Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިޔާ

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

މި ހަމަލާގެ ޝިކާރައަކަށްވި ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 21:01
ސީރިއާގައި ދެވުނު ކެމިކަލް ހަމަލާގައި އަސަރު ކުރި މީހަކަށް ފަރުވާ ދެނީ

ސީރިއާގައި ދެވުނު ކެމިކަލް ހަމަލާގައި އަސަރު ކުރި މީހަކަށް ފަރުވާ ދެނީ

ސީރިއާގެ އިދްލިބް އަވަށަށް ސީރިއާ ސިފައިންދިން ނުރައްކާތެރި ކެމިކަލް ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

އާއްމުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގާ ބައްޝާރުގެ ސިފައިންނާއި ބައްޝާރަށް ވާގިވެރިވާ ރަޝިއާގެ ފައުޖުތަކުން ޓޮކްސިކް ގޭސް ހިމެނޭ ކެމިކަލް ބޮން އެޅުމުގެ ސަބަބުން އިދްލިބްގައި 58 މީހުންވަނީ ވަގުތުން މަރުވެފައެވެ. އޭގެ ތެރޭގައި 11 ކުޑަކުއްޖަކުވެސް ހިމެނެއެވެ. މަރުވި މީހުންގެ އަދަދު 74 ހަތަރަށް އަރާފައިވަނީ މި ހަމަލައިގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ ގިނަ އަދަދެއްގެ ބަޔަކުވެސް މިހާރު މަރުވެފައިވާތީއެވެ. މީގެ އިތުރުން މި ހަމަލާގެ ޝިކާރައަކަށްވި ބައެއް މީހުންގެ ހާލު އަދިވެސް ސީރިއަސްކަމަށާއި މި ހަމަލާގައި މަރުވާ މީހުންގެ އަދަދު މައްޗަށް ދިއުމަކީ އަދިވެސް އެކަށީގެންވާކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މި ހަމަލައިގެ ސަބަބުން އަދިވެސް 557 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އާއްމުކޮށް ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށްފަހު އިންކާރު ކުރަމުން އަންނަ ސީރިއާގެ އަސްކަރިއްޔާއިންވަނީ މިފަހަރުވެސް މިއީ އެމީހުންގެ ހަމަލާއެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް އދ އިން ބުނެފައިވަނީ މިއީ ސީރިއާ ސިފައިންގެ އިންސާނިއްޔަތާއި ހިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމުގައެވެ. އަދި މި ހަމަލާގެ ތަހުގީގެއް ކުރާނެކަމަށް އދ އިންވަނީ ބުނެފައެވެ. މީގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ ބައްޝާރުގެ ފައުޖުތަކުން ދިން މި ހަމަލާއާއި ގުޅިގެން ދުނިޔޭގެ ލީޑަރުންވެސް ގެންދަވަނީ ސީރިއާ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު