުނބޯ ހެއްދުން ކަނޑަކަން ހާމަކޮށް އެދިނީ ހެދޭ ނޫކަށި ފުރައިގެން ޒުވާން އަންހެން ކުއްޖެއްކަމުން ރައީސް ޔާމީން އިތުރަށް ވިސްނާވަޑައިގަންނަވަން ޖެހޭކަން ކުޅުދުއްފުށިން އަންގާލަ ދީފައެވެ. ޒުވާން ޖޯޝާއި ލޭ އެޒުވާންކަމުގައި ދެމިބޭއްވޭނީ އަވާ މެންދުރެއްގެ ތެރެއިން ނޫންކަން މިއަދު އެވަނީ ޤަބޫލު ކުރުވަން ޖައްސަވާފައެވެ.

ކޮންމެއަކަސް ކުޅުދުއްފުށީގެ ހުރިހާ ގޮނޑިތަކެއް ކަހަލަ ގޮތަކަށް އިދިކޮޅު އެމްޑީޕީން ނެގުން އެއީ ލައްކަ ވާހަކައެވެ. ކުޅި ހިއްކާފައި އޭގެ މަތީ ކޮށިބިއްލޫރިން އެޅި އެއަރޕޯޓަށް ވަޑައިގެން ހެއްލޭނީ ކުޅުދުއްފުށި ރައްޔިތުން ނޫންކަން ސާބިތުކޮށްދީފިއެވެ. ޖަހާހާ ބެރަަކަށް ނަށާފައި އެޅިހާ ބަތަކަށް ރިހަވެގެން ކުޅުދުއްފުށީ ރައްޔިތުން ނުތިބޭނެކަން ނަތީޖާއިން އެވަނީ ދައްކައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!

ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!

03 ސެޕްޓެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު