Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމަ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

ތަހުގީގު ކުރާ ފަރާތްތަކުން ގެންދަނީ މި ހަމަލާ އަކީ އައިއެސްގެ ހަމަލާއެއްތޯ ނުވަތަ އެމެރިކާއާއި ގުޅިފައިވާ ފައުޖުގެ ހަމަލާއެއްތޯ ބަލަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 މާރިޗު 2017 | ބުދަ 10:34
މާޗްމަހުގެ 17 ވަނަ ދުވަހު މޫސަލްގެ ހުޅަނގުގައި އަލް ޖަދީދާ ޑިސްޓްރިކްޓްގައި ދިން ހަމަލާގައި 200 އަށްވުރެ ގިނަ އާއްމުން މަރުވި

މާޗްމަހުގެ 17 ވަނަ ދުވަހު މޫސަލްގެ ހުޅަނގުގައި އަލް ޖަދީދާ ޑިސްޓްރިކްޓްގައި ދިން ހަމަލާގައި 200 އަށްވުރެ ގިނަ އާއްމުން މަރުވި

އިރާގުގެ މޫސަލްގައި މި މަހު ދިން ހަމަލާތަކުގައި އާއްމުންގެ އެތައް ބަޔަކު މަރުވެފައިވާއިރު ހަމަލާތަކުގައި އެމެރިކާ އާއި ގުޅިފައިވާ ފައުޖުގެ ބޮޑު ދައުރެއް އޮންނާނެ ކަމަށާއި ނަމަވެސް ތަހުގީގު ކުރިޔަށްދާކަމަށް އިރާގުގައި ހުންނަ އެމެރިކާގެ އިސް ކޮމާންޑަރު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އައިއެސްގެ މައްޗަށް ވެސް އެކަމުގައި ތުހުމަތު ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑަށް މިހާތަނަށް ބެލިބެލުމުން އެނގުނީ މި އަނިޔާތައް ލިބުމުގައި އަޅުގަނޑުމެންގެ ދައުރެއް އޮތް ކަން، އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ އެތަނަށް އާއްމުން އެތަނަށް ގެނައީ އިދިކޮޅު ހަނގުރާމަވެރިން ނޫންކަން، އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން އެބަހުރި އަދި"އިރާގުގައި ހުންނަވައި ވާހަކަދައްކަވަމުން ޕެންޓަގަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ލެފްޓިނެންޓް ޖެނެރަލް ސްޓީވް ޓައުންސެންޑް ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން ދަންނަވާނަން، އެކަން ވަރަށް ޔަގީނާ ގާތަށް ފެނޭ އެމީހުން ކަމަށް"

ޚިލާފް އުފެދިގެން އުޅެނީ މާޗްމަހުގެ 17 ވަނަ ދުވަހު މޫސަލްގެ ހުޅަނގުގައި އަލް ޖަދީދާ ޑިސްޓްރިކްޓްގައި ހިނގި ގޮވުންތަކަށް ފަހުއެވެ.

އެމެރިކާ އިސްވެ އުފައްދާފައިބާ ކޯލިޝަނުން ގެންދަނީ އެ ސަރަހައްދުގައި އައިއެސްއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ގެންދަނީ މި ހަމަލާ އަކީ އައިއެސްގެ ހަމަލާއެއްތޯ ނުވަތަ އެމެރިކާއާއި ގުޅިފައިވާ ފައުޖުގެ ހަމަލާއެއްތޯ ބަލަމުންނެވެ. އެ ހަމަލާގައި އިމާރާތްތަކެއް ވެއްޓި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

" އަޅުގަނޑަށް ފުރަތަމަ ބަލާލެވުނޯ އެއީ ހަނގުރާމަވެރިންގެ އަތެއް މިހަމަލާގައި ވާނެކަމަށް، އަދި ހަމަ އެންމެ އަޅުގަނޑުމެންގެ ދައުރެއް އޮތް ހަމަލާއަކަށް ވުމުގެ ފުރުސަތުވެސް އެބައޮތް" ޓައުންސެންޑް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު