Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރިންސް ވިލިއަމް

ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

އިނގިރޭސި ޝާހީ އާއިލާއިން މި ޒިޔާރަތް ކުރެއްވީ ކުރިން އެންގުމަކާ ނުލާ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 20 ޖޫން 2017 | އަންގާރަ 02:54
ޕްެރިންސް ވިލިއަމް ގްރެންފެލް ވިކްޓިމް ފާތިމާ ޖެފްރީގެ ގައިގައި ބައްދާލައްވަނީ

ޕްެރިންސް ވިލިއަމް ގްރެންފެލް ވިކްޓިމް ފާތިމާ ޖެފްރީގެ ގައިގައި ބައްދާލައްވަނީ

ފަހުގެ ތާރީހުގައި އިނގެރޭސިވިލާތުގައި ހިގައިދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއަކީ، ގްރެންފެލް ޓަވަރު އަނދާ އަޅިއަށްވި ހާދިސާއެވެ. މި ބިރުވެރި ހާދިސާގައި މިހާތަނަށް 58 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވާއިރު، އެތަށް ބަޔަކު ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.

ހާދިސާގައި މަރުވެ ދިޔަ އަދި ގެއްލުނު ފަރާތްތަކުގެ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށް އިނގިރޭސި ޝާހީ އާއިލާގެ ފަރާތުން ސިދާ ރާނީ އެލިޒަބަތު 2 އަދި އެކަމަނާގެ މާމަ ދަރިކަލުން، އަދި ޕްރިންސަސް ޑަޔާނާގެ ދޮށީދަރިކަލުން ޕްރިންސް ވިލިއަމް ވަޑައިގެންނެވިއެވެ.

ހިތާމައިން ފޯވެފައިވާ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށް އިނގިރޭސި ޝާހީ އާއިލާއިން ޒިޔާރަތް ކުރެއްވީ ކުރިން އެންގުމަކާއި ނުލައެވެ. އަދި ޝާހީ އާއިލާގެ މި ޒިޔާރަތުގެ ސަބަބުން އެ އާއިލާތަކަށް ކުޑަ ނަމަވެސް އުފަލެއް ލިބިގެން ދިޔަ ކަމަށް އެ ފާރާތްތަކުން ބުނެއެވެ.

މަރުވެދިޔަ މީހުންނާއި ގެއްލުނު ފަރާތްތަކުގެ އާއިލާތަކާއި ޕްރިންސް ވިލިއަމް ބައްދަލުކުރައްވަމުން ގެންދެވިއިރު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

ގްރެންފެލް ޓަވަރުގެ ފްލެޓެއްގައި ތާށިވި ފިރިމީހާއަށް ވީގޮތެއް ނޭނގި އަދިވެސް ޚަބަރެއް ނުވާތީ ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައި ހުރި ފާތިމާ ޖެފްރީގެ ވާހަކަތައް އަޑުއައްސަވައި ޕްރިންސް ވިލިއަމްގެ ލޯފުޅު ކަރުނައިން ފުރުނެވެ. ސަލާމަކުން ނިންމަވާލެއްވީކީ ނޫނެވެ. އިނގިރޭސި ޝާހީ އާއިލާގެ ޕްރޮޓޮކޯލް މުގުރާލައްވައި، އެ އަންހެން މީހާ ގާތްކޮށްލައްވާ ބައްދަވާލައްވައި ފިރުމައިލެއްވިއެވެ. މިފަދަ ހައްސާސް ދަނޑިވަޅުގައި ހަމައެކަނި ސަލާމަކުން ނިންމަވާ ލެއްވުމުގެ ބަދަލުގައި އެއަށްވުރެ އެމީހުންގެ އާއިލާތަކާ އެކު މި ހިތާމައިގައި ބައިވެރިވެވަޑައިގަތުން މުހިއްމުކަމަށް ދެކިވަޑައިގަތީއެވެ.

މި މަންޒަރު ފޮޓޯ ނަގަމުން ދިޔަ މީޑިއާތަކަށް ވެސް ލިބުނީ ސިހުމެކެވެ. އަދި އާއްމުންގެ ލޯތަށް އެދިމާއަށް އަމާޒުވިއެވެ.

ޕްރިންސް ވިލިއަމްގެ މި ހަރަކާތާއެކު އެތަށް ބަޔަކު އެމަނިކުފާނު ސިފަކުރީ މަންމާފުޅު ފަދަ އޯގާތެރި ހިތްޕުޅެއްގެ ވެރިއެއް ގޮތުގައެވެ. އަދި ހިތްތިރި، އިންސާނިއްޔަތުކަން ހުރި ބޭފުޅެއްގެ ގޮތުގައެވެ.

"އަޅުގަނޑަކީ ކާކު. އަހަރުމެންގެ ރާނީއާއި، އަހަރެމެންގެ މުސްތަގުބަލްގެ ރަސްގެފާނު އައިސް އަހަރެމެންނާއި ބައްދަލުކޮށްފި. ތަސައްލީއެއް ލިބިއްޖެ،" މި ހާދިސާގައި ފިރިމީހާ ގެއްލިފައިވާ ފާތިމާ ޖެފްރީ ބުންޏެވެ.

މި މަންޒަރު ފެނުނު މީހުންނާއި، ފޮޓޯ ފެނުނު އެންމެން ވެސް ބުނަމުން ދިޔައީ މިއީ އެމީހުގެ މުސްތަގުބަލުގެ ރަސްގެފާނުގެ ފަރާތުން ފެންނަން އެދިގެންތިބި އޯގާތެރިކަން ކަމަށެވެ.

ދުނިޔޭގެ މަގްބޫލްކަމާއި ލޯބި ހޯއްދަވާފައިވާ ޕްރިންސް ވިލިއަމްގެ މަންމާފުޅު ޕްރިންސަސް ޑަޔާނާއަކީވެސް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ނަމޫނާ އަމީރާއެކެވެ. ޕްރިންސެސް ޑަޔާނާއަކީވެސް ހިތްތިރި ކަމުގެ މިސާލެކެވެ. އަދި އެކި ފަހަރުމަތިން ޝާހީ އުސޫލުތައް މުގުރާލެއްވިއެވެ. ހަނގުރާމަތަކުގައި އަނިޔާވެފައިވާ ފަރާތްތަކާއި، ތަފާތު ބަލިތައް ޖެހިފައިވާ މީހުންގެ ގައިގައި އަތްޕުޅު ބީއްސަވާ ހައްދަވާއިރު ދުވަހަކުވެސް އަންގިޖޯޑުކޮޅެއް ތުރުކުރައްވާފައެއް ނުވެއެވެ.

ޝާހީ އާއިލާގެ ޕްރޮޓޮކޯލްއާ ޚިލާފަށް ހާލުގައި ޖެހިފައިވާ ނިކަމެތި މީހުންނާއެކު އެކަމަނާ ވަގުތު ހޭދަކުރެއްވިއެވެ. ނަތީޖާއަކީ މުޅި އިނގިރޭސި ވިލާތުގެ ތާރީޚުގައި ވެސް އަމީރާއަކަށް ލިބިވަޑައިގެންފައި ނުވާވަރަށް ތާއީދާއި ލޯބި އެކަމަނާ ހޯއްދެވުމެވެ. އެކަމަނާ އަކީ ހަޤީޤަތުގައިވެސް ހިތްތަކުގެ އަމީރާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

ރާއްޖެ ގެނައި ފޭކް ޕްރިންސް ގޮތަށް، 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރަކީ ވެސް ސްކޭމް އެއްތޯ؟

29 ނޮވެމްބަރު 2025
"ޕްރިންސް އޮފް މަޑަގަސްކަރަ"!

"ޕްރިންސް އޮފް މަޑަގަސްކަރަ"!

07 މެއި 2025
ގާސިމްގެ ހަޔާތުނާމާގައި ސައުދީ ޕްރިންސް ޔާމީނަށް ފައިސާ ދިން ކަމަށް ބުނުން - ރައީސް ޔާމީންގެ ކޮމެންޓަކީ ކޮބާ؟

ގާސިމްގެ ހަޔާތުނާމާގައި ސައުދީ ޕްރިންސް ޔާމީނަށް ފައިސާ ދިން ކަމަށް ބުނުން - ރައީސް ޔާމީންގެ ކޮމެންޓަކީ ކޮބާ؟

13 ފެބުރުއަރީ 2025
"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

01 އޮކްޓޯބަރު 2022
ރޯޔަލް ވެޑިން: ތައްޔާރުތަ؟

ރޯޔަލް ވެޑިން: ތައްޔާރުތަ؟

19 މެއި 2018

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު