Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ-ޕީޕީއެމް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

ވަޒީފާގެ ބިރުދައްކާ މައްސަލަ ކަމާއިބެހޭ އިދާރާތަކަށްވެސް ހުށައެޅިން، މައްސަލައެއް ނުބެލި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 ފެބުރުއަރީ 2017 | އަންގާރަ 04:50
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަނަސް ބައިވެރިވެވަޑައިގެން

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަނަސް ބައިވެރިވެވަޑައިގެން

ވެރިކަންކުރާ ޕީޕީއެމްއިން އެންމެ މެމްބަރުން ގިނަ ޕާޓިގެ ލަޤަބް ހޯދީ ގަދައަޅައި މަސައްކަތްތަކެއް ކޮށްގެން ނޫން ކަމަށާއި، އެ ލަޤަބް ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ކަމަށް އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަންސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަކީ މެމްބަރުން އެންމެ ގިނަ ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ހަގީގަތުގައި މެމްބަރުން އެންމެ ގިނަ ޕާޓީއަކީ އަދުވެސް އެމްޑީޕީ ކަމަށެވެ. ނަމަވެސް ޤާނޫނުތައް ބޭނުންވާ ގޮތްގޮތަށް ފަރުމާކޮށް، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޤާނޫނުތައް ހަދަނީ ޕީޕީއެމްއިން ބޭނުންވާ ގޮތަކަށެވެ.

Advertisement - newsAdvertisement

އަނަސް ވިދާޅުވީ، އެންމެ މެމްބަރުން ގިނަ ޕާޓީއަށްވުމަށް ޕީޕީއެމްއިން މާ ގިނަ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އެފަދަ މަސައްކަތްތަކެއް ފެންނަންވެސް ނެތްކަމަށް އަނަސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ، ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅި އިސްލާހުތަކެއް ނޫން، ތަފާތު އެކިއެކި ޤާނޫނުތަކަށްވެސް އެ ބޭފުޅުން ބޭނުންވާ ސިޔާސީ މަންފާ ހޯދުމަށްޓަކައި އެކިއެކި ބަދަލުތައް ގެންނަވައިގެން ދައްކުވަން ބޭނުންވަނީ އެ ބެފުޅުންގެ ތާއީދުބޮޑުކަމަށް" އަނަސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، ޕީޕީއެމްއަށް މަޖުބޫރުން މެމްބަރުން ވައްދުވާ މައްސަލަ ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ހުށައެޅި ކަމަށެވެ. އެގޮތުން ލޭބަރ ރިލޭޝަން އެތޯރިޓީ އާއި އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށައެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިދާރާތަކުން މައްސަލަ ބަލާފައިނުވަނީ އެ އިދާރާތަކުގެ ތެރޭގައިވެސް ބިރުވެރިކަން އޮތް މިންވަރުގެ ސަބަބުން ކަމަށް އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލޭބަރ ރިލޭޝަން އެތޯރިޓީއަށް މައްސަލަ ހުށައެޅުމުން އެ މައްސަލަ އެމްޑީޕީއަށް ހުށަނޭޅެނެ ކަމަށް އެނގިކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދީފައިވާ ޖަވާބަކީ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާކަންކަމަށް އަނަސް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ބުނީ ކަމާއިބެހޭ އިދާރާތަކަށް ހުށައަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް. އިލެކްޝަންސް ކޮމިޝަނަކުންވެސް ގަބޫލެއް ނުކުރޭ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިނގާ ޕާޓީއަކަށް މަޖިބޫރުން މީހުން ވައްދާ މައްސަލަ ބަލަންޖެހޭ ކަމަކަށް" އަނަސް ވިދަޅުވި އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު