Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔަމަނުގައި ކޮލެރާ ފެތުރުން

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

ވޭތުވެދިޔަ 72 ގަޑިއިރު އެކަނިވެސް ކޮލެރާގެ 10،000 ކޭސް ރިޕޯޓްކޮށްފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2017 | ހޮނިހިރު 09:29
ޔުނިސެފުން ބުނީ ވޭތުވެދިޔަ 72 ގަޑިއިރު އެކަނިވެސް ކޮލެރާގެ 10،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް

ޔުނިސެފުން ބުނީ ވޭތުވެދިޔަ 72 ގަޑިއިރު އެކަނިވެސް ކޮލެރާގެ 10،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް

ޔަމަނުގައި ނުރައްކާތެރި މިންވަރަކަށް ކޮލެރާ ފެތުރެމުންދާއިރު އެ ބަލީގައި 600 މީހުން މަރުވެ ގާތްގަނޑަކަށް 70،000 ކޭސް ޔުނިސެފުން ރިޕޯޓްކޮށްފިއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިންސާނީ އަދި ކުދިން ހެދިބޮޑުވުމަށް ބޭނުންވާ އެހީތެރިކަމާއި މައިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޖަމްއިއްޔާއިން ހުކުރު ދުވަހު ބުނީ ނުރައްކާތެރިކޮށް އޮތް ކޮލެރާގެ ހާލަތު ކާރިސާއަކަށް ބަދަލުވަމުންދާ ކަމަށެވެ.

"ޗެކްޕޮއިންޓެއް ނޫނީ ސަރަހަދީ ރޮނގެއް ހުރަސްކުރުމަށް ކޮލެރާއަކަށް ހުއްދައެއް ބޭނުމެއްނުވޭ. ނޫނީ ކޮލެރާއެއް ތަފާތެއް ނުކުރާނެ ސިޔާސީ ގޮތުން ކޮންޓްރޯލް އޮތް ސަރަހައްދެއް،"ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ގީއަރޓް ކެޕިލައަރ އެގައުމަށް ކުރެެއްވި ޒިޔާރަތަށްފަހު ވިދާޅުވެފައިވާ ކަމަށް އެ އެޖެންސީގެ ވެބްސައިޓްގައި ވެއެވެ.

އޭނާވަނީ ތުހުމަތު ކުރެވޭ ކޮލެރާގެ ކޭސްތަކުގެ އަދަދު ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި 130،000އަށް އަރާނެކަމުގެ އިންޒާރުދެއްވާފައެވެ.

ޔުނިސެފުން ބުނީ ވޭތުވެދިޔަ 72 ގަޑިއިރު އެކަނިވެސް ކޮލެރާގެ 10،000 ކޭސް ރިޕޯޓްކޮށްފައި ވާކަމަށެވެ.

ކެޕިލައަރ ވަނީ ޚިދުމަތް ލިބޭ މަދު ހޮސްޕިޓަލްތަކުގައި ދެ ކިލޯ ހަމަ ނުވާ ތުއްތު ތުއްތު ކުދިން މަރާ ހަނގުރާމަކުރަމުންދާ ކަމަށް ސިފަކުރައްވާފައެވެ.

"އެކަމަކު އެކުދިންނަކީ ނަސީބުވެރިން.ކޮލެރާ،ބޭރަށްހިންގުން،ނޫނީ ކާޑު ބަލި ފަދަ ފަސޭހައިން ފަރުވާދެވިދާނެ އެތައް ބަލިތަކެއްގައި އެއްވެސް އަޑެއްނީވި ގުނާ އަދަދު ނުކުރެވޭހާ ކުދިން ޔަމަނުގައި ކޮންމެ ދުވަހަކު މަރުވޭ،" އޭނާ ވިދާޅުވިއެވެ.

ކަޕިލައަރ ވިދާޅުވީ މުސާރަ ނުލިބޭތޭ ނުވަމަސް ވެފައިވާ ސިއްހީ އެހީތެރިން ދަނީ ކޮލެރާގެ ސަބަބުން މަރުވަމުންދާ ކުދިން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ދާޚިލީ ހަނގުރާމަ ހިނގަމުންދާ ޔަމަނުގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެމުންދާތީ މިދިޔަ މަހުގެ ކުރީކޮޅު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ޔަމަނަށް ކޮލެރާގެ ނުރައްކާ ކުރިމަތިވިއިރު، ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމު ސުންނާފަތިވެ، އެތައް ސަތޭކަ ހޮސްޕިޓަލަކާއި ސިއްޚީ ހިދުމަތްދޭ އެތައް ތަނެއްވަނީ ވީރާނާވެފައެވެ.

ޔަމަނުގައި ހަނގުރާމަކުރާ ހޫޘީންނަކީ ދީނީ، އިޖްތިމާއީ އަދި ހަތިޔާރު އެޅި ސިޔާސީ ޖަމާއަތެކެވެ. އުފެދުނީ 1992 ވަނަ އަހަރުގެ ތެރޭގައި "އަންޞާރުﷲ"ގެ ނަމުގަ އެވެ.

ޔަމަންގެ ރައީސް އަބްދު ރައްބޫ މަންސޫރުގެ ވެރިކަމާ ދެކޮޅަށް ހޫޘީން ތެދުވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސަރުކާރާ ދެކޮޅަށް ހޫޘީން ކުރާ ހަނގުރާމައިގައި 2014 ވަނަ އަހަރުން ފެށިގެން އެމީހުންގެ އެންމެ މުހިންމު ބައިވެރިއަކީ އަލީ އަބްދުﷲ ސާލިހާއި އޭނާ އަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

ޔަމަނުގެ ހޫޘީންގެ ބާރު ގަދަވެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުން ސައުދީން ވަނީ ޔަމަނުގެ ސަރުކާރުގެ ހިމާޔަތުގައި ހޫޘީންނާ ދެކޮޅަށް 2015 ވަނަ އަހަރުގެ މާޗްމަހު ހަނގުރާމަ ފަށާފައެވެ.

ސައުދީއާ ގުޅިފައިވާ ލަޝްކަރުން ދެމުންގެންދާ ހަމަލާތަކުން ހޫޘީން ބަލިކޮށް ބައެއް ސިޓީތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު ގައުމުގެ ބޮޑުބައެއްވަނީ ސުންނާފަތިވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު