Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

ކޮވިޑް-19 ޖެހިގެން މަރުވާ ކޮންމެ ފަސް މީހަކުން އެކަކު މަރުވަނީ އެމެރިކާގައި

މަރުވާ މީހުންގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 65 އަހަރުން މަތީ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ސެޕްޓެމްބަރު 2020 | އަންގާރަ 14:49
އެމެރިކާގައި ކުރިޔަށްދިޔަ މުޒާހަރާއެއްގައި މީހަކު ޕޯސްޓަރެއް ހިފައިގެން

އެމެރިކާގައި ކުރިޔަށްދިޔަ މުޒާހަރާއެއްގައި މީހަކު ޕޯސްޓަރެއް ހިފައިގެން

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވާ ކޮންމެ ފަސް މީހަކުން އެކަކު މަރުވަނީ އެމެރިކާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިގެން 970،126 (ނުވަ ލައްކަ ހަތްދިހަ ހާސް ސަތޭކަ ސައްބީސް) މީހުން ވަނީ މަރުވެފައެވެ. މީގެތެރެއިން އެމެރިކާއިން މަރުވި މީހުންގެ އަދަދަކީ 204,521 (ދެ ލައްކަ ހަތަރު ހާސް ފައްސަތޭކަ އެކާވީސް) މީހުންނެވެ. އެމެރިކާގައި މަރުވާ މީހުންގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 65 އަހަރުން މަތީ މީހުން ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ން ބުނެއެވެ.

ރޮއިޓަރސްގެ އެނަލިސިސް އިން ދައްްކާގޮތުގައި ހަފްތާއަކަށް ބަލާނަމަ ދުވާލެއްގެ ތެރޭގައި އެވްރެޖްކޮށް އެމެރިކާގައި މިބަލީގައި 800 މީހުން މަރުވެ އެވެ. ހަތަރު ހަފްތާވަންދެން މަރުވާ މީހުންގެ އިންސައްތަ ދަށަށްގޮސްފައި ވީނަމަވެސް ފާއިތުވި ހަފްތާގައި އަނެއްކާވެސް ވަނީ މަރުވާ މީހުންގެ އިންސައްތަ ފަހެއް އިންސައްތަ އަށް މައްޗަށް ގޮސްފައެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަން ގެ ހެލްތު އިންސްޓިޓިއުޓުން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭއިރު އެމެރިކާގައި ކޮވިޑް-19 ޖެހިގެން 378،000 (ތިން ލައްކަ ހަތްދިހަ އަށްހާސް) މީހުން މަރުވާނެ އެވެ.

ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނައިރު ޑޮނަލްޑް ޓްރަމްޕަށް އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ޚަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވުމުގެ ސަބަބުން އެމެރިކާގެ މުޅި ތާރީޚުވެސް ނުދެކޭފަދަ މިންވަރަކަށް މީހުން މިބަލީގައި މަރުވަމުން އަންނަ ކަމަށް ޓްރަމްޕާ ދެކޮޅަށް މިއިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރަޓެކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އާބާދީގެ ހަތަރެއް އިންސައްތަ ހިއްސާ ކުރަމުން އަންނަ އެމެރިކާ އިން ދުނިޔެއިން ވައިރަސް ޖެހިގެން މަރުވާ މީހުންގެ 20 އިންސައްތަ ހިއްސާކުރެ އެވެ.

ހޯމަ ދުވަހު ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާގައި ވައިރަސްގެ އެންމެ ގޯސް ހާލަތު މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. ޓްރަމްޕް ވަނީ މީގެކުރިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅިފައިނުވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އެފިޔަވަޅުތައް އެޅިފައިނުވަނީ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ބޭނުންފުޅުނުވާތީ ކަމަށެވެ.

ޓްރަމްޕް އަންނަނީ އިންތިޚާބާ ދިމާކޮށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެކަމަށް ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
23 މާރިޗު 2017

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު