Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަނީ ލޯންޑަރިންގ އިންޑެކްސް

މަނީ ލޯންޑަރިންގ އިންޑެކްސްގެ ކުރީގައި އިރާނާއި އަފްޣާނިސްތާނު

ރިޕޯޓްގައި 146 ގައުމު ރޭންކް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ކުރާކަމުގެ ބިރު އޮތް މިންވަރުގެ މައްޗަށް ބަލައިގެން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 02:57
މި ލިސްޓުގައި އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ފިންލޭންޑް ހިމެނިފައިވާއިރު އޭގެ ފަހަތުން އުޅެނީ ލިތުއޭނިއާ،އެސްޓޯނިއާ

މި ލިސްޓުގައި އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ފިންލޭންޑް ހިމެނިފައިވާއިރު އޭގެ ފަހަތުން އުޅެނީ ލިތުއޭނިއާ،އެސްޓޯނިއާ

މަނީ ލޯންޑަރިންގ އާއި ޓެރެރިޒަމަށް ފައިސާ ޚަރަދުކުރުމުގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ކުރީގައި އުޅެނީ އިރާނާއި އަފްޣާނިސްތާނާއި ގިނީ-ބިސާއު ކަމަށް ސްވިޒަލޭންޑްގެ ގްރޫޕަކުން ހެދި ދިރާސާއާއެއްގައި ބުނެފިއެވެ.

ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބޭސްލް އިންސްޓިޓިއުޓް އޮފް ގަވަރނަންސް އިން މި މައުލޫމާތު ހާމަކޮށްފައިވަނީ ހުކުރު ދުވަހު އެ ގްރޫޕުން އާންމުކުރި އެންޓި މަނީ ލޯންޑަރިންގ އިންޑެކްސްގައެވެ. އެ ރިޕޯޓްގައި 146 ގައުމު ރޭންކް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ކުރާކަމުގެ ބިރު އޮތް މިންވަރުގެ މައްޗަށް ބަލައިގެންނެވެ.

މި ރިޕޯޓަށް މައުލޫމާތު ނަގަނީ އާއްމުކޮށްފައި ހުން މައުލޫމާތުތަކުންނެވެ.

އިތުބާރުހުރި ފުރިހަމަ ތަފާސް ހިސާބު ލިބެން ނެތްނަމަ އޭއެމްއެލް އިންޑެކްސްގައި އެ ގައުމެއްގައި މަނީ ލޯންޑަރިންގ ހިންގާ މިންވަރެއް ނުވަތަ ވަގު ފައިސާ ގެންގުޅޭ މިންވަރެއް މިން ނުކުރެއެވެ. ނަމަވެސް ޓެރެރިޒަމަށް ފައިސާ ޚަރަދު ކުރުމާއި މަނީ ލޯންޑަރިންގެ ބިރު އޮތް މިންވަރު ވަޒަންކުރެއެވެ.

އެންމެ ފަހުގެ މި އިންޑެކްސްގައި އެންމެ ހާލަތު ގޯސްކޮށް އުޅެނީ ސަބްސަހާރަން އެފްރިކާއެވެ. މަނީ ލޯންޑަރިންގ ރިސްކް އެންމެ ބޮޑު 10 ގައުމުގެ ތެރޭގައި އެ ސަރަހައްދުގެ 5 ގައުމު ހިމެނެއެވެ.

ގަލްފް ސަރަހައްދަށް ބަލާއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އޮތީ 72 ވަނައިގައެވެ.ބަހްރެއިން 81 ވަނައިގައި އޮތްއިރު ކުވެއިތު އޮތީ 90 ވަނައިގައެވެ. އަދި ސައުދީ އަރަބިއްޔާ އޮތީ 93ވަނައިގައެވެ.

އެ ސަރަހައްދަށްބަލާއިރު އެންމެ އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ފާހަގަ ވަނީ ގަތަރެވެ.އެ ގައުމު އޮތީ 107 ވަނައިގައެވެ.

ކޮންމެ އަހަރަކު އާއްމުކުރަމުންދާ މި އިންޑެކްސްގެ ހަވަނަ އަހަރަށް އައިއިރު މި އިންޑެކްސްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ސޫދާނާއި ޓައިވާނެވެ.

މި ލިސްޓުގައި އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި ފިންލޭންޑް ހިމެނިފައިވާއިރު އޭގެ ފަހަތުން އުޅެނީ ލިތުއޭނިއާ،އެސްޓޯނިއާ އަދި ބަލްގޭރިއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމާމެދު އަންގާރަ ދުވަހު ގޮތެއް ނިންމަނީ

އެމެރިކާއިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމާމެދު އަންގާރަ ދުވަހު ގޮތެއް ނިންމަނީ

08 މެއި 2018
މުހައްމަދު ބިން ސަލްމާން ޕެރިހަށް ވަޑައިގަންނަވާއިރު އެޖެންޑާގެ ކުރީގައި އީރާން، ޤަތަރު މައްސަލަ

މުހައްމަދު ބިން ސަލްމާން ޕެރިހަށް ވަޑައިގަންނަވާއިރު އެޖެންޑާގެ ކުރީގައި އީރާން، ޤަތަރު މައްސަލަ

08 އެޕްރީލު 2018
ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

ޖަރމަނީގެ މުސްލުމުންނާއި ދެކޮޅު ޕާޓީގެ އިސް ބޭފުޅަކު އިސްލާމްވެ، ޕާޓީ ދޫކުރައްވައިފި

25 ޖެނުއަރީ 2018
މަނީ ލައުންޑަރިންގ މައްސަލައިގައި ފެއިލްވެއްޖެ ކަމަށް ކޮމަންވެލްތު ބޭންކުން އިއުތިރާފްވެއްޖެ

މަނީ ލައުންޑަރިންގ މައްސަލައިގައި ފެއިލްވެއްޖެ ކަމަށް ކޮމަންވެލްތު ބޭންކުން އިއުތިރާފްވެއްޖެ

14 ޑިސެމްބަރު 2017
​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ

​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ

12 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު