Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ ތާލިބާން އިން ވަނީ ނަގައިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 އެޕްރީލު 2017 | ހޯމަ 09:32
ތާލިބާނުން ދިން ހަމަލާއެއްގައި މަރުވި މީހުންގެ ޖަނާޒާގެތެރެއިން

ތާލިބާނުން ދިން ހަމަލާއެއްގައި މަރުވި މީހުންގެ ޖަނާޒާގެތެރެއިން

އަފްޣާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަޒާރޭ ޝަރީފް ގައި ހުރި އަސްކަރީ ބޭހަކަށް ހުކުރު ދުވަހު ހަނގުރާމަވެރިން ދިން ހަަމަލާގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި ކަމަށް ކަމާބެހޭފަރާތްތަކުން ބުނެފިއެވެ.

އަފްޣާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނުގެ ނައިބު މުހައްމަދު ރަޑްމަނިޝް ވިދާޅުވީ ހަނގުރާމަވެރިން އަސްކަރީ ބޭހަށް ވަނީ ދެ އަސްކަރީ ވެހިކަލްގައި ކަމަށާއި ދެން އެމީހުން އަސްކަރީ ބޭހުގެ ތެރޭގައި އިން މިސްކިތެއްގައި ތިބި ސިފައިންނަށް ހަމަލާ ދިނީ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަސްކަރީ ބޭހަށް ހަމަލާދިން ހަނގުރާވެރިންގެ ތެރޭގައި ފިދާއީން ވެސް ހިމެނެއެވެ.

ހަމަލާގައި މަރުވި ސިފައިންގެ އަދަދު އަފްޣާންގެ ޑިފެންސް މިނިސްޓްރީން ހާމަކުރިއިރު، ހަމަލާ ދެވުނު އަސްކަރީ ބޭހުގައިތިބި ސިފައިންގެ އިސްވެރިން ވިދާޅުވެފައިވަނީ، ހަމަލާގައި ސިފައިންގެ 150 މީހުން މަރުވި ކަމަށެވެ.

ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ ތާލިބާނުން ނަގާފައިވެއެވެ. ތާލިބާންގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު މީޑިއާތަކަށް ފޮނުވި މެއިލްއެއްގައި ވަނީ ހުކުރު ދުވަހު ދިން ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

މިދިޔަ މާޗްމަހު ކުރީކޮޅުވެސް އަފްގާންގެ އަސްކަރިއްޔާއަށް އަމާޒުކޮށް ހަނގުރާމަވެރިންތަކެއް ވަރުގަދަ ހަމަލާއެއް ދިނެވެ. އެގޮތުން އަފްޣާން ސިފައިން ހިންގާ އަސްކަރީ ހޮސްޕިޓަލަކަށް ޑޮކްޓަރުން ކަމަށް ހެދިގެން ވައިން ހަނގުރާމަވެރިން ދިން ހަމަލާގައި އެތައް ބަޔަކު މަރުވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު