Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީގައި ކެޕާގެ ކުރިމަގު

ފުރަތަމަ އެގާރައިން ޖާގަ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ކެޕާ

7 އޮކްޓޯބަރު 2020 | ބުދަ 17:49

ޗެލްސީން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެ ޓީމުގެ ގޯލް ބަލަހައްޓާފައިވަނީ މެންޑީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އޮކްޓޯބަރު 2020 | ބުދަ 17:49
ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ

ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ

ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ ބުނެފިއެވެ.

ޗެލްސީން މި ނިމުނު ޓްރާންސްފާ ބާޒާރުގައި ވަނީ ރެނެސްއަށް ކުޅެމުން އައި ފްރާންސްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއި ހޯދާފައެވެ. ޗެލްސީން ގޯލްކީޕަރެއްގެ ސޮއި ހޯދީ ކެޕާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

ދާދި ފަހުން އުމުރުން 26 އަހަރުގެ ކެޕާ ބުނީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި އާއި ކެރިއަރުގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ކަމަށެވެ. އެގޮތުން އަލުން އަނބުރާ އެނާގެ އަސްލު ފެންވަރު ދެއްކުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށާއި، ފުރަތަމަ އެގާރައިން ޖާގަ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.

ޗެލްސީން ކެޕާ ދޫކޮށްލަން އުޅޭ ކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ދާދި ފަހުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ކެޕާއާ މެދު މީޑިއާއިން އަމަލުކުރަމުން އަންނަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި ކެޕާ ދެން މި ސީޒަނުގައި ޗެލްސީގެ ގޯލުން ނުފެންނާނެއޭ ނުބުނާނެ ކަމަށާއި، ކެޕާއަށް ޗެލްސީގައި ފުރުސަތު އޮންނާނެ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް މިހެން ބުނި ނަމަވެސް، ޗެލްސީން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެ ޓީމުގެ ގޯލް ބަލަހައްޓާފައިވަނީ މެންޑީއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ދެން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް