Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި އަންހެން ފުޓްބޯޅަ

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ރިޓަޔާމެންޓް އިއުލާން ކޮށްފައިވަނީ އޭނާ ގެ ފޭސްބުކް ޕޭޖްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 ޖެނުއަރީ 2017 | ހުކުރު 11:16
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މަރިޔަމް މިރުފަތު

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މަރިޔަމް މިރުފަތު

ދިހަ އަހަރަށްވުރެ ގިނަ ދުވަހު ގައުމީޓީމަށް ކުޅުމަށްފަހު ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން އަދި މިހާރުގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތު ރިޓަޔާކޮށްފިއެވެ.

ހަތަރުވަނަ ސާފް ވުމަންސް ޗެމްޕިއަންޝިޕަށްފަހު ރިޓަޔާވުމަށް މިރުފަތު ނިންމާފައި އޮތްނަމަވެސް، އޭނާގެ ރިޓަޔާމެންޓް އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހު އޭނާ ގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މިރުފަތުގެ އެފްބީ ޕޯސްޓްގައި ބުނެފައިވަނީ ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްތަކަކު ކުޅެފައިވާއިރު، އެ ދަތުރުގައި އޭނާއަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ. ޚާއްސަކޮށް އޭނާގެ ކާމިޔާބީތަކާއި ނާކާމިޔާބީތަކުގެ ދަނޑިވަޅުތަކުގައިވެސް އާއިލާއާއި އެކުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި ހިތްވަރު މިރްފަތުވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުންވެސް ގައުމީ އަންހެން ޓީމަށް ކޯޗުކަން ކޮށްދިން ކޯޗުންނަށާއި، ޓީމުގެ މެނޭޖްމަންޓަށް މިރްފަތުވަނީ ޝުކުރު އަދާކޮށްފައެވެ. މިއާއެކު މިރްފަތުގެ އެންމެ ޚާއްސަ ޝުކުރެއް އަދާކޮށްފައިވަނީ އަބަދުވެސް ހެޔޮއެދޭ ސަޕޯޓަރުންނަށެވެ.

މިރްފަތުގެ ޕޯސްޓްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް 17-0 އިން ބަލިވި ހަނދާން އެބަހުރިކަމަށް ބުނެފައިވާއިރު، މިއަދު ޓީމު މޮޅުވެ ކުރިއަރަމުންދާތަން ފެނުމުން އޭނާއަށް ޓީމާއެކު ކުރެވިފައިވާ މަސައްކަތް ފެންނަކަމަށް ބުނެފައިވެއެވެ. މިރްފަތުގެ ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ ގައުމީ ޓީމާއެކު ހޭދަކުރި ކޮންމެ ވަގުތަކީ އުފަލާއެކު ހަނދާނުގައި ހުންނާނެ ވަގުތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު