Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

މަޖިލީހުގެ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން އޮންނަނީ 13:30 ގަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ފެބުރުއަރީ 2017 | ބުދަ 15:18
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އާއި އައްޑޫ ސިޓީން ގުޅުނު ކަމަށް ބުނާ 700 އެއްހާ މީހުންގެ ރެޖިސްޓްރޭޝަން ފޯމް އެޕާޓީއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާއަކަށް ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ކުރުކޮލެއްވުމަށް ފަހު، އެ އެޖަލްސާއަށް ވަޑައިގަންނަވައިފި އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލަށް 11:00 ގައި ވަނީ ވޯޓަށް އަހާ ފާސްކޮށްފަ އެވެ. އާއްމު އުސޫލެއްގެ ދަށުން، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން އޮންނަނީ 13:30 ގަ އެވެ. އެފަދަ ގޮތަކަށް މީގެކުރިން މަޖިލިސް ކުރުކޮށްލުމަށްފަހު، ވޯޓަށް އަހާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ އެޖަލްސާ އޮތީ ސްޓެލްކޯގެ މާލަމެއްގަ އެވެ. އެޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި އެ ޖަލްސާއަށް ޕީޕީއެމްގެ ގިނަ މަޖިލީސް މެމްބަރުންނާއި ސަރުކާރުން ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފަ ވެއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުން ވަނީ އެޖަލްސާގައި ވާހަކަ ދައްކާފަ ވެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު