Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އެއް މަހުގެ ތުއްތު ކުއްޖަކަށް ގަމު ކޮވިޑް ފެސިލިޓީގެ އައި.ސީ.ޔޫގައި ފަރުވާދެނީ

5 ސެޕްޓެމްބަރު 2020 | ހޮނިހިރު 07:15

ތުއްތު ކުއްޖާއާއެކު އާއިލާގެ ހަތަރު މެންބަރުން ވަނީ ޕޮޒިޓިވްވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 5 ސެޕްޓެމްބަރު 2020 | ހޮނިހިރު 07:15
ލ.ގަމުގައި ހަދާފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ

ލ.ގަމުގައި ހަދާފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ

ދ.ކުޑަހުވަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއް މަހުގެ ތުއްތު ކުއްޖަކަށް ފަރުވާދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީގެ އައި.ސީ.ޔޫގައި އެޑްމިޓްކޮށްފިއެވެ.

ކުޑަހުވަދޫއިން ޕޮޒިޓިވްވި ތުއްތު ކުއްޖާއާއެކު އޭނާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެން މެންބަރެއްވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ، އެއް މަހުގެ ތުއްތު ކުއްޖެއް ހޮނިހިރު ދުވަހު ހެނދުނު ގަމު ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި އެކުއްޖާ ގަމު ކޮވިޑް ފެސިލިޓީއަށް ގެނެސްފައިވަނީ ހޮޑުލެވި އުނދަގޫވާތީ އިތުރަށް ގޯސްވެދާނެ ކަމަށް ބަލާފައި ކަމަށް މެނޭޖަރު ވިދާޅުވިއެވެ. ނަމަވެސް ދެމައިންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ތުއްތު ކުއްޖާގެ އެހީތެރިއެއްގެ ގޮތުން އޭނާގެ މަންމަ ވެސް ފެސިލިޓީއަށް ބަދަލުކުރެވިފައިވާ ކަމަށާއި އެއީވެސް ޕޮޒިޓިވް ކޭސްއެއް ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫތުމާތު ދެއްވަމުން ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ މީގެ ވިއްސަކަށް ދުވަސް ކުރިން މާލެއިން ރަށަށް ބަދަލުވި އާއިލާއެއް ކަމަށެވެ. އަދި އެފަރާތުން ބަލި ފެނުނީ ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ދޫކޮށްލުމަށް ހެދި ޓެސްޓުތަކުން ކަމަށް ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ ރަށުތެރޭގައި ބަލި އުޅޭ މިންވަރު ދެނެގަތުން ދެ ދުވަސްކުރިން ނެގި 25 ރެންޑޮމް ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިވަގުތު ރަށުގެ އާންމު ހާލަތުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް ބަލި ފެތުރުން އިތުރުވެފައިމިވާ ހާލަތުގައި ރާއްޖޭގެ އެކި ރަށްރަށުންވެސް ދަނީ މި ބަލި ފެންނަމުންނެވެ.

ކުޑަހުވަދޫ ކައުންސިލުން ވަނީ އެރަށުގެ އާއިލާއެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ރަށު ކައުންސިލް އަދި ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް