Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެެރިކާގެ ހާލަތު

ކޮވިޑް-19 އަށް ފަރުވާ ހޯއްދެވުމަށް ޓްރަމްޕް ބޭނުން ކުރެއްވި އެންޓިބޮޑީގެ އެއްލައްކަ ޑޯޒް އެމެރިކާ އިން ގަންނަނީ

އެމެރިކާ ސަރުކާރުން އަންނަނީ މީގެ އެންޓިބޮޑީގެ އެއް މިލިއަން ޑޯޒް ހިލޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އޮކްޓޯބަރު 2020 | އާދީއްތަ 07:39
އެސްޓްރަޒެނިކާއިން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

އެސްޓްރަޒެނިކާއިން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ކޮވިޑް-19 އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރުވާ ހޯއްދެވުމަށް ބޭނުން ކުރެއްވި ކޮވިޑް-19 އެންޓިބޮޑީ އާއި ދާދިއެއްގޮތް އެންޓިބޮޑީގެ އެއްލައްކަ ޑޯޒް އެސްޓްރަޒެނިކާ އިން ގަތުމަށް އެެމެރިކާއިން އެކުންފުންޏާއެކު އެއްބަސްވުމެއް ހަދައިފިއެވެ.

އެގޮތުން 486 މިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން އެސްޓްރަޒެނިކާ އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ވަކިން ޚާއްސަކޮށް ހައިރިސްކް ގްރޫޕްގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 80 އަހަރުން މަތީ މީހުންނަށް ޚާއްސަކޮށް އުފައްދާ އެންޓިބޮޑީއެކެވެ. މި އެންޓިބޮޑީ ގިނަބަޔެއްގެ ސަމާލު ކަމަށް އައިސްފައިވަނީ ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެގެން ރެޖެނެރޮން ފަރމަޝޫޓިކަލް ކުންފުނިން އުފައްދާފައިވާ އެންޓިބޮޑީ ނެންގުވުމާއި ގުޅިގެންނެވެ. ޓްރަމްޕް އަމިއްލަފުޅަށް ވެސް ވަނީ އެ އެންޓިބޮޑީ ރަނގަޅު ކަމަށް ވިދާޅުވެ ޓްވިޓަރ އަށް ވީޑިއޯއެއް ޕޯސްޓް ކުރައްވާފައެވެ.

އެމެރިކާ ސަރުކާރުން އަންނަނީ މީގެ އެންޓިބޮޑީގެ އެއް މިލިއަން ޑޯޒް ހިލޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ރެޖެނެރޮން އާއި އެލި ލިލީ ވަނީ އެދެބައި މީހުންގެ އެންޓިބޮޑީ އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށްއެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑިމިނިސްޓްރޭޝަނަށް ހުށަހަޅާފައެވެ.

އެސްޓްރަޒެނިކާއިން ބުނީ އެމީހުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމެންވާއިރު އެންޓިބޮޑީގެ އެއްލައްކަ ޑޯޒް އެމެރިކާ އަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިލިއަން ޑޯޒް އަންނަ އަހަރު އެހެން އެގްރިމެންޓްތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓްރަޒެނިކާއިން ބުނެއެވެ.

އެސްޓްރަޒެނިކާއިން އަންނަނީ އެކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ދެ އެންޓިބޮޑީގެ ނަތީޖާތައް އިތުރަށް ދިރާސާ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު