Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅި، ފާ، ޗަސްބިން

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

ރާއްޖޭގައި މަދުވެގެން 150 ވަރަކަށް ރަށުގައި ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލު ތައްވޭ

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2021 | ބުދަ 07:04
ކަރަމަނަ ގަހެއްގެ ވަށައިގެންވާ ކޯރުގައި މީހަކު ކެނޯ ދުއްވަނީ

ކަރަމަނަ ގަހެއްގެ ވަށައިގެންވާ ކޯރުގައި މީހަކު ކެނޯ ދުއްވަނީ

ދިވެހިރާއްޖޭގެ ރަށްރަތަކަކީ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ދުނިޔޭގެ ވަރަށް ގިނަ ބަޔަކުވެސް ސިފަކުރާ ފަދަ ރީތި ރަށްތަކެވެ. ދިރޭ ތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކާއި، ވިލު ނޫކުލައިގެ ފަޅުތަކާއި، ހިތްގައިމު ދޮންވެލި ތުނޑިތަށް އެކުލެވޭ ރީތި ޖަޒީރާ ރަށްތަކެކެވެ. ހާއްސަކޮށް އެރަށެއްގައި ކުޅި ފާ ފަދަ ޗަސްބިމުގެ މާހައުލެއް ވާނަމަ އެރަށެއް ތިމާވެށީގެ ގޮތުން އިތުރަށް ހާއްސަވީއެވެ. ސަބަބަކީ ޗަސްބިމުގައި ހެދޭ ހާޢްސަ ގަސްގަހާއި، ކުޅީގައި އުޅޭ މަސްމަހާމެއްސާއި އަދި މިފަދަ މާހައުލުތަކުގައި ވަޒަންވެރިވެގެން އުޅޭ ދޫނިތަކާއި އަދި ޒިޔާރަތްކުރާ ހާއްސަ ދޫނިތަކުން، މިފަދަ ރަށެއްގެ މާހައުލު އިތުރަށް ފުރިހަމަކޮށް މުއްސަނދި ކޮށްދޭތީއެވެ.

ރާއްޖޭގައި މަދުވެގެން 150 ވަރަކަށް ރަށުގައި ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލު ތައް ވެއެވެ. މިމާހައުލުތައް ގިނައިން އުފެދިފައިހުރީ އެންމެ އުތުރާއި އެންމެ ދެކުނުގެ އަތޮޅުތަކުގައެވެ. އަދި މިފަދަ މާހައުލުތައް އުފެދިފައިވާ ގޮތް އެކި ރަށްރަށުގައި ތަފާތެވެ. ބައެއް ރަށްރަށުގައި ހުންނަނީ މޫދާ ގުޅިފައެވެ. އަދި ބައެއް ރަށްރަށުގައި މީރުފެން އެކުލެވޭ ގޮތަށް ބެދި ފައިހުންނަ ފެންގަނޑުތައް ނުވަތަ ކުޅިއެއް ވަށައިގެން ޗަސްބިން އެކުލެވޭ ގޮތަށް ހުރެއެވެ. މި ތަފާތުތަކާ ގުޅިގެން އެ މާހައުލުގައި ހެދޭ ގަސްގަހާގެހި ނުވަތަ ފަލުގެ ބާވަތްތަކާއި ގަހުގެ އާންމު ސިފަތަކަށް ބަދަލު އައިސްފައިވެއެވެ. މިގޮތުން މީރު ފެން ހިމެނޭ ކުޅި ވަށައިގެންވާ ޗަސްބިން ތަކުގައި ތުނޑުކުނާ ވިޔުމަށް ބޭނުންކުރާ ހައު ("ރީޑް) ގެ ބާވަތްތައް ހެދެއެވެ. އަދި ލޮނުފެން އެކުލެވޭ ކުޅިތަކުގެ ވަށައިގެން ކަނޑޫފާ، ރަނޑޫފާ، ކުއްޅަވައްފާ ފަދަ "ޓްރޫ މެންގްރޫވްސް" ގެ ބާވަތްތައް ހެދިފައި އޮވެއެވެ. އެހެނިހެން ޖަޒީރާ ގައުމުތަކާ އަޅަކިޔާއިރު، ރާއްޖޭގެ ފަލުގެ މާހައުލުގެ ވަކިން ހާއްސަ ކަމެއް އެބައޮތެވެ. އެއީ ރާއްޖެއިން ރެކޯޑް ކުރެވިފައިވާ "މެންގްރޫވްސް" ގެ ބާވައްތައް ގިނަވުމެވެ. ރާއްޖެއިން ވަނީ 15 ބާވަތެއގެ ފަލުގައި ހެދޭ ގަސްގަހާގެހީގެ ބާވަތް ރެކޯޑް ކުރެވިފައެވެ. އިންޑިއާ ކަނޑުގައި ހިމެނޭ އެހެން ޖަޒީރާ ޤައުތަކަށް ބަލާއިރު ފޯޅަވަހިން ރެކޯޑް ކުރެވިފައިވަނީ އެންމެ ބާވަތެކެވެ. މޮރިޝަސް ރެކޯޑް ކުރެވިފައިވަނީ 8 ބާވަތެވެ.

ފަލުގެ މާހައުލަށް ހާއްސަ ގަސްގަހާގެއްސަކީ އާއްމުގޮތެއްގައި ބޮޑެތިކޮށްހެދޭ ފެހިކަން ގަދަ، ލަކުޑި ހަރު ގަސްގަހެވެ. މިފަދަ ގަސްތަކުގެ އެންމެ ހާއްސަ އެއް ސިފައަކީ ލޮނުގެ އަސަރު ހުންނަ، އޮކްސިޖަން މަދު ޗަސް ބިމުގައި ހެދިބޮޑުވުމުގެ ގާބިލްކަން ލިބިފައިވުމެވެ. މިފަދަ ގަސްގަހާގެހި ލޮނަށް ކެތްކުރަނި ކިހިނެތް ހެއްޔެވެ؟ ފަލުގެ ބައެއް ބާވަތްތަކުގެ މުލަށް ލިބިފައިވާ ހާއްސަ ސިފަތަކެއްގެ ސަބަބުން ގަހުގެ ތެރެއަށް އެއްގޮތަކަށްވެސް ލޮނު ނުވައްދައެވެ. ގަހަށް ވަންނަނީ ހަމަ އެކަނި ލޮނުފެނުގައި ހިމެނޭ ފެނުގެ ބައެވެ. ކުޅަވައްފަދަ ފަލުގެ ގަސްތަކުން ލޮނު ބޭރުކިރަނީ ފަތްތަކުގެ ޒަރީއާއިންނެވެ.

ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތަކަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި ގުޅިފައިވާ ސަރަހައްދުތަކެއްގެ ވެސް އިތުރުން، ތިމާވެށީގެ ގޮތުން ނުހަނު ބޮޑެތި ފައިދާއާއި ހިދުމަތްތަކެއް ފޯރުކޮށްދޭ އަގުހުރި ވަސީލަތެކެވެ. މިގޮތުން މިފަދަ މާހައުލުތަކުގެ ސަބަބުން އުދައެރުމާ ސުނާމީ ފަދަ ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. އަދި ފެންބޮޑުވުންފަދަ ހާދިސާ ތަކުންވެސް ރައްކާތެރިކޮށް، ރަށަށް ވެހޭ ފެން ހިންދުމުގައި އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް ޗަސްބިންތަކުގައި ހުންނަ ގަސްގަހާ ގެހީގެ ސަބަބުން ފެނުގެ ކޮލިޓީ އެކަށިގެންވާ މިންވަރެއްގައި ހިފަހައްޓައިދެއެވެ. ގޮނޑުދޮށާއި ގުޅިފައި ހުންނަ ފާތަކުގެ ސަބަބުން ރަށުގެ ވެލިގަނޑު ހިފަހައްޓައިދީ، ގަސްތައް ވައިނިވަލެއްގެ ރޯލު އަދާކޮށްދެއެވެ. މޫދަށް ހުޅުވިފައި ހުންނަ މިދަފަ މާހައުލުތަކުގައި ކުދި މަހާއި ކަނޑުގެ ބައެއް ދިރުންތައް އެތަކެތީގެ ޅަ އުމުރު ހޭދަކުރެއެވެ. މަޑިއާއި މިޔަރުގެ ބައެއް ބާވަތްތައް ބިސްއަޅާ ވިހާ އާލާވެއެވެ. އަދި ތަފާތު ދޫނިސޫފާސޫފި އެތަނުން ކާނާ ހޯދައިގެން އެފަދަ މާހައުލުތަކުގައި އުޅޭ ތަނުގެ ޤދުރަތީ މުއްސަނދިކަން އިތުރުކޮށްދެއެވެ. އަދި މިފަދަ މާހައުލުތަކުން ލިބޭ ހިތްހަމަޖެހުން ފައިސާއަކުން އަގުނުކުރެވެއެވެ. އެހެންކަމުން ރަށްރަށް ތަރައްގީވެ ފުޅާ ވެގެންދާއިރު ޗަސްބިންފަދަ ތަންތަން ނައްތާލުމުގެ ބަދަލުގައި ތަރައްގީގެ ޕްލޭންގެ ތެރޭގައި ހިމަނައިގެން ދެމެހެއްޓެވި ގޮތެއްގައި ބޭނުން ކުރަން ޖެހެއެވެ. މުސްތަގްބަލައްޓަކައި މިފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބަލަހައްޓަން ޖެހެއެވެ.

ރާއްޖޭގައި މީހުން އުޅޭ ކުޅި އަދި ޗަސް ބިން ހިމެނޭ ރަށްރަށުން މައުލޫމާތު ލިބުނު ގޮތުގައި އެރަށްރަށުގެ މީހުން ވަނީ ކުރީ ޒަމާނުގައި މި ފަދަ މާހައުލުތައް ބަލަހައްޓާފައެވެ. މޫސޫމީ ބަދަލުތަކުގެ ސަބަބުންނާއި އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޅީގެ ފެންގަނޑަށާއި ޗަސް ބިމުގައިވާ ކިސަޑުގެ ބޯމިނަށް ބަދަލު އާދެއެވެ. އަދި ރަށުގެ ގޮނޑުދޮށަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކުޅި ނުވަތަ ޗަސްބިމަށް ލޮނު ވައްދާ ސަރަހައްދުތައް ބައެއް މޫސުމުގައި ބެދޭ ގޮތްވެއެވެ. މިގޮތަށް ދިމާވުމުން ބައެއް ދެކުނުގެ ރަށްރަށުގައި، ކަށިކެޔޮ ގަހުގެ ކުރި ކަނޑު، ކުޅީގެ ކިސަޑު ކަނޑުތެރޭގައި ދަމަމުންގޮސް، ކުޅީގައި އިތުރަށް ހުންނަ ކިސަޑު މޫދަށް ބޭރު ކުރަނީއެވެ. މިގޮތަށް އަހަރަކު އެއްފަހަރު ރަށުގެ ރައްޔިތުން ނުކުމެ ކިސަޑު ނެގުމުން، ކުޅީގައި ކިސަޑު ގިނަ ނުވެ ކުޅީގެ ފެންގަނޑު އެއްވަރެއްގައި ހިފެހެއްޓެއެވެ. މީގެ ސަބަބުން ކުޅީގެ ވަށައިގެން ހެދިފައިވާ ފަލުގެ ގަސްތައް އާރޯވެ، ކުޅީގައިވާ ތަފާތު ދިރުންތަކަށް ރައްކާތެރި މާހައުލެއް ލިބެއެވެ.

މީގެ އިތުރުންވެސް، މިލްކް ފިޝް ނުވަތަ ބޭންގް އާލާކުރުމަށް، ބޭންގް ބިސް ދޫކުރާ ދުވަސްވަރާ ދިމާކޮށް، ބައެއް ރަށްރަށުގައި މޫދާ ދިމާލަށް ބެދިފައި ހުންނަ ކުޅިތަކުގައި، ލޮނު ފެންވަންނަ ގޮތަށް ކޮނެ ފެންދައުރުވާ ގޮތަށް ހަދައެވެ. މިއީ އިރުވައި މޫސުމުގައި ބޭންގް ވެއްދުމަށް ކުރާ ކަމެކެވެ. މިގޮތުން ޅަބޭންގް ކުޅި ތެރެއަށް ވަނުމުން އަނެއްކާވެސް ކޮނެފަ ހުރިތަން ބައްދާލަނީއެވެ.

މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި މިފަދަ މާހައުލުތައްވަނީ ކިސަޑު ބޯވެ، ކުޅީގެ ފެންގަނޑު ހިނދެން ފަށާފައެވެ. އަދި ކުޅިއާއި މޫދާއި ގުޅިފައި ހުންނަ ސަރަހައްދަށް ވެލި އެޅި، ފެން ދައުރުވުމަށް ހުރަސް އެޅިފައެވެ.

މުޅި ދުނިޔެއަށް ބަލާ އިރުވެސް ކުޅި، ފާ އަދި ޗަސްބިންތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ސިޓީތަކާއި ރަށްރަށް ތަރައްގީވެ ބިމުގެ ޑިމާންޑް ބޮޑުވެގެން ދާއިރު އެތަންތަނުގައި ހިމެނޭ ކުޅި ފާ ޗަސްބިން ފަދަ ތަންތަން ހިއްކުމަށް މަގުފަހިވެގެން ދިއުމެވެ. އެފަދަ ތަންތަން ނައްތާލެވި އިމާރާތްތައް ކުރެވިގެންދިއުމެވެ. މީގެ އިތުރުންވެސް އެފަދަ ތަންތަނަށް ކުނި އެޅުމުންނާއި ގަސްކެނޑުމުންނާއި އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން މިފަދަ މާހައުލުތަކަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިވެފައިވެއެވެ.

މިފަދަ މާހައުލަތަކަށް ލިބޭ ގެއްލުން ކުޑަކޮށް، މިފަދަ މާހައުލުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގޮތުން، ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންވަނީ 22 ކުޅި، ފާ އަދި ޗަސް ބިން ހިމެނޭ މާހައުލު ރާއްޖެއިން ހިމާޔަތްކޮށްފައެވެ. މިގޮތުން އައްޑޫ ސިޓީގެ އީދިގަލި ކިޅި އާއި ފުވައްމުލަކުގެ ދަޑިމަގި ކިޅިއާއި ބަންޑާރަކިޅި ދަނީ ނޭޗަރ ޕާކްގެ ގޮތުގައި ބަލަހައްޓަމުން ނެވެ.

ކުޅި ފާ އަދި ޗަސް ބިމުގެ މާހައުލުތަކަކީ ރާއްޖޭގެ ވެށީގައި ހިމެނޭ އެންމެ ނާޒުކު އެއް މާހައުލެވެ. މި މާހައުލުތައް ނެތި ހިނގައްޖެނަމަ އަގު ނުކުރެވޭފަދަ ބޮޑު ޚަޒާނާއެއް އަންނަންތިބި ދިވެހި ޖީލަށް ގެއްލި ދިޔައީއެވެ. މިމާހައުލުތަކަކީ ކާބަފައިން ރައްކައުތެރިކަމާއެކު، އަހަރެމެންނަށް ފޯރުކޮށްދީފައިވާ އަގު ހުރި ތަރިކައެކެވެ. އަދި މި މުހިންމު މާހައުލުތައް މުސްތަޤުބަލުގެ ދަރިންނަށް ފޯރުކޮށް ދިނުމަކީ އެންމެންގެ ވާޖިބެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

ކުޅުދުއްފުށީ ކުޅި ހިއްކައިފި ނަމަ ރަށުގައި ފެން ބޮޑުވެ ފެން ލޮނުވެދާނެ!

24 އޮކްޓޯބަރު 2017
ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

02 އޮކްޓޯބަރު 2017
 ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

05 ސެޕްޓެމްބަރު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު