Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

ނާލާފުށީ ފަގީރުކޮއެ އަށް ގެރިދިންހެން މަގާމުތައް ދީފައި

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2017 | ހޯމަ 16:42
ރަސްރަނި ބަގީޗާ ހުޅުވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި

ރަސްރަނި ބަގީޗާ ހުޅުވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަދި

" ކޮންފަދަ ނަސީބެއްތޯއެމީ ޔާމީން މިގައުމުގަ ލެއްވުމީ..."

މީ ސުކޫލު ދައުރުގައި އަހާ އުޅުނު ބައިތެކެވެ. އެކަމަކު އޭރު މި ބައިތު އިވުނީ އެހެން ގޮތަކަށެވެ. އޭރު އޮންނަނީ މިހެންނެވެ.

ކޮންފަދަ ނަސީބެއްތޯއެ މީ ދޮންވެލި ބިމެއްގައި ލެއްވުމީ، ހަންހާރަވެތި ދިވެހީންގެމީ ގިންތީތެރޭ ހިމެނުއްވުމީ.

މި ބައިތު ބަދަލުކޮށްގެން ރަށުތެރޭގައި މީހުން ކިޔަންފެށީ ޕީޕީއެމްގެ ކޮންމެވެސް އިސްބޭފުޅަކު ޕޯޑިއަމްއެއްގެ ކައިރީގައި ރައީސް ޔާމީނަށް މުހާތަބުކޮށް ވިދާޅުވި އެއްޗެކާ ގުޅިގެންނެވެ. އެ ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ރައީސް ޔާމީން މި ގައުމަށް އުފަންވެ ވަޑައިގަތުމަކީ ދިވެހިންނަ ލެއްވި ނަސީބެއްކަމުގައެވެ. އެބޭފުޅަކު މި ވާހަކައެއް ވިދާޅުވުމާއެކު އަޅުގަނޑު ކުރިން ދެންނެވި ބައިތު ބަދަލުކޮށްގެން މީހުން ކިޔަންފެށީ މިހެންނެވެ.

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ

ހިނިތުންވުމެއް އަމުދުންނުވާ ގިންތީތެރޭ ހިމެނުއްވުމީ

ކޮންމެޔަކަސް މި ވާހަކަގަނޑާއެކު ރަށުތެރޭގައި މީހުން އެންބުރިގެންފިއެވެ. ރައީސް ޔާމީން މިޤައުމަށް އުފަންވެ ވަޑައިގަތުމުން ލިބުނު ނަސީބުތަކުގެ ލިސްޓް ލިސްޓް ހަދައިގެން ކިޔަންފަށައިފިއެވެ. ބައެއްމީހުން އެމީހުންގެ ލިސްޓްތައް ފެށީ މިގައުމުގެ ތާރީޚް ދުށް އެއްމެ ބޮޑު ޚިޔާނާތުންނެވެ. އެމީހުން ބުނެއެވެ. ތެދުފުޅެކެވެ. މި ގައުމަށް ރައީސް ޔާމިން އުފަންވެ ވަޑައިގަތުމަކީ ނަސީބެކެވެ. އެހެން ނޫންނަމަ މިއޮތް ކުޑަކުޑަ ގައުމުގައި މިހާ ބޮޑު ވައްކަމެއް ހިންގިކަމުގެ ރީތި ނަމެއް މިގައުމަކަށް ނުލިބުނީހެވެ. އެހެން ނޫންނަމަ ބަގީޗާގައި އޮތް ކިންބުލެއްގެ ބޮލަށް ސިފައިން ނެރެގެން ބަޑިޖަހާ މަރާލިކަމުގެ ޝަރަފެއްވެސް ނުލިބުނީހެވެ. އެހެން ނޫންނަމަ މަގެއްގެ އެއްކޮޅުން އަނެއްކޮޅަށް ރީތިކޮށް ބަރިޔަކަށް ހެދިފައިހުރި ފެން ފޯއްރުއްތަކެއް ފުލުހުން ނެރެގެން ވަގަށް ކަނޑާލިކަމުގެ ފަހްރެއްވެސް މިގައުމަކަށް ނުލިބުނީހެވެ.

އެހެން ނުވިނަމަ ކަޅުވަކަރު މިސްކިތާ، ޖުމްހޫރީބިނާއާ، ސުނާމީ ބިނާވެސް އެހުރިތަނުން އުފުރާލިކަމުގެ ރަން ވަނައެއްވެސް ނުލިބުނީހެވެ. އޮޅުދޫ ކަރައިން ތެޔޮ ދަމައިގެން ވެރިކަން ހޯދާ ބައެއްގެ ލަގަބު ވެސް ދިވެހިންނަކަށް ނުލިބުނީހެވެ. ފްލެޓެއް ބެހިޔަސް، ކަދުރުކޮޅެއް ބެހިޔަސް، ރަށަކަށް ކަރަންޓް ދިނަސް އޭގެތެރޭން ވައްކަމެއް ކޮށްނުލާ އެކަން ކުރިބައެއްގެ ދަރަޖައެއްވެސް އަހަރެމެންނަކަށް ނުލިބުނީހެވެ. ފުއްޓަރު ފަރާތުގައި ނެރެއް ހަދައިގެން އެނެރުން ވަންނަން އައި ކޮންމެ އުޅަދެއް ފުނޑުފުނޑު ކޮށްލި ފުރަތަމަ ޤައުމުގެ ފަޙްރުވެރި މަގާމުވެސް މިގައުމަކަށް ނުލިބުނީހެވެ. ރުއްކޮށީ ކުޑަކޮއިގެ ނިޔަދުރުހެން އަރާ ވަޑައިގަންނަވާ ކޮންމެރަށަކަށް އެއާރޕޯޓެއް ދެއްވާ ވެރިޔަކު އުޅުއްވާ ޤައުމެއްގެ މަގާމުވެސް އަހަރެމެންނަކަށް ނުލިބުނީހެވެ. ނާލާފުށީ ފަގީރުކޮއެ އަށް ގެރިދިންހެން މަގާމު ދީފައިހުރި ނާޢިބު ރައީސަކާ، އުއްތަމަ ފަނޑިޔާރަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ލިބިފައިވާކަމުގެ ފޮނި ރަހައެއް ދިވެހިންގެ އަރުތެރެއަކު ނުލީހެވެ. މިލިޓަރީ ބޭނުން ކޮށްގެން މަޖިލީހެއް ހިސޯރުކޮށް އެޓާރނީ ޖެނެރަލްއެއް ބޭނުންކޮށްގެން ޝަރުޢީ ނިޒާމެއް ހިސޯރުކުރި ޤައުމެއްގެ ގޮތުގައި މިޤައުމުގެ ނަން ތާރީޙްގައި ލިޔެލާނެ ފުރުސަތެއްވެސް ދިވެހިންނަކަށް ނުލިބުނީހެވެ. އެއްމެ ގިނަ ސިޔާސީ މީހުން ޖަލަށްލުމާއި، އެއްމެ ބޭއިންސާފުން ހުކުންތައްކުރި ގައުމަކަށް ދޭ އެވޯރޑްވެސް ހޯދާނެ ފުރުސަތެއް އަހަރެމެންނަކަށް ނުލިބުނީހެވެ.

ތިޔަ ވިދާޅުވަނީ ހަމަ ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. ރައީސް ޔާމީން މިގައުމަށް އުފަންވެ ވަޑައިގެން ނުގެންނެވިނަމަ ރުކަށް އެރި މީހާގެ ނަދުރުހެން އިންތިޙާބް ތަކުގައި ވަޢުދުވެ ވަޑައިގެންނަވާނެ ވެރިޔަކު އަޅުގަނޑުމެންނަކަށް ނުލިބުނީހެވެ.

ކޮންމެއަކަސް ރަށުގެ އެކި މީހުންގެ ލިސްޓްގައި ހުރީ އެކި ވާހަކަތަކެވެ. އެކި މީހުން ފަށާފައި ހުރީ އެކި ހިސާބުންނެވެ. އަޅުގަނޑުކީ ލިސްޓް ނިންމާލައިފާ އޮތީ މިހެންނެވެ.

ދަންނަވަންތޯއެވެ. ފަލާހް ތިޔަ ދެއްކެވި ވާހަކަފުޅަށް ކުޑަ ތަންކޮޅެއް އިތުރު ކޮށްލެއްވިނަމަ އަދި ހާދަހާވާ ރަންގަޅޭ އެއީ ރައީސް ޔާމީން މިގައުމަށް އުފަންވެ ވަޑައިގަތުމަކީ ޗައިނާ މީހުންނަށްވެސް ބޮޑު ނަސީބެކެވެ. އެއީ ތިން ލައްކައެއްހާ މީހުންގެ ކުޑަ އާބާދީއެއް އޮންނަ މިގައުމުގެ ވެރިކަން އެމަނިކުފާނާ ހަވާލުކުރުމުން ބިލިއަނެއްހާ ރުފިޔާގެ ވައްކަން އެމަނިކުފާނުގެ ސަރުކާރުގައި ހިންގިއިރު ޗައިނާ ކަހަލަ ބިލިއަނުން އާބާދީ ގުނޭ ބޮޑު ޤައުމެއްގެ ވެރިޔަކަށް ވީނަމަ އެމަނިކުފާނުގެ ސަރުކާރުގައި ގެއްލޭނެ ފައިސާގެ އަދަދު ލަފާކޮށްލާނީވެސް ކިހިނަކުންތޯއެވެ.؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު