Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްގަމު އުނޅަދުގައި މުދާ އުފު

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

މި ގަވައިދާ ހިލާފު ވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަރާ ކުރާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2017 | ހުކުރު 11:07
މާލޭގެ މަގެއް

މާލޭގެ މަގެއް

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އިކޮނިމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގައި އަމަލުކުރަން ޖެހޭ ގަވައިދުގެ ދެ މާއްދާ އަކަށް އަމަލުކުރަން ފެށުން މިއަހަރުގެ ޖޫން އެއް ވަނަ ދުވަހަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން މި ގަވައިދުގެ ހުރިހާ މާއްދާއަކަށް އަަމަލުކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން ނެވެ.އެހެން ނަމަވެސް އެއްގަމު އުނޅަދުގައި މުދާ އުފުލުގައި އަމަލުކުރަންޖެހޭ އުސޫލަށް ގެނެސްފައިވާ އިސްލާހުގައި ވަނީ އެ ގަވައިދުގެ ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ ޖޫން އެއް ވަނަ ދުވަހުން ފެށިގެން ކަަމަށެވެ.

Advertisement - newsAdvertisement

މި ގަވައިދުގެ ނުވަ ވަނަ މާއްދާގައި ބުނެފައިވަނީ ކުނި އުފުލާގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު ފިޔަވައި އެހެން އުޅަނދެއްގައި ކުނި ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފުލަންވާނީ މަގުމައްޗަށް ނޭޅޭގޮތަށް އަދި އޭގައިހުރި ވަސް މާހައުލަށް ނުފެތުރޭގޮތަށް ސަތަރިއެއް ފަދަ އެއްޗެއް އަޅައި ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެން ކަމަށެވެ. މި ގަވައިދުގެ 11 ވަނަ މާއްދާގައި ވަނީ އުޅަނދުގައި މުދަލާއި ތަކެތި އުފުލުމުގެ އަގު ސިޓީތަކުގައި ނަގަންވާނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުގައި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުނުވާގޮތަށެވެ.

އެގޮތުން މުދާ އުފުލުމުގައި އަގުތައް އުޅެނީ 40 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގަ އެވެ. އަގުތަކުގައި ތަފާތުތައް އުޅެނީ، އުފުލާ މުދަތުގެ ބަރުމިނާ މުދާ އުފުލާ ވަގުތުތަކާ ގުޅުވައިގެންނެވެ. އެހެން ނަމަވެސް މި ދެ މާއްދާ އަށް އަަމަލު ކުރުން މިހާރު ވަނީ ފަސްކޮށްފަ އެެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައި ވާގޮތުން، މުދާ އުފުލާ އެއްގަމު އުޅަނދުގައި، މުދާ އުފުލަންވާނީ، އެ އުޅަނދެއް ދުއްވާ އިރު ދުއްވާ މީހާއަށް ކުރިއާއި ފަހަތް ފެންނަ ގޮތަށް ކަމަށް ވަނީ އަންގާފަ އެވެ. ދިއްލަންޖެހޭ ހުރިހާ ބައްތިތައް ފެންނަން ހުންނާނެ ހެން ދިއްލާފަ ހުރުމަށް މި ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އުޅަނދަށްވުރެ ދިގު ތަކެތި އަރުވައިގެން ދާނަމަ، ފަހަތުން ބޭރަށް ނުކުމެފައި ހުންނަ ބައި، އުޅަނދުގެ ފޮށިގަނޑުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ދިގުވެގެން ނުވާނެ ކަމަށް މި ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ. މިފަދަ ތަކެތި އުޅަނދުތަކުގައި އުފުލާ ކަމުގައިވާ ނަމަ ހެނދުނު ހަޔަކުން ހަވީރު ހަޔަކާާ ދެމެދު ތަކެތި އުފުލުމުގައި ތަކެތީގެ ކޮޅުގައި އެއް ފޫޓު ދިގު، އެއް ފޫޓު ފުޅާމިނުގެ ރަތްކުލައިގެ ދިދައެއް ހަރުކޮށްފައި ހުންނަންވާނެ ކަމަށް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ތަކެތި އުފުލުމުގައި އުޅަނދުން ބޭރަށް ނުކުމެފައި ހުންނަ ބައިގައި ރަތް ނުވަތަ އޮރެންޖް ކުލައިގެ އަލި ފެންނަ ބައްތިއެއް، ތަކެތީގެ ކޮޅުގައި ދިއްލާފައި ހުންނަންވާނެ ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

މުދާ އުފުލާ އުޅަނދުގެ ޑްރައިވަރުގެ ކެބިން ޑްރައިވަރު ފަހަތު ފޮށިގަނޑު ބެލުމަށް ހުންނަ ބިއްލޫރިގަނޑުން ޑްރައިވަރަށް ފަހަތް ނުފެންނަ ވަރަށް މުދާ ބަހައްޓައިގެން ދުއްވުމަކީ މަނާ ކަމެއް ކަަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން މުދާ އަރުވައި ބޭލުމުގައި އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް މަގު މައްޗަށް މަޑު ނުކުރުމަށް މި ގަވައިދު ބުނެ އެވެ. ސިމެންތި، ގޮދަންފުށް ފަދަ ކުނޑިބުރާ މުދާ އުފުލަންވާނީ، ކުނޑި ނުބުރާނެ ގޮތަށް އެއްޗެއް އަޅައި މުދާތައް ރަނގަޅަށް ނިވައިކޮށް ބަންދުކޮށްގެން ކަމަށް މި ގަވައިދުގާ ވަނީ ބުނެފަ އެވެ. ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދުގައި އެ އުޅަނދަށްވުރެ ދިގު ތަކެއްޗާއި، އެ އުޅަނދަށްވުރެ ފުޅާތަކެއްޗާއި، ފަހަތުގައި އިންނަ މީހަކަށް އެއް އަތުން ނުހިފޭވަރުގެ ބަރުތަކެތި އުފުލުމަކީ މަނާކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެ އެވެ. އަލިފާން ހިފާ ނުވަތަ ގޮވާ ޒާތުގެ ތަކެތި އުޅަނދުގައި އުފުލާނަމަ، ދުއްވާ މީހާއާއި އޭނާގެ އެހީތެރިޔާ ފިޔަވައި އިތުރު އެހެން އެއްވެސް މީހަކު އެ އުޅަނދަށް އެރުވުމަކީ މަނާކަމެއް ކަަމަށްވެސް ގަަވައިދުގައި ވަނީ ބުނެފަ އެވެ.

މި ގަވައިދުގެ ނުވަ ވަނަ މާއްދާ އަދި 11 ވަނަ މާއްދާ ފިޔަވާ އެހެން ހުރިހާ މާއްދާތަކަށް އަމަލު ކުރަން ފަށާފައިވާ އިރު ގަވައިދާ ހިލާފްވާ ފަރާތްތަކުން 750 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

09 ޖޫން 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2017
ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

20 މެއި 2017
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

10 މެއި 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު