Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

ދެކޮރެއާ މައްސަލަ މިފަހުން ހަލަބޮލި ނުވާހާ މިންވަރަށް މިހާރު ވަނީ ހަލަބޮލިވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 5 މެއި 2017 | ހުކުރު 15:23
އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން

އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން ވެގެން އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލަން އުޅޭ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.

އުތުރު ކޮރެއާގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ދައުލަތުގެ މީޑިއާ އިން ބުނީ އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އާއި ދެކުނު ކޮރެއާގެ އިންޓެލިޖެންސް އެޖެންސީ މެދުވެރިވެ، އެފަރާތްތަކުން މަދަދުވެރިވެގެން ޓެރަރިސްޓް ޖަމާއަތަކުން އުތުރު ކޮރެއާގައި ހަރަކާތްތެރިވާ ކަމަށެވެ. އެ ޓެރަރިސްޓް ޖަމާއަތުން އުތުރު ކޮރެއާގައި ހަރަކާތްތެރި ވަނީ ބަޔޯ-ކެމިކަލް މާއްދާއެއް ބޭނުންކޮށްގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހާރަކޮށްލުމަށް ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެއެވެ.

އުތުރު ކޮރެއާއިން ކުއްލި ގޮތަކަށް އެމެރިކާ އާއި ދެކުނު ކޮރެއާ އަށް ތުހުމަތު ކުރި ކަންކަމާ ގުޅިގެން، އުތުރު ކޮރެއާ އިން ބުނީ "އެންޓި ޓެރަރިސްޓް އެޓޭކް" ނުވަތަ ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް ކުރާ މަސައްކަތް "މިހާރުން މިހާރަށް" ފަށާނެ ކަމަށެވެ.

ދެކޮރެއާގެ މަޝްރަހު ވަރަށް ހަލަބޮލިވެފައިވާއިރު ބުދަދުވަހު ޗައިނާއިން ބުނީ، ދެކޮރެއާ މައްސަލައިގައި ޝާމިލުވާ އެއްވެސް ގައުމަކުން، އެއް ބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށެވެ.".

ޗައިނާ އިން މިހެން ގޮވާލިއިރު އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ބުނެފައި ވަނީ ދެކޮރެއާ ސަރަހައްދު އެމެރިކާ އިން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭ ކަމަށެވެ.

ދެކޮރެއާ މައްސަލައާ ބެހޭ ގޮތުން ދާދިފަހުން އެމެެރިކާ އިން ޗައިނާ އަށް ގޮވާލާފައި ވަނީ އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް ޗައިނާ އިން އުތުރު ކޮރެއާ އަށް ބާރު އެޅުމަށެވެ. ޗައިނާއަކީ އުތުރު ކޮރެއާ ގެ އެންމެ ބާރުގަދަ ރަހްމަތްތެރިޔާއެވެ.

ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު