Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕްއާ ދެކޮޅު މުޒާހަރާ

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދައުވަތުދެއްވުމާ ބެހޭ ގޮތުން މި މަހުގެ ފަހުކޮޅު ބަހުސްކުރާނެ ކަމަށް ބެލެވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ފެބުރުއަރީ 2017 | އާދީއްތަ 23:27
ޓްރަމްޕް އާއި މޭ ބައްދަލުކުރައްވާފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު

ޓްރަމްޕް އާއި މޭ ބައްދަލުކުރައްވާފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިނގިރޭސި ވިލާތުން އަރުވާފައިވާ ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ކައިރީގައި އެތައް ހާސްބަޔަކު މުޒާހަރާކޮށްފިއެވެ.

ކޮންޒަވެޓިވް ސަރުކާރުގެ ބޮޑުވަޒީރު ތެރޭސާ މޭއަށް ފާޑުކިއުންތައް އިތުރުވެގެން ދިޔައީ މިދިޔަ މަހު ވޮޝިންގޓަނަށް ދަތުރުކުރައްވައި ރައީސް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ފަހު އަންނަ ހޫނު މޫސުމުގައި ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާ އެކުއެވެ.

މޭއަކީ ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ލީޑަރެވެ.

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށުގައި ބޭއްވި މި އެއްވުމުގައި އެމެރިކާ އެމްބަސީން ފެށިގެން ގާނޫނު ހަދާ މަޖިލީހާ ހިސާބަށް ތިން ކިލޯމީޓަރު ދިގު ސަރަހަދެއްގައި ހިނގާލުމުގެ ބައިވެރިން އޮތެވެ.

ހިނގާލުމުގެ ބައިވެރިން ދިޔައީ "މޭގެ ލަދު ކޮބައިތޯ" ގޮވަމުންނެވެ.

ޓްރަމްއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދައުވަތުދެއްވުމާ ބެހޭ ގޮތުން މި މަހުގެ ފަހުކޮޅު ބަހުސްކުރާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ވަޑައިގަތުމަށް މޭ ދެއްވި ދައުވަތު އަނބުރާ ގެންދިއުމަށްގޮވާލައި ކުރިޔަށް ގެންދާ އޮންލައިން ޕެޓިޝަނަށް ބޮޑު ތާއީދެއް ލިބެމުން އަންނައިރު މޭ ގެންދަވަނީ ޓްރަމްޕަށް މަރުހަބާ ކިޔުމަށް ބާރުއަޅުއްވަމުންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު