Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަން

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

މި ރިޒޯޓުގައި ހިމެނޭ 3 ރެސްޓޯރަންޓުގެ ތެރެއިން އެއް ރެސްޓޯރަންޓަކީ ކަނޑުއަޑީގައި ބިނާ ކުރެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 03:55
ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓް

ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރެންޓް

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ތަރައްގީކުރި ޅ. ހުރަވަޅި އައިލެންޑް ރިސޯޓް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުވައިދެއްވައިފި އެވެ.

ހުރަވަޅި އައިލެންޑް ރިޒޯޓަކީ ޗަމްޕާލާސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބިނާކޮށް އަދި ހިންގަމުންދާ، ހަމައެކަނި ބޮޑެތި މީހުންނަށް ޚާއްޞަކޮށް ހެދިފައިވާ، 40 މިލިއަން ޑޮލަރުގެ ރިޒޯޓެކެވެ. 400 މީޓަރު ފުޅާ އަދި 165 މީޓަރު ދިގު، ފަސް ތަރީގެ މި ރިޒޯޓަކީ 180 އެނދުގެ ރިޒޯޓެކެވެ. 90 ކޮޓަރިއާ 3 ރެސްޓޯރަންޓު ހިމެނޭ މި ރިޒޯޓު ނިންމާފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ. މި ރިޒޯޓުގައި ހިމެނޭ 3 ރެސްޓޯރަންޓުގެ ތެރެއިން އެއް ރެސްޓޯރަންޓަކީ ކަނޑުއަޑީގައި ބިނާ ކުރެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ހުރަވަޅި ރިސޯޓްގައި ތަރައްގީ ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް "5.8 އަންޑަސީ" ހުޅުއްވައިދެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. މި ރެސްޓޯރަންޓަކީ 74 ފޫޓުގެ ދިގުމިންހުރި ރެސްޓޯރަންޓެކެވެ.

ހަފްލާގައި ވާހަކަދައްކަވަމުން ރިސޯޓްގެ ވެރިޔާ އުއްޗު ވިދާޅުވީ އޭނާގެ އާއިލާ ރިސޯޓް ޗޭނުގެ ރިސޯޓް ރަށް ކޮންރަނޑް ރަންގަލީގައި ކަނޑުއަޑީގެ "އިތާ" ރެސްޓޯރެންްޓް ހުރުމާއެކު އޭނާ ހުރަވަޅި ތަރައްގީ ކުރަން ފެށި ހިސާބުން ފެށިގެން ކަނޑު އަޑީގައި "އިތާ" އަށްވުރެ ބޮޑު، ރެސްޓޯރެންޓެއް ހަދަން ޝައުގުވެރިވަޑައިގެން އެކަން ކުރައްވަން ނިންމެވި ކަމަށެވެ.

ހުރަވަޅި އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްތަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހައިރާންކުރުވަނިވި ތަރައްގީއެއް ގެނުވި ތިން އަހަރު ކަމަށެވެ. އެ ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 3000 އެއްހާ އެނދުގެ 20 ރިސޯޓް މުޅިން އަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތައާރަފްވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު