Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޯމާލިއާ

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ވޯޓުލުން ފޯރިގަދަކޮށް ކުރިއަށް ދިޔައިރު ވޯޓްގެ ފުރަތަމަ ބުރުގައި 88 ވޯޓްގެ ތަފާތުން ކުރި ހޯއްދެވީ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2017 | ބުރާސްފަތި 15:39
ސޯމާލިއާގެ އާ ރައީސް މުހަންމަދު އަބްދުﷲ ފަރްމަޖޯ

ސޯމާލިއާގެ އާ ރައީސް މުހަންމަދު އަބްދުﷲ ފަރްމަޖޯ

ސޯމާލިއާގެ ރައީސްކަމުގެ ހުވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އާ ރައީސް ހުވާ ކުރެއްވިއިރު ރިޔާސީ އިންތިޚާބު ބޭއްވުނީ ސޯމާލިއާގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޝަބާބްގެ ހަނގުރާމަވެރިން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައިވާ ސަރަހައްދެއްގައެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވެރިރަށް މޮގަދިޝޫގެ އެއާޕޯޓްގެ ހޭންގަރުގައެވެ. ސޯމާލިއާގައި ރައީސަކު ހޮވުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ ބަދަލުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައެވެ. ރައީސަކު ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ތިން ބޭފުޅަކު ވާދަކުރެއްވިއިރު، އެ ތިން ބޭފުޅުންނަކީ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯއާއި، ސޯމާލިއާގެ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުގެ އިތުރުން، ކުރީގެ ރައީސް ޝަރީފް ޝައިޚް އަހްމަދެވެ.

ވޯޓުލުން ފޯރިގަދަކޮށް ކުރިއަށް ދިޔައިރު ވޯޓްގެ ފުރަތަމަ ބުރުގައި 88 ވޯޓްގެ ތަފާތުން ކުރި ހޯއްދެވީ މިހާރުގެ ރައީސް ހަސަން ޝައިޚް މުހަންމަދުއެވެ. އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ މިންވަރަށް ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިވަޑައި ނުގެންނެވުމުން ދެވަނަ ބުރަކަށް ވޯޓުލުން ކުރިއަށް ދިޔައިރު ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯއަށް އަގުލަބިއްޔަތު ލިބިވަޑައި ނުގެންނެވި ނަމަވެސް އޭނާއަށްވަނީ 184 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ހަސަން ޝައިޚް މުހަންމަދަށް ލިބިވަޑައިގެންނެވީ 97 ވޯޓެވެ. ރަައީސް ދެވަނަ ބުރުގެ ނަތީޖާއާއެކު ވޯޓްގެ ތިންވަނަ ބުރަކަށް ދާން ތައްޔާރުވަނިކޮށް ރައީސް އިންތިޚާބުގެ ބަލި ގަބޫލު ކުރެއްވުމާއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މުހަންމަދު އަބްދުﷲ ފަރްމަޖޯކަމަށް ވަނީ ކަނޑައެޅިގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު