Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫސަލް އާރާސްތުކުރުން

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

މޫސަލް އަކީ އިރާގުގެ މައި ސިޓީއެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 މެއި 2017 | ބުދަ 21:30
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް މޫސަލް އާއި ދިމާލަށް މިސްރާބު ޖަހަނީ

އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް މޫސަލް އާއި ދިމާލަށް މިސްރާބު ޖަހަނީ

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އިރާގުގެ މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވާ ކަމަށް ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ހަލާކުވެފައިވާ މަގުތަކާއި ބްރިޖްތަށް މަރާމާތުކޮށް އަދި އިގްތިސާދީ ގޮތުން މޫސަލް ސިޓީ ކޮޅަށްޖެހުމަށް ފަސް އަހަރު ނަގާނެ ކަމަށް އޮފިޝަލުން ބުނިއިރު، އޮފިޝަލުން އިތުރަށް ބުނެފައި ވަނީ ސިޓީ އާރާސްތު ކުރުމަށް ބިލިއަނުން ޑޮލަރު ހޭދަ ކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ އިރާގު ސަރުކާރަށް މޫސަލް ސިޓީ އާރާސްތު ކުރަން ހޭދަ ކުރެވޭނެ އަދަދެއް ނޫން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވެއެވެ.

މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)، ފައްސާލުމަށް ކުރެވުނު ވަރުގަދަ ހަނގުރާމައިގައި މޫސަލްގެ އެއާރޕޯޓް، ރެއިލްވޭ ސްޓޭޝަން އަދި ޔުނިވާސިޓީ ވަނީ އެއްކޮށް ހަލާކުވެ ގޮސްފައެވެ.

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން އިރާގު ސިފައިންނަށް ވާގިވެރިވެ، މޫސަލްގެ އިރުމަތީ ސަރަހައްދު އިރާގު ސިފައިން މިހާރު ވަނީ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފައެވެ.

އައިއެސްގެ އަތްދަށުން މޫސަލް މިނިވަން ކުރުމަށް އޮކްޓޯބަރު 2016 ގައި ހާއްސަ އޮޕަރޭޝަނެއް އިރާގު ސިފައިންނާއި އަދި އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ފެށިއިރު، މާޗްމަހު އިރާގު ސިފައިން ވަނީ އިރުމަތީ މޫސަލް އެމީހުންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު