Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިޔާ ހަނގުރާމަ

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

އަސަދު ވިދާޅުވީ 2013 ވަނަ އަހަރު ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ދޫކޮށްލައިފި ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 08:37
އަސަދު ވިދާޅުވީ އެ ހާދިސާއަކީ ޑްރާމާއެއް ކަމަށް

އަސަދު ވިދާޅުވީ އެ ހާދިސާއަކީ ޑްރާމާއެއް ކަމަށް

ސީރިޔާގައި ސަރުކާރުގެ ފައުޖުތަކުން ކެމިކަލް ހަމަލާއެއް ދިން ކަމަށްބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ރައީސް ބަޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

އޭޖެންސް ފްރާންސް ޕްރެސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަސަދު ވިދާޅުވީ " އެއްވެސް ހަމަލާއެއް ދިނުމަށް އަމުރުކޮށްފައި ނުވާނެ" ކަމަށެވެ.

ހަނގުމަވެރިންގެ ބާރުގެ ދަށުގައި އޮތް އިދްލިބްގެ ޚާން ޝެއިޚޫންގައި އޭޕްރީމް މަހުގެ 4 ވަނަ ދުވަހު ދިން ހަމަލާގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ނާވް އެޖެންޓްގެ ސަބަބުން ވާފަދަ އުނދަގޫތައް ތަހައްމަލް ކޮށްފައެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުގައި ހަނގުރާމަމަތީ ބޯޓުތަކުން އެ ޓައުނަށް ހަމަލާދިން މަންޒަރު ފެނުނެވެ. ނަމަވެސް ރަޝިއާއިން ބުނަނީ އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަނަކަށް ހަމަލާއެއް އެރީ ކަމަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ބައިވަރު ކުޑަކުދިންނާއި މީހުން ތުރުތުއަޅައި އަނގައިން ފޮނު ނުކުމެފައިވެއެވެ. ހަމަލާގެ އަސަރުކުރި މީހުން ތުރުކީގެ ސަރަހައްދީ ރޮނގުކައިރީގެ ހޮސްޕިޓަލްތަކަށް ގެންދެވުނުއިރު، އަސަދުގެ ސަރުކާރާ ދެކޮޅު އެ ގައުމުން ބުނަމުންދަނީ ނާވް އޭޖެންޓް ބޭނުންކޮށްފައިވާކަމުގެ ސާބިތު ހެކިތައް އެބަ ހުރި ކަމަށެވެ.

އޯގަނައިޒޭޝަން ފޯ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ބުރާސްފަތި ދުވަހު ބުނީ ކެމިކަލް ހަމަލާއެއް ކަމަށް ކުރާ ތުހުމަތަކި ސައްހަ ތުހުމަތެއްކަން ފުރަތަމަ ހޯދުނު ހެކިތަކުން ވެސް ސާބިތުވާ ކަމަށެވެ.

އަސަދު ތުހުމަތު ކުރައްވާ ގޮތުގައި ޚާން ޝެއިޚޫންގައި ދިން ހަމަލާއަކީ ޝައިރަތު އެއާބޭސްއަށް މިސައިލް ހަމަލާދިނުމަށް ހުޅަނގުން ދެއްކި ބަހަނާއެކެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ދިން ކެމިކަލް ހަމަލާގެ ބަދަލުގައި ހަވަނަ ދުވަހު އެމެރިކާއިންވަނީ އެ ހަމަލާދިނުމަށް ބޭނުންކުރި ވައިގެ މަރުކަޒަށް 59 މިސައިލް ހަމަލާ ފޮނުވާލާފައެވެ.

ކެމިކަލް ހަމަލާކަމަށް ބެލެވޭ ހަމަލާގައި އަސަރުކުރި މީހުންގެ ވީޑިއޯތަކަށް އިޝާރާތް ކުރައްވާ އަސަދު ވިދާޅުވީ އެއީ ޕްރޮޕަގަންޑާ ކަމަށެވެ. އަދި އެ ވީޑިއޯގެ ސައްހަ ކަމާމެދު އަސަދު ސުވާލު އުފެއްދެވިއެވެ.

އަސަދު ވިދާޅުވީ އެ ހާދިސާއަކީ ޑްރާމާއެއް ކަމަށާއި އޭގެ ފުރަތަމަ ބަޔަކީ ކެމިކަލް ހަމަލާ ކަމަށް ބުނާ ހަމަލާ ކަމަށާއި ދެވަނަ ބަޔަކީ އެގައުމަށް ދިން އަސްކަރީ ހަމަލާ ކަމަށެވެ.

އަސަދު ވަނީ 2013 ވަނަ އަހަރު ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ދޫކޮށްލައިފި ކަމަށާއި "އަދި ހުރި ނަމަވެސް ބޭނުން ނުކުރާނެ" ކަމަށެވެ.

ސީރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން 2013 ވަނަ އަހަރުން ފެށިގެން ކެމިކަލް ހަތިޔާރު ބޭނުން ކުރާ ކަމުގެ ތުހުމަތުތައް އަންނަނީ ކުރެވެމުންނެވެ.

ތުރުކީ އަދި އިނގިރޭސިވިލާތުން ބުނާގޮތުގައި ޓެސްޓްތަކުން ދައްކާގޮތުގައި ޚާން ޝެއިޚޫންގައި ދިން ހަމަލާގައި ސެރިން ނުވަތަ ސެރިން ފަދަ ބާވަތެއް އެކުލެވޭ މާއްދާއެއް ވަނީ ބޭނުންކޮށްފައެވެ.

މަނާކުރެވިފައިވާ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދެމުންދާކަމުގެ ތުހުމަތު ކުރެވިފައި ވީ ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން މިހާ ފުޅާދާއިރާއެއްގައި ކެމިކަލް ހަތިޔާރު ބޭނުންކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު