Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އިދިކޮޅު އިއްތިހާދުގެ މެންބަރުންނާ މާދަމާ ބައްދަލުކުރައްވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2017 | ބުދަ 13:16
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ސްރީ ލަންކާގައި ކުރިއަށް އެބަދެއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވަޑައިގަންނަވައެވެ. މީގެ އިތުރުން މޯލްޑިވިސް ޔުނައިޓެޑް އޮޕޮޒިޝަންގެ (އެމްޔޫއޯ)ގެ ހިޔަނި ކެބިނެޓްގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 އާއި 12:00 ގަ އެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ލިޑަރޝިޕްގެ އިސް ބޭފުޅުންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ނިންމެވި ކަންކަމުގެ މައުލޫމާތު އިދިކޮޅު އިއްތިހާދަށް ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވުމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓްގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރުވަނީ ލަންކާއަށް ވަޑައިގެންފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަދި އެޑްވައިޒަރީ ކޮމިޓީގެ މެންބަރުންނާއި ރައީސް ނަޝީދު ލަންކާގައި ކުރިއަށް ގެންދާ މަޝްވަރާތަކާގުޅޭ ގޮތުން އެޕާޓީގެ ޗެއާޕާޝަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވޭ ކޮންމެ ބައްދަލުވުމަކީ އެމްޑީޕީއަށް ކާމިޔާބު ލިބޭނެ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނިންމެވި މުހިންމު ކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާކުރައްވާނީ ރައީސް ނަޝީދު ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިތާ މިހާރު ވަނީ އަހަރެއް ފުރިފަ އެވެ. ރާއްޖޭޓީވީ އަށް މިދިއަ އަހަރުގެ ފަހުކޮޅު ދެއްވި އިންޓަރވިއު އެއްގައި ރައީސް ނަޝީދު ވަނީ ވަރަށް އަވަހަށް ރާއްޖެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު