Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބޯގެ ގޮނޑު ބަންޑުންވުން

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017 | ހޯމަ 07:03

މި ކުނިފުނީގެ އުސްމިނުގައި91 މީޓަރުހުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 އެޕްރީލު 2017 | ހޯމަ 07:03
ލަފާކުރެވޭ ގޮތުން 40 އާ 100 އާ ދެމެދުގެ ގެއަށް ވަނީ ކުނިތައް ފައިބައިފަ

ލަފާކުރެވޭ ގޮތުން 40 އާ 100 އާ ދެމެދުގެ ގެއަށް ވަނީ ކުނިތައް ފައިބައިފަ

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުނި ފުންޏެއް ބަންޑުންވެ ކުނިތަކުގެ ދަށުވި ގެތަކުން ދިރިހުއްޓައި މީހަކު ފެނިދާނެކަމުގެ އުއްމީދު ފަނޑުވަމުން ދާއިރު ރައްޔިތުން ރުޅިގަދަވެ އެމީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެފިއެވެ.

ހުކުރު ދުވަހު ދިމާވި މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައި ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެެނެއެވެ.

ކުއްލިހާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ފަރުބަދައެއްހެން ޖަހަފާފައި ހުރި ކުނިފުނީގެ ދަށަށް ދިޔަ ގެތަކުގެ ދަށުން ދިރިހުއްޓާ މީހަކު ފެނޭތޯ މަސައްކަތްކުރަމުންނެވެ.

ކޮލަމްބޯގެ އިރުއުތުރުގައި ހުންނަ މި ކުނިފުނީގެ އުސްމިނުގައި 91 މީޓަރު ހުއްޓެވެ.

ބިންގަޑުކަނޑައިގެން ގޮސް ކުނިތައް ފައިބައިގެންފައި ވަނީ ކުނިފުނީގެ އެންމެ މަތީގައި އަލިފާން ރޯވެގެން ހުކުރު ދުވަހުއެވެ.

ކުނިފުނީގައި ރޯވެ ހާދިސާ ހިނގި ވަގުތަކީ ސިންހަޅައިންނާއި ތަމަޅައިންގެ އާ އަހަރު ފާހަގަކުރުމަށް އެތައް ބަޔަކު ގެތަކުގައި އުޅެމުން ދިޔަ ވަގުތެކެވެ.

ލަންކާގެ ސަރުކާރުންވަނީ ކުނިތަކުގެ ދަށުން މީހަކު ފެނޭތޯ ބެލުމަށް ކޮނުމަށްޓަކައި އެތައް ސަތޭކަ ސިފައިންނާއި ފުލުހުން ނެރެފައެވެ. އެގޮތުން 600 އަށްވުރެ ގިނަ ގޭގެ މީހުން ވަނީ ސަރަހައްދު ދޫކޮށް ފަހު އެހެން ހިސާބުތަކަށް ބަދަލުވެފައެވެ.

ލަފާކުރެވޭ ގޮތުން 40 އާއި 100 އާ ދެމެދުގެ ގެއަށް ވަނީ ކުނިތައް ފައިބައިފައެވެ.

ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުކާލާ އެ ކުނި ފުނީގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވާކަމުގެ ޝަކުވާކޮށް އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އާއްމުން އެދެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް