Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ކޮމެޓިން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެމްބަރުންގެ އިއްތިފާގުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ފެބުރުއަރީ 2017 | ހޮނިހިރު 20:38
އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ސަރުކާރުން ރައްޔިތުންގެ މަޖީލީހުގެ ރުހުން ހޯދުމަށް ހުށަހެޅި މައްސަލައަށް ކޮމެޓީން ރުހުންދީފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށް، ރަށްރަށަށް ސާފު ބޯފެން ލިބުން ދަތިވާ ހާލަތްތަކުގައި، މި ނިޒާމުގެ ދަށުން އެ ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރާ މަސައްކަތެއްގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ރައީސް އަބްދުﷲ ޔާމީން ވަނީ ހަމަޖައްސަވާފަ އެވެ.

Advertisement - newsAdvertisement

ސަރުކާރުން އެގެންނެވި ބަދަލަކީ އެންމެ ރަނގަޅު ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީން ނިންމާފައިވާ މި ރިޕޯޓް މިހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެޓީން އެގޮތަށް ފާސްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެނިންމުން ބަދަލު ކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ކޮމެޓީތަކުން ނިންމާ ނިންމުންތަކަށް މަޖިލީހުގެ ޖަލްސާގައި ވޯޓަށްއަހާނެ އެވެ.

މީގެކުރިން ރަށްރަށުގައި ސާފު ބޯފެނުގެ ނިޒާމުގެ މަސައްކަތް ގާއިމު ކުރަމުން ގެންދިޔައީ އެންވަޔަރަމަންޓް މިނިސްޓްރީންނާއި މާލޭ މޯޓަރ އެންޑް ސްވަރޭޖް ކޮމެޕެނީ (އެމްޑަބްލިއުއެސްސީ)އިންނާއި ފެނަކަ ކޯޕަރޭޝަންނުން ނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު