Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިވަރީ ކޯސްޓް

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

މިހާރުވެސް ސިމޯން ގްބަގްބޯ ގެންދަވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 29 މާރިޗު 2017 | ބުދަ 11:28
އައިވަރީ ކޯސްޓްގެ ކުރީގެ ފަސްޓް ލޭޑީ ސިމޯން ގްބަގްބޯ

އައިވަރީ ކޯސްޓްގެ ކުރީގެ ފަސްޓް ލޭޑީ ސިމޯން ގްބަގްބޯ

އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓްގެ ކުރީގެ ފަސްޓް ލޭޑީ ސިމޯން ގްބަގްބޯ ގެ މައްޗަށް ކުރެވުނު، އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް އައިވަރީ ކޯސްޓްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ސިމޯން ގްބަގްބޯ ގެ މައްޗަށް ކުރެވުނު އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ގުޅިފައި ވަނީ 2010 ވަނަަ އަހަރު އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގައި އެކަަމަނާގެ ފިރިކަލުންނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަަޑައިގަތުމުން، ހިނގި ހަމަނުޖެހުންތަކާއެވެ.

ފަނޑިޔާރުންގެ ބެންޗުގެ ގިނަ ފަނޑިޔާރުން ނިންމެވީ، ޕްރޮސިކިއުޓަރުން ވަކާލާތު ކުރެއްވި، ސިމޯން ގްބަގްބޯ، 2010ގެ އިންތިޚާބަށްފަހު ހިނގި ހަމަނުޖެހުން ލީޑް ކުރެއްވި ކުރެެއްވުމަކީ އަސާސެއްނެތް ކަމެއް ކަމަށެވެ. އަދި އެކަމަނާ ހަތިޔާރުވެސް ބައްލަވައިގަންނަވަން ނޫޅުއްވާ ކަމަށެވެ.

ދައުލަތުގެ ސަލާމަތަށް ނުރައްކާ ކުރި ކަމުގެ ކުށް ސާބިތުވުމުގެ ސަބަބުން މިހާރުވެސް ސިމޯން ގްބަގްބޯ ގެންދަވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިންސާނިއްޔާތާއި ހިލާފު ބޮޑެތި ޖަރީމާތައް ހިންގެވި ކަމުގެ ކުުށުގައި ސިމޯން ގްބަގްބޯގެ ފިރިކަލުން ލޯރަންޓް ގްބަގްބޯގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.

ކުރީގެ ފަސްޓް ލޭޑީ ސިމޯން ގްބަގްބޯގެ ވެެސް ހައްޔަރުކޮށް އައިސީސީ އާ ހަވާލު ކުރުމަށް އަމުރެއް ނެރުނެވެ. ނަމަވެސް އައިވަރީ ކޯސްޓް އިން ވަނީ އެކަމަނާ އައިސީސީ އާ ހަވާލު ކުރުމަށް ދެކޮޅު ހަަދާފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު