Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އަވަސް އިންތިޚާބެއް ބޭއްވުމަށް ތެރެސާ މޭ ކުއްލިގޮތަކަށް ގޮވާލެއްވުމުގެ ސަބަަބުން އިނގިރޭސިވިލާތަށް ހައިރާންކަން ލިބިގެން ގޮސްފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 އެޕްރީލު 2017 | ބުދަ 10:35
އިނގިރޭސި ބޮޑުވަޒީރު ތެރެސާ މޭ މިއަހަރު ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލު ކުރައްވަނީ

އިނގިރޭސި ބޮޑުވަޒީރު ތެރެސާ މޭ މިއަހަރު ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލު ކުރައްވަނީ

އިނގިރޭސިވިލާތުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ތެރެސާ މޭ ބުދަ ދުވަހު ގޮވާލައްވައިފިއެވެ.

މިއަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު އަވަސް އިންތިޚާބެއް ބޭއްވުމަށް ތެރެސާ މޭ ކުއްލި ގޮތަކަށް ގޮވާލެއްވުމުގެ ސަބަަބުން އިނގިރޭސިވިލާތަށް ހައިރާންކަން ލިބިގެން ގޮސްފައިވެއެވެ.

އަވަސް އިންތިޚާބަކަށް ގޮވާލައްވައި އެކަމަނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސިން ނިންްމި ނިންމުމާ ގުޅިގެން އިނގިރޭސިވިލާތަށް ޔަގީންކަމާއި، ހަމަޖެހުމާއި އަދި ވަރުގަދަ ލީޑާޝިޕެއް ބޭނުންވާ ކަމަށެވެ. ބޮޑުވަޒީރު މޭ އިތުރަށް ވިދާޅުވީ "ގައުމުގެ އެންމެން އެއްބައިވަންތަ ވަަމުންދާ ކަމަށާއި އެހެންނަމަވެސް ވެސްޓްމިނިސްޓާ (ގާނޫނުހަދާ މަޖިލިސް) އެއްބައިވަންތަ ނުވާ" ކަަމަށެވެ.

އަވަސް އިންތިޚާބަކަށް ގޮވާލެއްވި މައިގަނޑު ސަބަބާ ގުޅޭގޮތުން ބޮޑުވަޒީރު މޭ ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކަކީ ގައުމަށް ރައްކާތެރި އަހަރުތަކަކަށް ހެދުމަށްޓަކައި، އަވަސް އިންތިޚާބެއް ބޭއްވުމަށް އެކަމަނާ ނިންމެވީ ކަމަށެވެ.

އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރު މޭ ގޮވާލެއްވިއިރު، އިނގިރޭސިވިލާތް މިހާރު ތައްޔާރުވަމުން ދަނީ އީޔޫ އިން ވަކިވުމުގެ ނާޒުކު މަޝްވަރާތަކަށެވެ.

އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ތެރެސާ މޭގެ އިންތިޚާބީ ޕްލޭނަށް ވޯޓަށް އެހުން ބުދަ ދުވަހު އޮންނާނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
28 ފެބުރުއަރީ 2017

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު