Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ސްޓޭޓް ތަކުގެ އިންތ

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

މިހާތަނަށް ގުނި ވޯޓްގެ ނަތީޖާ ދައްކާގޮތުން ބީޖޭޕީން އިންތިޚާބް ކާމިޔާބު ކުރާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 މާރިޗު 2017 | ހޮނިހިރު 12:02
ސަމަޖްވާދީ ޕާޓީއާ ބަހުޖާން ސަމަޖް ޕާޓީއާ ދެކޮޅަށް ބީޖޭޕީން ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައި

ސަމަޖްވާދީ ޕާޓީއާ ބަހުޖާން ސަމަޖް ޕާޓީއާ ދެކޮޅަށް ބީޖޭޕީން ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައި

ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމުގައި ހުންނެވުމަށް ނަގާ ފެންނަ ނުފެންނަވޯޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލަމުންދާ އިންޑިއާގެ ސްޓޭޓް އިންތިޚާބުގެ ވޯޓް ގުނުން ފަށައިފިއެވެ.

އިންތިޚާބުގައި އެންމެ ބޮޑަށް ނަޒަރު ހުއްޓިފައިވަނީ އެންމެ އާބާދީ ބޮޑު އަދި ސިޔާސީ ގޮތުން އެންމެ ހަރަކާތްތެރި އެއް ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝް އަށެވެ.

އެ ސްޓޭޓްގެ އެންމެ ވަރުގަދަ ޕާޓީތައް ކަމަށްވާ އެ ސްޓޭޓްގެ ވެރިކަން ހިންގާ ޕާޓީ، ސަމަޖްވާދީ ޕާޓީއާ ބަހުޖާން ސަމަޖް ޕާޓީއާ ދެކޮޅަށް ބީޖޭޕީން ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައެވެ.

މިހާތަނަށް ގުނި ވޯޓްގެ ނަތީޖާ ދައްކާގޮތުން ބީޖޭޕީން އިންތިޚާބް ކާމިޔާބު ކުރާނެއެވެ. ނަމަވެސް މީގެ ކުރިން މިއީ ގޯސް ނަތީޖާއެއްކަމަށްވެސް ދައްކާފައިވެއެވެ.

ބޮޑުވަޒީރު މޯދީ ވަނީ ޕާޓީއަށް ވަރުގަދަ ކެމްޕެއިނެއް ކޮށްދެއްވާފައެވެ. މޯދީ ވަނީ ކުރިއެރުމާއި ޒަމާނީ ގޮތްތައް ގެނެސްދެއްވައި ކޮރަޕްޝަން މުލުން ލުހެލަން ވައުދުވެ ވަޑައިގެންފައެވެ.

ފަގީރު އަދި ހިންދީ އެކި ސެކްޓް ތަކަށް ބެހިފައިވާ ސްޓޭޓްގައި މިއީ ވަރުގަދަ ވައުދުތަކެކެވެ. ނަމަވެސް އެ މަނިކުފާނުގެ ކުލަގަދަ ގައުމީ އަދި ހިންދޫ ވިސްނުން އެންމެނަކަށް ކަމަކު ނުދެއެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރެއްވި މަސައްކަތުގައި ބޮޑެތި އަދަދުތަކުގެ ނޫޓް އުވާލުން ވެގެން ގޮސްފައިވަނީ އިތުރު ދަތިކަމެއް ކުރުވި ކަމަކަށެވެ.

އުއްތަރު ޕްރަދޭޝްގެ އިތުރުން އުތުރުގެ ސިޓީއެއްކަމަށްވާ ޕަންޖާބާއި އުއްތަރުޚާންދު އަދި ހުޅަނގުގެ ސްޓޭޓެއްކަމަށްވާ ގޯއާ އަދި އިރުއުތުރުގެ މަނިޕޫރުގައިވެސް ނަތީޖާ އިއުލާނު ކުރާނެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު