Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު މައްސަލަ

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017 | އަންގާރަ 04:00

ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި ތުރުކީ އާއި ގަަތަރުގެ އަސްކަރިއްޔާ އިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހިންގާނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ޖޫން 2017 | އަންގާރަ 04:00
ގަތަރުގައި ހަަަރަކާތްތެރިވާ ތުރުކީގެ ސިފައިން 1000 އަށް އިތުރުވާނެ ކަމަށް ބެލެވޭ

ގަތަރުގައި ހަަަރަކާތްތެރިވާ ތުރުކީގެ ސިފައިން 1000 އަށް އިތުރުވާނެ ކަމަށް ބެލެވޭ

ތުރުކީގެ ސިފައިން ގަތަރަށް ވަނުމަށް ހުއްދަދީ އަދި މިހާރު އޮތް ފައުޖު ބޮޑު ކުރަން ގަތަރުން ފުރުސަތު ދިނުމަކީ "އަސްކަރީގޮތުން ކަންކަން ހަލަބޮލިކުރަން" އުޅޭ އުޅުމެއް ކަމަށް ބަހްރައިން އިން ތުހުމަތުކޮށްފިއެވެ.

ގަތަރުން ޓެރަރިޒަމަށް ހިއްވަރުދޭ ކަމަށް ބުނެ ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ގަލްފުގެ ހަ ގައުމުކުން ކަނޑާލާފައިވާއިރު ގަތަރުގެ މަގުތަކުގައި ތުރުކީގެ އަސްކަރިއްޔާ ހަރަކާތްތެރިވަމުންދާ ވީޑިއޯ އާންމުވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ވަނީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ.

ބަހްރައިންގެ ޚާރިޖީ ވަޒީރު ޝެއިޚް ހާލިދު ބިން އަހްމަދު އަލް-ހަލީފާ ވިދާޅުވީ ގަތަަރުން މިހާރު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ހަމައެކަނި މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެެވެ. އޭނާ ވިދާޅުވީ ގަތަރާ މެދު މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުމަކީ ސިޔާސީ އަދި ސަލާމަތްތެރިކަމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އެއީ އެއްވެސް ގޮތަކުން އަސްކަރީ ކަމަކާ ގުޅޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގަަތަރުން ބޭރު ގައުމެއްގެ އަސްކަރިއްޔާ އެގައުމުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ އަސްކަރީ ގޮތުން ކަންކަން ހަލަބޮލި ކުރުން ކަމަށާއި އަދި އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާ އާ ގަތަރު ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ގަލްފުގެ މައްސަލަ ފެންމަތިވުމުގެ ކުރިން ގަތަރުގައި ތުރުކީގެ 100 ވަރަަކަށް ސިފައިން ހަރަކާތްތެރިވަމުން ދިޔައިރު، މައްސަލަ ފެންމަތިވުމަށް ފަހު ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ގަތަރުގައި ހަރަކާތްތެރިވާ އެގައުމުގެ ސިފައިން އިތުރު ކުރުމަށް ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގަތަރުގައި ހަަަރަކާތްތެރިވާ ތުރުކީގެ ސިފައިންގެ އަަދަދު 1000 އަށް އިތުރުވާނެ ކަމަށް ބެލެވޭއިރު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތުރުކީ އާއި ގަަތަރުގެ އަސްކަރިއްޔާ އިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހިންގާނެއެވެ.

ގަތަރުން ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލާފައިވާއިރު އެގައުމުތަކަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ މެދު ކުރެވޭ އެންމެހާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.ސައުދީ، ޔޫއޭއީ ބަހްރައިން އިން އިން ވަނީ ގަތަރާ އޮންނަ ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ އިތުރަށް އެގައުމުތަކުގެ ވައި، ކަނޑު އަދި އެއްގަމު މަގުވެސް ގަަތަރަށް ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް