Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ ހަނގުރާމަ

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

ރަޝިއާއިން  ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ތުރުކީ ސިފައިންގެ ތިން މީހުން މަރުވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 12:43
ރަޝިއާއިން ސީރިއާގެ ސަރުކާރަށް ވާގެވެރިވަމުންދާއިރު ތުރުކީން އެހީތެރިވަމުން ދަނީ އިދިކޮޅު ހަނގުރާމަވެރިންނަށް

ރަޝިއާއިން ސީރިއާގެ ސަރުކާރަށް ވާގެވެރިވަމުންދާއިރު ތުރުކީން އެހީތެރިވަމުން ދަނީ އިދިކޮޅު ހަނގުރާމަވެރިންނަށް

ސީރިއާގެ އިމާރާތަކަށް ރަޝިއާގެ މަތިންދާ ބޯޓަކުން ބޮން އަޅަން އެގައުމުގެ ސިފައިންގެ ގާތުގައި އޮޅިގެން ބުނެވިފައިވާކަމަށް ބުނާ ބުނުން ތުރުކީއިން ދޮގުކޮށްފިއެވެ.

ރަޝިއާއިން ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ތުރުކީ ސިފައިންގެ ތިން މީހުން މަރުވިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ރިޕޯޓަރުންނަށް ވިދާޅުވީ ޕައިލެޓުންނަށް އިރުޝާދު ދިނީ ތުރުކީގެ ބައިވެރިން ކަމަށެވެ.

ނަމަވެސް ތުރުކީގެ އަސްކަރިއްޔާއިން ބުނަނީ އެގައުމުގެ ފައުޖުތައް އެ އިމާރާތުގައި ތިބޭތާ 10 ދުވަސްވެފައިވާކަމަށާއި އަދި ތުރުކީގެ ސިފައިން ތިބި ތަންތަނާ ބެހޭގޮތުން ބުދަ ދުވަހު ރަޝިއާއަށް ލަފާ ދީފައިވާނެކަމަށެވެ.

ސީރިއާގެ ހަ އަހަރުވީ ދާޚިލީ ހަނގުރާމައިގައި ރަޝިއާއިން ސީރިއާގެ ސަރުކާރަށް ވާގެވެރިވަމުންދާއިރު ތުރުކީއިން އެހީތެރިވަމުންދަނީ އިދިކޮޅު ހަނގުރާމަވެރިންނަށެވެ.

ނަމަވެސް ދެ ގައުމުންވެސް މަސައްކަތް ކުރަމުންދަނީ ހަލަބުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ހަނގުރާމަވެރިން ފޮނުވާލުމަށެވެ.

ތުރުކީގެ މަދަދާއެކު ހަނގުރާމަ ކުރަމުންދާ އިދިކޮޅު ހަނގުރާމަވެރިން ޑިސެމްބަރު މަހުން ފެށިގެން އުތުރުގެ އަލްބާބު ހިސާރުކޮށްގެން އުޅެމުންދާއިރު ރަޝިއާގެ މަދަދާއެކު ހަނގުރާމަކުރަމުންދާ ސަރުކަރުގެ ފައުޖުތަކުންދަނީ ދެކުނުގައި ކުރިއެރުން ހޯދަމުންނެވެ.

ބުރާސްފަތި ދުވަހު ވައިގެ މަގުން ދިން ހަމަލާތަކެއް އަމާޒުވެ ތުރުކީގެ ސިފައިންގެ ބަޔަކު މަރުވެ ސިފައިންގެ 11 މީހުން މަރުވުމާއެކު ރަޝިއާގެ ރައީސް ވްލާޑިމިރ ޕޫޓިންވަނީ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާނަށް ގުޅުއްވައި ތައުޒިއާ ވިދާޅުވުމަށް އަވަސްވެ ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު