Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

މިޔަންމާ ސަރުކާރުން އޮޅުވާލަން އުޅޭކަމަށް މަންގްޑޯއަށް ދަތުރުކުރި ނޫސްވެރިއަކު ބުނެފި!

ބީބީސީގެ ދެކުނު އޭޝިއާގެ ކޮރެސްޕޮންޑެންޓް ޖޮނަތަން މާކް ހެޑް ބުނި ގޮތުގައި މުސްލިމުންނޭ ކިޔައިގެން އެމީހުންނަށްވަނީ "ފޭކް" ފޮޓޯތަކެއް ދީފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 11 ސެޕްޓެމްބަރު 2017 | ހޯމަ 03:41
މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯކަމަށް ބުނެ ނޫސްވެރިންނަށް ދީފައިވާ ފޮޓޯތައް

މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯކަމަށް ބުނެ ނޫސްވެރިންނަށް ދީފައިވާ ފޮޓޯތައް

ރަޚައިން ސްޓޭޓްގައި ކުރިއަށްދާ ކަންތައްތައް އޮޅުވާލުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަންގޑޯ ސަރަަހައްދަށް ދިއުމުގެ ފުރުސަތު ލިބުނު މަދު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ބީބީސީގެ ދެކުނު އޭޝިއާގެ ކޮރެސްޕޮންޑެންޓް، ޖޮނަތަން މާކް ހެޑް ބުނެފި އެވެ.

ފޭސްބުކް ޕޭޖް މެދުވެރިކޮށް ޖޮނަތަން ބުނި ގޮތުގައި މަންގޑޯއަށް ދަތުރު ކުރި ނޫސްވެރިންނަށް ވަނީ "މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯތަކެއް ދީފަ"އެވެ. އެއީ އެމީހުންނަށް އެތަނަށް ދިއުމުން ދީފައިވާ ފޮޓޯތަކެއްކަން ޖޮނަތަން ފާހަގަ ކުރިއެވެ.

މީގެ ކުރިންވެސް މިޔަންމާ ސަރުކާރުން ބުނަމުންދަނީ ގެތައް ރޯކޮށް ހަދަނީ ރޮހިންޖާ މުސްލިމުންކަމަށެވެ.

އޭނާ ބުނީ މުސްލިމުން ދެމުންދާކަމަށް ބުނާ ހަމަލާތަކާ ގުޅިގެން ހިންދޫ ދީނުގެ ބަޔަކާ އިންޓަވިއު ކުރުމަށް މިޔަންމާ ސަރުކާރުން 6 ސެޕްޓެމްބަރގައި ފުރުސަތު ދިންކަމަށެވެ. އަދި އެމީހުންގެ ތެރޭގައި މުސްލިމުން ގޮތަށް ހެދުން އަޅައިގެން ގެ ރޯ ކުރާ ފޮޓޯތަކުގައި ފެންނަ ދެމީހުން ހިމެނޭކަމަށް ޖޮނަތަން ފާހަގަކުރިއެވެ.

ޖޮނަތަން ބުނަނީ ހަގީގަތުގައި ފޮޓޯއަށް ރަނގަޅަށް ބަލާލިއަސް އެއީ "ފޭކް" އެއްޗެއްކަން އެނގޭ ކަމަށާއި، އެ މީހުން ތިބީ ބޮލުގައި މޭޒުމަތީ އަޅާ ފޮތިގަނޑު އަޅައިގެން ކަމަށެވެ.

25 އޮގަސްޓުން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހަމަނުޖެހުންތައް ގިނަވެ، 300،000 އަށް ވުރެ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފައެވެ. އަދި ސަރުކާރުން ދަނީ އިންސާނީ އެހީ ފޯރުކޯށްދޭ ޖަމިއްޔާތަކަށް ހުރަސް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު