Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

މަޝްވަރާތަކުގެ މައުލޫމާތު ހިއްސާކުރައްވަނީ ރައީސް ނަޝީދު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2017 | ބުދަ 16:53
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ:އާކައިވް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ:އާކައިވް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރި ވަޑައިގަންނަވައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކުރިއަށް ގެންދަވާ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ބޭއްވި ބައްދަލުވުމެކެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް، އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން ލަންކާގައި ބާއްވާފައި ވަނީ ޕާޓީގެ އެޑްވައިޒަރީ ކޮމެޓީގެ މެންބަރުންނާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ފަހުގައި ކަމަށެވެ. އެ ބައްދަލުވުންތަކުގައި ދިވެހި ރާއްޖޭގެ ސިޔާސީ މަޝްވަރާ ގުޅޭ ގޮތުން، އަދި ވަކިން ހާއްސަކޮށް ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ޕާޓީގެ އެޑްވައިޒަރީ ކޮމެޓީގެ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ބުދަ ދުވަހު ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޑްވައިޒަރީ ކޮމެޓީއާ އެކު ރައިސް ނަޝީދު މަޝްވަރާ ކުރެއްވި ކަންކަން ގައުމީ މަޖިލީހުގެ މެންބަރުންނަން ހިއްސާ ކުރައްވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ގައުމީ މަޖިލީހުގައި މަޝްވަރާތަކަށް ފަހު އެޕާޓީން ކަމެށް ފާސްކުރިކަމެއް މީޑީއާއަށް ހިއްސާކޮށްފައެއް ނުވެއެވެ. އަދި މަޝްވަރާތަކާ ބެހޭ ގޮތުން ވެސް މީޑިއާ އަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގައި ކުރިއަށްގެންދިޔަ ގައުމީ މަޖިލީސް ބައްދަލުވުމުގައި ނަގާފައިވާ ބައެއް ފޮޓޯތައް ގައުމީ މަޖިލީސް މެންބަރުން ވަނީ ޓްވީޓް ކޮށްފައެވެ. އެފޮޓޯތަކަށް ބަލާއިރު ގައުމީ މަޖިލީހުގެ މެންބަރުންނާއި މުޙާތަބްކޮށް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ރައީސް ނަޝީދާ ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށް، މަޝްވަރާކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާ ގުޅޭ ގޮތުން އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާ އެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މަޝްވަރާ ބައްދަލުވުންތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިސް ޔުނައިޓެޑް އޮޕޮޒިޝަންގެ (އެމްޔޫއޯ)ގެ ހިޔަނި ކެބިނެޓާއި ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ފަހުގައެވެ. އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހު (މާދަމާ) 10:00 އިން 12:00 ލަންކާގައެވެ. މި ބައްދަލުވުމުގައި ބައިވެރި ވަޑައިގަތުމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ގިނަ މެންބަރުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް، ރައީސް ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުނާއި ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުކުރެއްވުން އޮންނާނީ ފެބްރުއަރީ 2 ގައި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

މި ސަރުކާރުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު