Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިމާ ބެހޭ ޤާނޫނު

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

25 އޮކްޓޯބަރު 2026 | އާދީއްތަ 12:12

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ރިއަލް އެސްޓޭޓް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަމާ ގުޅޭ ބިލުތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން. މި ބަދަލާއެކު އިންވެސްޓަރުންނަށް ހާއްސަ ރެސިޑެންޝަލް ވިސާ ދިނުމާއި ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީއެއް އުފެއްދުމަށް ހިމަނާފައިވާއިރު، މިއީ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އާންމު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 25 އޮކްޓޯބަރު 2026 | އާދީއްތަ 12:12
ޖޭއެސްސީއަށް ބަންޑާރަ ނައިބު އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ތެރެއިން (ފައިލް ފޮޓޯ)

ޖޭއެސްސީއަށް ބަންޑާރަ ނައިބު އައްޔަންކުރައްވާ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ތެރެއިން (ފައިލް ފޮޓޯ) | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ބިމާއި ޕްރޮޕަޓީ ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް ހަދައިދިނުމަށްޓަކައި، އެޓަރނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރިގޮތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިކަމާ ގުޅިގެން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭ ގާނޫނެއް އެކުލަވާލުން ހިމެނެ އެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާސް، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އިތުރުކުރުމަށްޓަކައި ކަމަށް ބުނެ، ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވާލުމާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތޮލިބު އޭރު ކެބިނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން، ކެބިނެޓުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމަވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭނެ ގާނޫނެއް އެކުލަވާލުމާއި، ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ގާނޫނެއް އެކުލަވާލުން ހިމެނެ އެވެ. މީގެ އިތުރުން، ޕްރޮޕަޓީއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމާއި، އިމިގްރޭޝަން ގާނޫނަށް ބަދަލު ގެނެސް، އިންވެސްޓްކުރާ މިންވަރަށް ބަލައި ހާއްސަ ރެސިޑެންޝަލް ވިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ރަޖިސްޓްރާ އޮފް ޕްރޮޕަޓީޒް އައްޔަނުކުރުން އަދި ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި އައު އިދާރާއެއް އުފެއްދުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާ ޚާއްސަ ސަރަހައްދުތަކެއް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްޤީކޮށް، އެތަންތަނުން ބިދޭސީންނަށް މިލްކުވެރިކަން ލިބިދާނެ ގޮތަށް ހުށަހެޅި މި ހުށަހެޅުމުގައި، ބުނެފައިވާ ގޮތުން، މިގޮތަށް ކަނޑައެޅޭ ސަރަހައްދުތަކުން ނުވަތަ އެތަންތަނުގައި ތަރައްގީކުރާ އިމާރާތްތަކުން ބިދޭސީންނަށް މިލްކުވެރިކަން ލިބިގެންދާނެ އެވެ. މިއީ މިހާރު އޮންނަ ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްގެން، ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ބިމާއި އިމާރާތްތަކުގެ މިލްކުވެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް މަގުފަހިކުރާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ އެވެ. މީގެ އިތުރުން، އެ މާއްދާގައިވާ ގޮތުން، ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ސަރަހައްދެއް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރެވެ.

މިފަދަ ބިލެއް އެކުލަވާލާ، މަޖިލީހަށް ހުށަހެޅުމަށް ތައްޔަރުވަމުންދާ މި ދަނޑިވަޅަކީ ރަސްމާލޭ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ރަށްވެހިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ އިސްލާމީ ވަހްދަތަށާއި، ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދަނޑިވަޅެކެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އިގުތިސާދީ މިނިވަންކަމަށާއި ދިވެހި ސަޤާފަތަށް ކުރިމަތިވެދާނެ ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ވެސް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސިޔާސީ ގޮތުން ނުވަތަ ވެރިކަން ހިންގާ ފަރާތަށް ކުރިމަތިވާ ކުދިކުދި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ސައުވީސް ގަޑިއިރު ތެރޭގައި ގާނޫނުތައް ބަދަލުކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކޮށްލާފައިވާ ކަމެކެވެ.

ޑރ. އަބްދުﷲ މުއްތަލިބުޤާނޫނުއަސާސީރިއަލްއެސްޓޭޓްރަސްމާލެއަހްމަދު އުޝާމް

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން

25 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަން ރައީސް އަށް ސާފު، އެ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރަކު ފޮނުއްވީ ފަހުން ޒިންމާވާން ޖެހިދާނެތީ: އަލީ ހުސެއިން
25 އޮކްޓޯބަރު 2026

ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން

25 އޮކްޓޯބަރު 2026
ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކައިގެން ނުވަތަ ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ބޯހިޔާވަހިކަން ހޯދައިދޭކަށް ގާނޫނުން ޖާގައެއް ނުދޭ: އަލީ ހުސައިން
24 އޮކްޓޯބަރު 2026

ގެދޮރުވެރިވުމަށް ސަރުކާރުން ދޭ އެހީއަށް ނޮވެމްބަރު މަހު ހުޅުވާލާނެ: މުއްތޮލިބް

24 އޮކްޓޯބަރު 2026
ގެދޮރުވެރިވުމަށް ސަރުކާރުން ދޭ އެހީއަށް ނޮވެމްބަރު މަހު ހުޅުވާލާނެ: މުއްތޮލިބް
21 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް

21 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް
21 އޮކްޓޯބަރު 2026

އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް

21 އޮކްޓޯބަރު 2026
އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

18 އޮކްޓޯބަރު 2026
އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް