Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޮޑާނާއިން ކޮވިޑް-19 އަށް އުފައްދާ ވެކްސިން

ކޮވިޑް-19 ވެކްސިން: ރޭހުގެ އެންމެ ކުރީގައި އުޅޭ މޮޑާނާ އާއި ފައިޒަރ ވެކްސިންގެ ތަފާތަކީ ކޮބާ؟

އެމެރިކާގައި އަންނަ ހަފްތާގައި މޮޑާނާގެ ވެކްސިން ޖަހަން ފަށާނެކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2020 | ބުރާސްފަތި 22:17
ކޮވިޑް-19 ވެކްސިންގެ ސާމްޕަލްތަކެއް

ކޮވިޑް-19 ވެކްސިންގެ ސާމްޕަލްތަކެއް

ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން މިވަގުތު އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީ އަދި ގިނަބަޔަކަށް ޖަހަމުންދާ ހަމައެކަނި ވެކްސިނަކީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް ފަސް ގައުމަށްވުރެ ގިނަ ގައުމުން މިހާރު ވަނީ އެވެކްސިން އެމަރޖެންސީކޮށް އެގައުމުތަކުގައި ބޭނުންކުރުމުގެ ހުއްދަދީފައެވެ.

އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދޭނެ ދެ ވަނަ ވެކްސިނަކަށްވާނީ މޮޑާނާ ވެކްސިން ކަމަށްވުމަކީ ވަރަށް ކައިރިކަމެކެވެ. އެއީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މޮޑާނާ ވެކްސިނަށް ހުއްދަދިނުމުގެ އެންމެ ފަހު މަރުހަލާގައި އުޅޭތީއެވެ.

މޮޑާނާ އާއި ފައިޒަރ ގެ ވެކްސިންތަކަށް ބަލާއިރު ދެ ވެކްސިންގައިވެސް އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އަދި ވަރަށް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. އެންމެ މުހިންމު އެއް ތަފާތެއްގެ ގޮތުގައި ފާހަގަވާ ކަމަކީ މޮޑާނާ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެގޮތާއި އެކިތަންތަނަށް އުފުލުމުގައި އިންތިޒާމުތައް ހަމަޖައްސަންޖެހޭ ގޮތެވެ.

ފައިޒަރ އަކީ ފަރމަޝޫޓިކަލް އާއި ގުޅުންހުރި އެކި ދާއިރާތަކުގެ ހޯދުންތަކާއި އުފެއްދުންތައް އުފައްދާ ކުންފުންޏަކަށް ވީނަމަވެސް މޮޑާނާ އަކީ ބޮޑަށް އާރުއެންއޭގެ ހޯދުންތަކާއި އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ.

2010 ވަނަ އަހަރު ވުޖޫދުވެގެން އައި މޮޑާނާއިން އަދި މިހާތަނަށް އެމީހުންގެ އެއްވެސް ޕްރޮޑަކްޓެއް މާކެޓަށް ނެރެފައެއްނުވެއެވެ. އަދި މިހާތަނަށް އައިއިރު މޮޑާނާއިން އުފެއްދި ނުވަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ދީފައެއްވެސްނުވެއެވެ. މީގެއިތުރުން އެކުންފުނީގެ އެއްވެސް އުފެއްދުމެއްގެ ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލް އާ ހިސާބަށްވެސް ގޮސްފައެއްނުވެއެވެ.

ޗައިނާގެ ކަމާބެހޭ މާހިރުން ޖެނުއަރީ މަހު ކޮވިޑް-19 ގެ ވައިރަހުގެ ޖެނޮމިކް ސީކުޔެންސް ހާމަކުރިއިރު މޮޑާނާގެ ސައިންސްވެރިން ދިޔައީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ދިރާސާކުރާ ފަރާތްތަކާ ގުޅިގެން ކޮރޯނާވައިރަސްގެ ވައްތަރެއް ކަމުގައިވާ މަރސް އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޗައިނާއިން ވައިރަހުގެ ޖެނެޓިކްސް ހާމަކުރުމާއެކު މޮޑާނާއިން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިގަތެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝިއަސް ޑިޒީސް އާއި ގުޅިގެން މޮޑާނާއިން ވެކްސިން އުފެއްދުމުގެ މަސައްކަތްކުރިޔަށް ގެންދިޔައިރު ކްލިނިކަލް ޓްރެއަލްގެ އެންމެ ފަހު ސްޓޭޖްގެ ޓެސްޓްތައް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެދިނީ އެޑްވާންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ. އަދި ވެކްސިންގެ ޑޯޒްތައް ގިނަ އަދަދަކަށް އުފެއްދުމަށްވެސް އެޑްވާންސް ރިސަރޗް އޮތޯރިޓީން ވަނީ އެހީތެރިވެދީފައެވެ.

އެފްޑީއޭއިން މޮޑާނާ ވެކްސިންގެ ކްލިނިކަލް ޓްރެއަލް ކުރިޔަށް ގެންދިޔުމުގެ ހުއްދަދިނީ މަރޗް މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ކްލިނިކަލް ސްޓޭޖްގެ ޓްރެއަލް ތައް ފަށާފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. މޮޑާނާގެ ވެކްސިން އަކީ އެމެރިކާ ސަރުކާރުން ފަންޑު ކޮށްގެން ފޭސް ތިނެއްގެ ކްލިނިކަލް ޓްރެއަލް ކުރިޔަށް ގެންދިޔަ ފުރަތަމަ ވެކްސިންވެސްމެއެވެ.

މޮޑާނާއިން އެފްޑީއޭގައި ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވަނީ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

މޮޑާނާއިން ކޮވިޑް-19 އަށް ވެކްސިން އުފައްދަމުން ދިޔައިރު ކުރިޔަށްގެންދިޔަ ޓްރެއަލްތަކަށް ބަލާއިރު މިވެކްސިން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް ކޮވިޑް-19ގެ އެންމެ ހާލަތު ގޯސްވާ މީހުންނަށް ވެކްސިން މަސައްކަތްކުރަނީ ވަކި މިންވަރަކަށްކަން ވަނީ އެނގިފައެވެ.

ވެކްސިންގެ ކާމިޔާބު މިންވަރު އުޅެނީ 94.1 އިންސައްތައިގައެވެ. އެމިންވަރަށް މަސައްކަތްކުރަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ 14 ދުވަސްފަހުންކަމަށް އެފްޑީއޭއަށް އެކުންފުނިން ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގައިވެއެވެ.

މޮޑާނާ ވެކްސިން އެކި އުމުރުފުރާތަކަށާއި ދެ ޖިންސަށް އަދި އެކި ނަސްލުތަކަށް ކާމިޔާބުކަން ވަނީ އެނގިފައެވެ. އަދި ބޮޑެތި ސިއްހީ މައްސަލަތައް ހުންނަ މީހުންނަށާއި ކޮވިޑް-19ގެ އެންމެ ހައިރިސްކް މީހުންނަށްވެސް މިވެކްސިން ރަނގަޅުކަން ވަނީ ހާމަވެފައެވެ.

ފައިޒަރއެކޭ އެއްގޮތަށް މޮޑާނާ ވެކްސިންވެސް އުފައްދާފައިވަނީ ވައިރަސްގެ އެއް ބައި ބޭނުންކޮށްގެންނެވެ. އިންސާނާގެ ހަށިގަނޑަށް މިވެކްސިން ޖެހުމާއެކު މީހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައިދެއެވެ. އަދި ވެކްސިން ޖަހާފައިވާ މީހަކު ފަހުން ކޮވިޑް-19 އަށް ހުށަހެޅިއްޖެނަމަ އެންޓިބޮޑީސް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރެއެވެ.

މޮޑާނާ އާއި ފައިޒަރގެ ވެކްސިންގައި އެއްގޮތް ކަންތައްތަކެއް ހުރިނަމަވެސް ބޮޑެތި ތަފާތުތަކެއްވެސް އެބަހުއްޓެވެ. އެންމެ ބޮޑު ތަފާތަކީ މޮޑާނާ ވެކްސިން އަކީ ފައިޒަރ ވެކްސިނަށް ވުރެ ފަސޭހައިން ރައްކާކޮށްފައި ބެހެއްޓޭ އަދި އެއްތަނުން އަނެއްތަނަށް ގެންދެވޭ ވެކްސިނަކަށްވުމެވެ.

ކާމިޔާބުވެފައިވާ މިންވަރު:

މި ދެ ވެކްސިނަކީވެސް ކޮވިޑުން ދިފާއުކޮށްދިނުމުގައި 95 އިންސައްތަ ކާމިޔާބު ދެ ވެކްސިނެކެވެ.

ކޯލްޑް ސްޓޯރޭޖް:

ފައިޒަރގެ ވެކްސިނާއި ޚިލާފަށް މޮޑާނާގެ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް މާ ފިނިތަނެއް ބޭނުމެއްނުވެއެވެ.

ފައިޒަރ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނީ -75 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އެމެރިކާގައި ބޭނުންކުރާ އެހެން ވެކްސިންތަކަށްވުރެ 50 ޑިގްރީ ފިނިކަން އިތުރު ވެކްސިނެކެވެ. ފައިޒަރގެ ވެކްސިން ރެފްރިޖެރޭޓަރުގައި އެކްސްޕެއަރ ވުމުގެކުރިން ބެހެއްޓޭނީ ފަސް ދުވަސް ވަންދެންނެވެ.

މިއާ ޚިލާފަށް މޮޑާނާ ވެކްސިން -20 ޑިގްރީ ސެލްސިއަސްގައި ރައްކާކޮށްފައި ބެހެއްޓެއެވެ. އަދި އެކްސްޕެއަރ ވުމުގެ ކުރިން 30 ދުވަސްވަންދެން ރެފްރިޖެރޭޓަރުގައި ބެހެއްޓެއެވެ.

ވެކްސިންގެ ޑޯސޭޖް:

މޮޑާނާ ވެކްސިން ގައި ހިމެނެނީ 100 މައިކްރޯގްރާމްގެ ދެ ޑޯޒެވެ. މި ދެ ޑޯޒްގެ ދެމެދުގައި 28 ދުވަހުގެ މުއްދަތެއް ނަގައެވެ. މާނައަކީ އެއް ޑޯޒް ޖެހުމަށްފަހު އަނެއް ޑޯޒް ޖެހުމާ ހަމައަށް 28 ދުވަހުގެ މުއްދަތެއް ނަގާނެއެވެ.

މިއާ ޚިލާފަށް ފައިޒަރގެ ވެކްސިން އަކީ 30 މައިކްރޯގްރާމްގެ ދެ ޑޯޒެވެ. އަދި ފުރަތަމަ ޑޯޒް ޖެހުމަށްފަހު 21 ދުވަސްފަހުން ދެވަނަ ޑޯޒް ޖެހޭނެއެވެ.

ވެކްސިން ޖަހާ އުމުރުފުރާ:

މޮޑާނާގެ ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހޭނެއެވެ. ފައިޒަރގެ ވެކްސިން ޖެހޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

އެފްޑީއޭއިން ބުނާގޮތުގައި މޮޑާނާގެ ވެކްސިން ބޭނުންކުރުމަށް ރައްކާތެރިއެވެ. އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަނުދެވޭވަރުގެ ކަމެއް މޮޑާނާގެ ވެކްސިނުން ފާހަގަވެފައިނުވާކަމަށް އެފްޑީއޭއިން ބުނެއެވެ.

މިވެކްސިން ދިނުމަށް އެންމެ އާންމުކޮށް ވާކަންތައްތަކުގެ ތެރޭގައި ހިމެނެނީ ވެކްސިން ޖަހާތަނަށް ތަދުވުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، މަސްގަނޑަށް ތަދުވުމާއި، ހުޅުހުޅުގައި ރިއްސުމާއި ހީކެރުވުމެވެ. މީގެއިތުރުން ބައެއް ތަންތަން ދުޅަވުންވެސް އެއީ ވެކްސިން ޖެހުމަށްފަހު ބައެއް މީހުންނަށް ވެފައިހުރި ގޮތްތަކެވެ.

މޮޑާނާ ވެކްސިންގެ ޓްރެއަލްގައި ބައިވެރިވި 24 އަހަރުގެ ޒުވާނަކު ބުނެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒް ނެގުމަށްފަހު ހުން އައުމާއި ވަރުބަލިވުން އަދި ހީކެރުވުންފަދަ ކަންކަން ދިމާވިއެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު އެކަންކަން އެއްކޮށް ރަނގަޅުވިކަމަށް އޭނާ ވަނީ ސީއެންއެންއާ ވާހަކަދައްކަމުން ބުނެފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިވެކްސިން އިން 10-15 އިންސައްތައާ ދެމެދު ސައިޑް އެފެކްޓްސްތައް ފެންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާ ސަރުކާރުން އޮޅުވާލަން އުޅޭކަމަށް މަންގްޑޯއަށް ދަތުރުކުރި ނޫސްވެރިއަކު ބުނެފި!

މިޔަންމާ ސަރުކާރުން އޮޅުވާލަން އުޅޭކަމަށް މަންގްޑޯއަށް ދަތުރުކުރި ނޫސްވެރިއަކު ބުނެފި!

11 ސެޕްޓެމްބަރު 2017
 މަނީ ލޯންޑަރިންގ އިންޑެކްސްގެ ކުރީގައި އިރާނާއި އަފްޣާނިސްތާނު

މަނީ ލޯންޑަރިންގ އިންޑެކްސްގެ ކުރީގައި އިރާނާއި އަފްޣާނިސްތާނު

20 އޯގަސްޓު 2017
ސަރަހައްދީ އިމުގައި ޗައިނާ އިން ހަދަން އުޅޭ މަގެއްގެ މައްސަލައިގައި އިންޑިއާމ ބޫޓާން ރުޅި ގަދަވެއްޖެ

ސަރަހައްދީ އިމުގައި ޗައިނާ އިން ހަދަން އުޅޭ މަގެއްގެ މައްސަލައިގައި އިންޑިއާމ ބޫޓާން ރުޅި ގަދަވެއްޖެ

01 ޖުލައި 2017
ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު