Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ އިދާރާގައި މައިންގެ ކޮޓަރިއެއް ހުޅުވުން

މަޖިލީހުގެ އިދާރާގައި "މައިންގެ ކޮޓަރި އެއް" ހުޅުވައިފި

އެކޮޓަރީގައި ކުދިންނަށް ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޮކްޓޯބަރު 2020 | ހޯމަ 16:23
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވާފައިވާ މައިންގެ ކޮޓަރި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުޅުވާފައިވާ މައިންގެ ކޮޓަރި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސާ "މައިންގެ ކޮޓަރި" ނަމުގައި މަޖިލީހުގެ އިދާރާގައި ކޮޓަރިއެއް ބޭނުން ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކޮޓަރީގައި ކުދިންނަށް ތިބެވޭނެ ކަމަށެވެ. އަދި ކުޑަކޮށް އެކުދިންނަށް އެކޮޓަރީގައި ކުޅެލާ ހަދާލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މައިންގެ ކޮޓެރިއެއް ހުޅުވި ނަމަވެސް ކުޑަކުދިން ބެލެހެއްޓުން އެންމެ ރަނގަޅު ވާނީ އާއިލީ މީހެއް ކަމަށެވެ. އަދި ކުދިން ބެލެހެއްޓުމަަށް އެންމެ ރަނގަޅުވާނީ ކުދިންގެ މަންމަ އާއި ބައްޕަ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މަޖިލީހުގެ އަންހެން މެމްބަރަކު އާލާސްވެ އިންނެވުމާއި ގުޅިގެން ގޮނޑިތައް ޖަހާފައި ހުރި ގޮތުން ހަނި ދޭތެރެތަކުން ވަޑައިގެން އިށީންދެ ވަޑައިގަތުމަށް ދަތިފުޅުވެގެން އަމީން އާންމު އަރިހުގައި އިށީންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާފައިވާތީ އެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޒަމާނުއްސުރެވެސް މަޖިލީހުގައި ގޮނޑި ޖަހާ ވަކި ގަވާއިދެއް ނޯންނަ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ހަތަރު އަންހެން މެމްބަރުންނެވެ. އެއީ އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު