Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

ރަކިޗް ވަނީ އަރްމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބަކަށް ކުޅެފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2017 | އަންގާރަ 15:59
މާޒިޔާއަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ (ވ) އާއި އެޓީމުގެ ކޯޗު (ކ)- ފޮޓޯ: ފޭސްބުކް

މާޒިޔާއަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ (ވ) އާއި އެޓީމުގެ ކޯޗު (ކ)- ފޮޓޯ: ފޭސްބުކް

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާސް ޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ކުލަބަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ކުޅުންތެރިޔާ ޓީމާ ގުޅިއްޖެ އެވެ.

ސާބިއާއަށް އުފަން ސްޓްރައިކަރު އެލެކްސެންޑާ ރަކިޗް އަކީ ވާތު ފައިން ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ހޯމަ ދުވަހު ހަވީރު މާޒިޔާގެ ބިދޭސީ ކޯޗު މަރްޔަން ސެކުލޮސްކީ އަދި އެޓީމުގެ އިސް އޮފިޝަލުންނާއެކު މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

ރަކިޗްއަކީ ކުރިން އަރްމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ގެންޑަޒަސާ ކަޕަން އާއި އަރާރަތު ޔެރަވެން އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ ކުރު މުއްދަތުތަކެއްގައި އޭޝިއާގެ ބައެއް ކްލަބުތައް ކަމަށްވާ ވިއެޓްނާމާއި ބަހްރޭނުގެ ކްލަބުތަކަށް ވެސް ކުޅެފަ އެވެ.

ސާބިއާގެ ސްޓަރައިކަރު މާޒިޔާއާ ގުޅުނު އިރު، އެޓީމަށް ގެނައުމަށް ހަމަޖެހިފައިވާ ކިރިގިސްތާން ގޯލު ކީޕަރު އަންގާރަ ދުވަހު ރާއްޖެ އަންނާނެ އެވެ.

ކިރިގިސްތާން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު ޕަވެލް މެޓްޔަޝް އަކީ 2015 ވަނަ އަހަރުވެސް މާޒިޔާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ މާޒިޔާ އަށް ކުޅުނު އެއް އަހަރު ތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕަވެލް މާޒިޔާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރު ގުޅުނީ މެލޭޝިއަން ޕްރިމިއާ ލީގުގެ އުޓިމް އެފްސީއާ އެވެ. ކިރިގިސްތާން ގައުމީ ޓީމަށް 23 މެޗު ކުޅެދީފައިވާ ޕަވެލް ވަނީ އެޓީމާއެކު މިދިޔަ ސީޒަނުގައި 13 މެޗު ކުޅެފަ އެވެ.

މާޒިޔާއިން މިއަހަރުގެ ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ މިއަހަރު އެހެން ކްލަބުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި އެއް ނަމްބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން އިސްމާއިލް އީސަ (މެސީ) އަދި އިތުބާރު ފޯވަޑް އަހުމަދު ނާޝިދު (ނައްޓޭ) ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު